Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ހިޔާލުތަފާތުވުން ބޮޑުވެ، 5 މަސް ނުވަނީސް "ބޮޑުބަދަލު" ގްރޫޕުން ފައްޔާޒު ނުކުތް ޚަބަރުގެ ހަގީގަތަކީ ކޮބާ؟

ހިޔާލުތަފާތުވުން ބޮޑުވެ، 5 މަސް ނުވަނީސް "ބޮޑުބަދަލު" ގްރޫޕުން ފައްޔާޒު ނުކުތް ޚަބަރުގެ ހަގީގަތަކީ ކޮބާ؟

ހުސައިން އިސްމާއިލް
1 ގަޑިއިރު ކުރިން - 29 އޯގަސްޓް 2026 10:23
މިއީ އޭއައި ފޮޓޯއެއް.
މިއީ އޭއައި ފޮޓޯއެއް.
ޚުލާސާ

އެމްޑީޕީގެ އެތެރޭގެ ބައެއް ބޭފުޅުން ތުހުމަތުކުރާ ގޮތުގައި، ހަރަކާތުގެ މިސްރާބު ހުރީ ރައީސްކަމަށް ނަޝީދު ގެންނަން ކަމަށް ވާތީ އާއި، ނިންމުންތައް ނިންމުމުގައި ނަޝީދުގެ ނުފޫޒު ގަދަވުމަކީ ފައްޔާޒު މި ހަރަކާތާއި ދުރަށް ޖެހިވަޑައިގަތުމަށް މަގުފަހިވި ސަބަބު.

އިދިކޮޅު އެމްޑީޕީގެ އެތެރޭގެ މަސްރަހު އަނެއްކާވެސް ހޫނުވެ، އެ ޕާޓީގެ އިސް ލީޑަރުންގެ މެދުގައި ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދި، ރެނދުތައް ލައިފިއެވެ. ޚާއްޞަކޮށް، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ފައްޔާޒު އިސްމާއިލް އިސްވެ މިއަހަރުގެ އެޕްރީލް 19 ވަނަ ދުވަހު އިޢުލާންކުރެއްވި "ބޮޑުބަދަލު" ހަރަކާތުގެ މެދުގައި ކޯޅުން ބޮޑުވެ، ފައްޔާޒު އެ ހަރަކާތުގެ ގްރޫޕްތަކުން ވެސް ވަކިވީއެވެ.

މި ހޫނުގަނޑު ބޮޑުވެގެން އުޅެނީ 2028 ގެ އިންތިހާބަށް އަމާޒުކޮށް، ދައުލަތުގެ އެންމެ މަތީ ވެރިޔާއާއި ސަރުކާރުގެ ވެރިޔާގެ މަގާމު ވަކިކުރުމަށް ހުށަހަޅާފައިވާ އިސްލާހީ ޕެކޭޖުގެ ބައެއް މާއްދާތަކަށް ބާރުވެރިކަން ބެހިގެންދާނެ ގޮތަކާއި މެދު ރައީސް ނަޝީދާއި ފައްޔާޒާއި ދެމެދު އެއްގަލަކަށް ނޭރުމުން، ސީދާ ނަޝީދު ވެރިކަމަށް އައުމަށް ކެމްޕޭނު ކުރަން ފެށި ހިސާބުންނެވެ.

ބޮޑުބަދަލުގެ ވަޓްސްއެޕް ގުރޫޕްގައި، ވެރިކަމަށް ދެން ގެންނަންވީ ނަޝީދު ކަމަށް ބުނެ ވާހަކަތައް ދައްކާތީވެ ފައްޔާޒު ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ.

Advertisement

Advertisement 1

އެމްޑީޕީގެ އެތެރޭގެ ބައެއް ބޭފުޅުން ތުހުމަތުކުރާ ގޮތުގައި، ހަރަކާތުގެ މިސްރާބު ހުރި ގޮތުންނާއި ނިންމުންތައް ނިންމުމުގައި ނަޝީދުގެ ނުފޫޒު ގަދަވުމަކީ ފައްޔާޒު މި ހަރަކާތާއި ދުރަށް ޖެހިވަޑައިގަތުމަށް މަގުފަހިވި ސަބަބެކެވެ.

