Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

މެންބަރު ސިނާންގެ ގޮނޑި ގެއްލިފައިވާކަމަށް ހުކުމްކޮށްފި

މެންބަރު ސިނާންގެ ގޮނޑި ގެއްލިފައިވާކަމަށް ހުކުމްކޮށްފި

މުހައްމަދު ޖަމްޝަތު
94 ދުވަސް ކުރިން - 12 އޭޕްރިލް 2026 13:47
ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާން---
ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާން---
ޚުލާސާ

ސިނާންގެ ލޯނަށް މަހުން މަހަށް ދައްކަންޖެހޭ މިންވަރު ދައްކާފައިނުވާތީ އެއީ ސާބިތު ދަރަންޏެއް އޮތް ކަމަށް ބެލެވޭނެ ހާލަތެއްކަމަށް ކޯޓުން ވަނީ ކަނޑައަޅާފަ

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާންގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ވެރިކަން ކުރާ ޕީއެންސީއަށް ނިސްބަތްވާ ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް ހުށަހެޅީ ޣާލިބް ސަލީމް ކިޔާ މީހެކެވެ.

މި މައްސަލަ ހުށަހެޅީ ސިނާނާއި އިތުރު މީހަކު ބައިވެރިވެގެން މޯލްޑިވްސް އިސްލާމިކް ބޭންކުން ނެގި ލޯނަކަށް 2.5 މިލިއަން ރުފިޔާ ދައްކަން އޮކްޓޫބަރު 2024 ގައި ދަށު ކޯޓުން ކުރި ހުކުމާ އެއްގޮތަށް ފައިސާ ނުދެއްކި މައްސަލައިގައެވެ. ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗުން މިއަދު އިއްވި ހުކުމުގައި ބުނެފައިވަނީ، ހަ މަސް ދުވަހުގެ ތެރޭގައި ކޮންމެ މަހަކު ފައިސާ ދައްކަމުން ދިއުމަށް ދަށު ކޯޓުން ކުރި ހުކުމާ ސިނާން ހިލާފުވެފައިވާ ކަމަށެވެ.

Advertisement

Advertisement 1

މި މައްސަލައިގެ ހުކުމް އިއްވަވަމުން ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު ވިދާޅުވީ، ލޯނުގެ ފައިސާ ހަ މަސް ތެރޭގައި ބަހާލައިގެން ދައްކަން އޮތް ނަމަވެސް، ހުކުމުގައި ބުނެފައިވާ ގޮތަށް ސިނާންގެ ފަރާތުން ފައިސާ ދައްކާފައިނުވާ ކަމަށެވެ. ފައިސާ ނުދެއްކުނީ ހުކުމް ކުރިކަން ނޭނގޭތީ ކަމަށް ސިނާންގެ ފަރާތުން ބުނި ނަމަވެސް، އެކަން އޭނާއަށް ދުރާލާ އެންގިކަން ލިޔެކިޔުންތަކުން ސާބިތުވާ ކަމަށް ފަނޑިޔާރު ފާހަގަކުރެއްވިއެވެ.

ސިނާންގެ ފަރާތުން ކޯޓުގައި ބުނެފައިވަނީ ހަ މަސް ދުވަހުގެ މުއްދަތެއް ދީފައި އޮއްވާ، ތިން ވަނަ މަހުގެ ތެރޭގައި ފައިސާ އެއްކޮށް ދައްކާފައިވާތީ ހުކުމާ އެއްގޮތަށް އަމަލުކޮށްފައިވާ ކަމަށެވެ. ނަމަވެސް ފަނޑިޔާރު ޝުޖޫން ވިދާޅުވީ ހުކުމް އޮތްގޮތުން ކޮންމެ މަހަކު ދައްކަންޖެހޭ މިންވަރު ދައްކަމުން ދާންޖެހޭނެ ކަމަށާއި، އެގޮތަށް އަމަލުކޮށްފައި ނުވާތީ އެއީ ސާބިތު ދަރަންޏެއް އޮތް ކަމަށް ބެލެވޭނެ ހާލަތެއް ކަމަށެވެ.

މީގެ އިތުރުން، އެ ހުކުމަކީ ޣައިރު ހާޒިރުގައި ކުރި ހުކުމެއް ކަމަށްވާތީ އެއީ ނިހާއީ ހުކުމެއް ނޫން ކަމަށް ސިނާންގެ ފަރާތުން ބުނި ނަމަވެސް، އެ ހުކުމް އިސްތިއުނާފް ކުރަން ނުވަތަ ބާތިލްކުރަން ސިނާން ހުށަހަޅާފައި ނުވާތީ އެ ބުނުމަށް ބުރަދަނެއް ނެތް ކަމަށް ކޯޓުން ކަނޑައެޅިއެވެ. އަދި ލޯނަކީ ރަހުނު ހިމެނޭ ލޯނަކަށް ވާތީ ގޮނޑި ނުގެއްލޭނެ ކަމަށް ބުނާ ބުނުމަށް ރައްދު ދެއްވަމުން ފަނޑިޔާރު ވިދާޅުވީ، ގޮނޑި ގެއްލުމުގެ މައްސަލައިގައި ރަހުނު ހިމެނޭތޯ ބަލަން ނުޖެހޭނެ ކަމަށެވެ.

މި މައްސަލަ ބެއްލެވި ސުޕްރީމް ކޯޓުގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި، ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި، ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު މުހައްމަދު ސަލީމެވެ. މި ހުކުމާއެކު ސިނާންގެ މެމްބަރުކަމުގެ ގޮނޑި ވަނީ ހުސްވެފައެވެ.

ރައްޔިތުންގެ މަޖިލިސްސުޕްރީމް ކޯޓު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލް އަލުން ދިރާސާކޮށް މަޖިލީހުން ފާސްކޮށްފި

ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލް އަލުން ދިރާސާކޮށް މަޖިލީހުން ފާސްކޮށްފި

1 ދުވަސް ކުރިން - 13:08

އީޔޫ އާއި ބެލްޖިއަމްގެ ސަފީރުކަމަށް ދިޔާނާ

އީޔޫ އާއި ބެލްޖިއަމްގެ ސަފީރުކަމަށް ދިޔާނާ

8 ދުވަސް ކުރިން - 12:00

ކޮތަޅު ފީ އަށް ލުއި ދޭ އިސްލާހުގެ ފުރަތަމަ ކިޔުން އިއްވައިފި

ކޮތަޅުން ދެރުފިޔާ ނުނަގާ ގޮތަށް ފުރަތަމަ ކިޔުން އިއްވައިފި

8 ދުވަސް ކުރިން - 10:45

އިންޑޮނީޝިއާއަށް ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރަކަށް، ޑރ. މަރްޔަމް ޝަބީނާ ހަމަޖައްސަވައިފި

އިންޑޮނީޝިއާއަށް ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރަކަށް، ޑރ. މަރްޔަމް ޝަބީނާ ހަމަޖައްސަވައިފި

20 ދުވަސް ކުރިން - 11:10

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

39 ދުވަސް ކުރިން - 10:25

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މާދަމާ!

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މާދަމާ!

40 ދުވަސް ކުރިން - 12:12