Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

109 އަހަރުގެ ޖަލު ހުކުމް ޝިފާއުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފި

109 އަހަރުގެ ޖަލު ހުކުމް ޝިފާއުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފި

މުހައްމަދު ޖަމްޝަތު
98 ދުވަސް ކުރިން - 5 މާޗް 2026 16:05
މަކަރާއި ހީލަތް ހެދުމާއި މަނީ ލޯންޑަރިން އާއި އެނގިހުރެ ސައްހަ ނޫން ލިޔުން ދިނުމުގެ މައްސަލަތަކުގައި 109 އަހަރަށް ޖަލަށްލާން ހުކުމްކުރި ހުސައިން ޝިފާއު، މ. ހަނީސަކްލް----
މަކަރާއި ހީލަތް ހެދުމާއި މަނީ ލޯންޑަރިން އާއި އެނގިހުރެ ސައްހަ ނޫން ލިޔުން ދިނުމުގެ މައްސަލަތަކުގައި 109 އަހަރަށް ޖަލަށްލާން ހުކުމްކުރި ހުސައިން ޝިފާއު، މ. ހަނީސަކްލް----
ޚުލާސާ

މިއީ ރާއްޖޭގައި މިހާތަނަށް އިއްވި އެންމެ ބޮޑު ޖަލު ހުކުމް. ޝިފާއު ވަނީ ސައްހަ ނޫން ޓީޓީތަކެއް ފޮނުވައިގެން 1.9 މިލިއަން ރުފިޔާގެ މުދާ ހޯދާފައި

މަކަރާއި ހީލަތް ހެދުމާއި މަނީ ލޯންޑަރިންގެ ގިނަ ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި ހުސައިން ޝިފާއު، އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ. ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން މުދާ ހޯދި މައްސަލައިގައި ޝިފާއުގެ މައްޗަށް ޖުމުލަ 23 ދައުވާއެއް އުފުލާފައިވެއެވެ.

ޝިފާއުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމްގައި ހިމެނެނީ މަނީ ލޯންޑްރިންގެ ހަތް ދައުވާއަކަށް 70 އަހަރުގެ ޖަލު ހުކުމާއި، މަކަރާއި ހީލަތް ހެދުމުގެ ހަތް ދައުވާއަކަށް 30 އަހަރުގެ ޖަލު ހުކުމުގެ އިތުރުން، އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ނުވަ ދައުވާއަކަށް އިއްވި ނުވަ އަހަރުގެ ޖަލު ހުކުމެވެ. މީގެ އިތުރުން ހަތް މިލިއަން ރުފިޔާއިން އޭނާ ޖޫރިމަނާކޮށް، އޮޅުވާލައިގެން ހޯދި މުދަލަށްވާ ފައިސާ ހަ މަސް ތެރޭގައި ސިވިލް ކޯޓަށް ދެއްކުމަށްވެސް ވަނީ އަމުރުކޮށްފައެވެ.

Advertisement

Advertisement 1

ޝިފާއުގެ ފަރާތުން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރި ނަމަވެސް، އެ މައްސަލަ ބަލައިގަތުމާ މެދު ހައިކޯޓުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ. މި މައްސަލައިގެ ތަހުގީގު މަރުހަލާގައި 2023 ވަނަ އަހަރުގެ އޭޕްރީލް މަހު ޝިފާއު ހައްޔަރުކުރުމަށްފަހު ކޯޓުން ދޫކޮށްލުމުން އޭނާ ވަނީ ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައެވެ.

އޭނާ ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައިވަނިކޮށް، ޝިފާއު އެނބުރި ރާއްޖެ އައީ 2023 ސެޕްޓެމްބަރު 28 ގައެވެ. ރާއްޖެ އައުމާއެކު އޭނާގެ ޕާސްޕޯޓު ހިފެހެއްޓި ނަމަވެސް އެ ފަހަރުވެސް އޭނާ ވަނީ ދޫކޮށްލާފައެވެ. ނަމަވެސް މައްސަލައިގެ ޝަރީއަތް ނިމި، އޭނާގެ މައްޗަށް މިހާރު ވަނީ ރާއްޖޭގެ ތާރީޚުގައިވެސް މީހެއްގެ މައްޗަށް އިއްވި އެންމެ ދިގު ޖަލު ހުކުމްތަކުގެ ތެރޭގައި ހިމެނޭ ހުކުމެއް އިއްވާފައެވެ.

ހައިކޯޓު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހައިކޯޓުގެ އިސް ފަނޑިޔާރަކަށް ޖަމީލް މޫސާ އައްޔަން ކުރައްވައިފި

ހައިކޯޓުގެ އިސް ފަނޑިޔާރަކަށް ޖަމީލް އައްޔަން ކުރައްވައިފި

51 ދުވަސް ކުރިން - 22:36

ހައިކޯޓަށް އިސް ފަނޑިޔާރެއް، ފެމިލީ ކޯޓަށް އިސް ގާޒީއެއް ހޯދަނީ

ހައި ކޯޓުގެ އިސް ފަނޑިޔާރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

76 ދުވަސް ކުރިން - 20:04

ރިފަރެންޑަމް ހުއްޓުވަން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލައި ނުގަތް!

ރިފަރެންޑަމް ހުއްޓުވުމުގެ މައްސަލަ ކޯޓުން ބަލައި ނުގަތް!

77 ދުވަސް ކުރިން - 21:20

އަމިން ކުންފުނީގެ މައްޗަށް ކުށް ސާބިތުނުވި މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފި

އަމިން ކުންފުންޏަށް ކުށް ސާބިތުނުވި މައްސަލަ އިސްތިއުނާފްކޮށްފި

101 ދުވަސް ކުރިން - 15:49

ހައިކޯޓުގެ ފަނޑިޔާރު ޝަފީއު ޖޭއެސްސީއަށް އައްޔަނު ކޮށްފި

ހައިކޯޓުގެ ފަނޑިޔާރު ޝަފީއު ޖޭއެސްސީއަށް އައްޔަނު ކޮށްފި

108 ދުވަސް ކުރިން - 12:58

ޔާމީނުގެ މަރު: ސިއްރު ހެކިވެރިޔާގެ ސިޓީގެ ސައްހަކަން ކޯޓުން ކަށަވަރު ކުރަނީ

ޔާމީނުގެ މަރު: ސިއްރުހެކިވެރިޔާގެ ސިޓީގެ ސައްހަކަން ކަށަވަރުކުރަނީ

114 ދުވަސް ކުރިން - 09:05