Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ރިފަރެންޑަމް ހުއްޓުވަން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލައި ނުގަތް!

ރިފަރެންޑަމް ހުއްޓުވަން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލައި ނުގަތް!

ހައްވާ މިރުފާ
72 ދުވަސް ކުރިން - 25 މާޗް 2026 21:20
އެމްޑީޕީ ލީގަލް ޓީމް---ފޮޓޯ:އެމްޑީޕީ
އެމްޑީޕީ ލީގަލް ޓީމް---ފޮޓޯ:އެމްޑީޕީ
ޚުލާސާ

ނަމަވެސް އެމްޑީޕީއިން ހުށަހެޅި ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމާ ދެކޮޅަށް ހުށަހެޅި މައްސަލަ ވަނީ ބަލައި ގަނެފަ.

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުން ހުއްޓުވުމަށް، ކުރީގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ހުށަހެޅުއްވި މައްސަލަ ސުޕްރީމް ކޯޓުން ބޭރުކޮށްފި އެވެ.

މި މައްސަލަ ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ބަލައިނުގަތުމަށް ނިންމެވީ، ގާނޫނު އަސާސީގެ 264 ވަނަ މާއްދާގައި ބުނާ އުސޫލަށް އަމަލު ކުރަން ޖެހޭނީ ރައީސުލްޖުމްހޫރިއްޔާ ބިލެއް ތަސްދީގު ނުކުރަން ނިންމަވާ ހާލަތެއްގައި ކަމަށް ބުނެ އެވެ.

އަލީ ހުސެއިން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ، ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން މަޖިލީހުން ފާސްކުރި ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ފޮނުވި ފަހުން 15 ދުވަސް ވެގެން ދިޔައިރުވެސް އެ ބިލު ތަސްދީގު ކުރުމާ މެދު ގޮތެއް ނިންމާފައި ނުވާ ކަމަށެވެ. އަދި ގާނޫނުއަސާސީގެ 264 ވަނަ މާއްދާގައި ބުނާ އުސޫލަށް އަމަލުކޮށްފައި ނުވުމާއެކު، ބިލު ތަސްދީގު ކުރަން ކަނޑައަޅާފައިވާ މުއްދަތު ފަހަނައަޅާ ގޮސްފައިވާތީ، އެ ބިލަކީ މިހާރު ބާތިލްވެފައިވާ ބިލެއް ކަމަށް ކަނޑައަޅައިދިނުމަށް އޭނާ އެދިވަޑައިގެންފައިވެ އެވެ. މީގެ އިތުރުން އެ ބިލާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަކީ ގާނޫނާ ހިލާފަށް ކުރާ ކަމެއް ކަމަށްވެސް އެ މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ.

Advertisement

Advertisement 1

ނަމަވެސް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާގެ ނިންމެވުމުގައި ބަޔާންކޮށްފައިވަނީ، ގާނޫނު އަސާސީގެ 264 ވަނަ މާއްދާގައި ބުނާ އިޖުރާއަތަށް އަމަލުކުރަން ޖެހޭނީ ރައީސް ބިލެއް ތަސްދީގު ނުކުރަން ނިންމަވާ ހާލަތުގައި ކަމަށާއި، މިހާތަނަށް ބިލު ތަސްދީގު ނުކުރަން ރައީސް ނިންމެވި ކަމެއް އެނގެން ނެތް ކަމަށެވެ. އެހެންކަމުން އެ މައްސަލަ ކޯޓުގައި ކުރިއަށްގެންދިއުމުގެ ހުއްދަ ނުދިނުމަށް ވަނީ ނިންމާފަ އެވެ.