ގުރޫޕުން ނިކުންނަމުން ފައްޔާޒް ވަނީ އެ ގުރޫޕް އުފެއްދި ބޭނުން މިހާރު ކެނޑި ބޭކާރު މައްސަލަތައް އުފެދުމަށް ފުރުސަތު ފަހިވަމުންދާ ކަމަށް ވިދާޅުވެފައެވެ. އަދި ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ ކޮންމެ ބޭފުޅަކަށް އެ ފުރުސަތު އޮންނާނެ ކަމަށާ ރިޔާސީ ރޭހަށް ނިކުންނަން ބޭނުންވާ ބޭފުޅުން އެކަން ކުރަންވާނެ ކަމަށެވެ.

އެމްޑީޕީރައީސް މުޙައްމަދު ނަޝީދުފައްޔާޒް އިސްމާއިލް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރިޕޯޓު: އެމްޑީޕީ އާއި ޔާމީން އެއް ތަށިން ކެއުން

ރިޕޯޓު: އެމްޑީޕީ އާއި ޔާމީން އެއް ތަށިން ކެއުން

5 ދުވަސް ކުރިން - 13:11

ރިޕޯޓް: ތިލަމާލެ ބްރިޖު – ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގައި ހޯދާފައިވާ ތާރީހީ ކުރިއެރުންތައް

ތިލަމާލެ ބްރިޖު – ރައީސް މުއިއްޒުގެ ސަރުކާރުގައި ހޯދާފައިވާ ތާރީހީ ކުރިއެރުންތައް

6 ދުވަސް ކުރިން - 18:55

އިންތިޚާބާ ދިމާކޮށް އެމްޑީޕީން ކުންފުނިތައް 36,000 މުވައްޒަފުންނަށް ފުރާލައި، ދައުލަތުގެ ބަޖެޓު ދަވައިލި

އިންތިޚާބާ ދިމާކޮށް އެމްޑީޕީން ކުންފުނިތައް 36,000 މުވައްޒަފުންނަށް ފުރާލައި، ބަޖެޓު ދަވައިލި

11 ދުވަސް ކުރިން - 10:56

އެމްޑީޕީގެ ވެރިކަމުގައި މެންބަރުންނަށް ދޭންފެށި އިންޝޫރެންސް އިނާޔަތް ކަނޑާލަން ގޮވާލަނީ!

އެމްޑީޕީގެ ވެރިކަމުގައި މެންބަރުންނަށް ދޭންފެށި އިންޝޫރެންސް އިނާޔަތް ކަނޑާލަން ގޮވާލަނީ!

11 ދުވަސް ކުރިން - 17:30

ސޯލިހަށް ޕްރައިމަރީ ކާމިޔާބު ނުވާނެ ކަމުގެ އިޝާރާތެއް ފައްޔާޒު ދެއްވައިފި

ސޯލިހަށް ޕްރައިމަރީ ކާމިޔާބު ނުވާނެ ކަމުގެ އިޝާރާތެއް ފައްޔާޒު ދެއްވައިފި

15 ދުވަސް ކުރިން - 10:21

އެމްޑީޕީ ތެރޭގައި ބޮޑު ގޮވުމެއް؟ ރައީސް ޞާލިހްގެ މި ނިންމެވުމާއެކު ސިޔާސީ މަސްރަހު ހޫނުވެއްޖެ!

އެމްޑީޕީ ތެރޭގައި ބޮޑު ގޮވުމެއް؟ ރައީސް ޞާލިހްގެ ނިންމެވުމާއެކު މަސްރަހު ހޫނުވެއްޖެ!

15 ދުވަސް ކުރިން - 16:16