އަލީ ހުސެއިންގެ މައްސަލަ ބަލައިނުގަތް ނަމަވެސް، މި މައްސަލައާ ގުޅިގެން ދެން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ވަނީ ބަލައިގަނެފަ އެވެ. އެއީ އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުން ދެ އިންތިހާބުގެ ވޯޓު އެއް ދުވަހެއްގައި ނެގުމަށް ދެކޮޅު ހަދަމުން ހުށަހެޅި ދުސްތޫރީ މައްސަލައެވެ. މި މައްސަލައިގެ ޝަރީއަތް މާދަމާ ފެށުމަށް މިހާރު ވަނީ ތާވަލުކޮށްފައެވެ.

އެމްޑީޕީގެ ފަރާތުން ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ ވޯޓުގައި ރައްޔިތުންގެ ކިބައިން ކުރާ ސުވާލަކީ ގާނޫނު އަސާސީއާ ހިލާފު ސުވާލެއް ކަމަށާއި، އެ ސުވާލު ހިމެނޭ ގޮތަށް ފެންނަ ނުފެންނަ ވޯޓު ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. މީގެ ކުރިން އެމްޑީޕީން ވަނީ މި މައްސަލަ ހައި ކޯޓަށްވެސް ހުށަހަޅާ، ވޯޓު ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދިފައެވެ. ނަމަވެސް އެ މައްސަލަ ބަލައިގަތުމާ މެދު ހައި ކޯޓުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެ އެވެ

ސުޕްރީމް ކޯޓުއެމްޑީޕީހައިކޯޓުއިލެކްޝަންސް ކޮމިޝަން (އީސީ)
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މާދަމާ!

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މާދަމާ!

16 ގަޑިއިރު ކުރިން - 12:12

ދަރަނީގެ ނުރައްކަލުން އިގްތިސާދީ އިތުބާރަށް - ރައީސް މުއިއްޒުގެ ޒައާމަތުގައި ރާއްޖޭގެ މާލީ ހާލަތަށް އައި ބަދަލު

ދަރަނީގެ ނުރައްކަލުން އިގްތިސާދީ އިތުބާރަށް - ރާއްޖޭގެ މާލީ ހާލަތަށް އައިބަދަލު

1 ދުވަސް ކުރިން - 07:30

އެމްޑީޕީ ރޫޅާލަން ނަޝީދު ހެއްދެވި ޑިމޮކްރެޓްސް އިލެކްޝަނުން ރޫޅާލައިފި؛ ޔާމީނުގެ ޕީއެންއެފް ސަލާމަތްވީ ކިރިޔާ

އެމްޑީޕީ ރޫޅާލަން ނަޝީދު ހެއްދެވި ޑިމޮކްރެޓްސް އިލެކްޝަނުން އުވާލައިފި

2 ދުވަސް ކުރިން - 18:13

ނިމިދިޔަ އަހަރު ރެކޯޑު މިންވަރަކަށް އާމްދަނީ ލިބުނު؛ ހަރަދުކުރީ އެމްޑީޕީ ސަރުކާރުން ނެގިހާ ލޯނެއް އަދާކުރުމަށް

ނިމިދިޔަ އަހަރު ލިބުނުހާ އާމްދަނީއެއް ހަރަދުކުރީ އެމްޑީޕީން ނެގިހާ ލޯނުތައް އަދާކުރުމަށް

3 ދުވަސް ކުރިން - 11:31

ދަރަނިތައް އެންމެ ބޮޑުވެގެންދިޔައީ އެމްޑީޕީގެ ސަރުކާރުތަކުގައި: ނަޝީދުގެ ފާޑުކިޔުންތަކަށް ހަމްދާންގެ ވަރުގަދަ ރައްދެއް

ދަރަނިތައް އެންމެ ބޮޑުވެގެންދިޔައީ އެމްޑީޕީގެ ސަރުކާރުތަކުގައި: ހަމްދާން

6 ދުވަސް ކުރިން - 13:51

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ވޯޓު ލެވޭ މީހުންގެ ފައިނަލް ލިސްޓު އާންމުކޮށްފި

ހިތަދޫ-އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި 4122 މީހުންނަށް ވޯޓުލެވޭނެ!

11 ދުވަސް ކުރިން - 14:14