Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީގެ ދެވަނަ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީގެ ދެވަނަ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

އައިޝަތު އިމްސާ
19 ގަޑިއިރު ކުރިން - 27 އޯގަސްޓް 2026 14:25
މަޖިލިސް ރައީސް އަބުދުއްރަހީމް ކެމްބޯޑިއާއަށް ވަޑައިގެންނެވުމަށް އެއާޕޯޓަށް ވަޑައިގެން/  ފޮޓޯ: ރައްޔިތުންގެ މަޖިލިސް
މަޖިލިސް ރައީސް އަބުދުއްރަހީމް ކެމްބޯޑިއާއަށް ވަޑައިގެންނެވުމަށް އެއާޕޯޓަށް ވަޑައިގެން/ ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ޚުލާސާ

ކެމްބޯޑިއާގައި ކުރިއަށްދާ 2 ވަނަ އިންޓަ-ޕާލިމެންޓަރީ ސްޕީކާސް ކޮންފަރެންސްގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ މިއަދު ތަގުރީރު ކުރައްވައިފި. މަޖިލީހުގެ މަތީ ފަންތީގެ ވަފުދަކާއެކު އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާ މި ކޮންފަރެންސްގެ މައިގަނޑު މައުޟޫޢަކީ ބައިނަލްއަގުވާމީ ގާނޫނުތައް ހަރުދަނާކޮށް ސުލްހަ ގާއިމުކުރުން.

ކެމްބޯޑިއާގެ ވެރިރަށް ފްނޮމް ޕެންގައި ކުރިއަށްދާ ދެވަނަ އިންޓަ-ޕާލިމެންޓަރީ ސްޕީކާސް ކޮންފަރެންސް (އައިއެސްސީ) ގައި ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ މިއަދު ތަގުރީރު ކުރައްވައިފިއެވެ.

މި ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ވާހަކަފުޅު ދައްކަވާފައި ވަނީ "ސުލްހައާއި ތަނަވަސްކަމަށްޓަކައި އެއްބައިވަންތަކަން: ބައިނަލްއަގުވާމީ ގާނޫނުތައް ހަރުދަނާ ކުރުމާއި ސުލްހަވެރިކަމާއި އެކު މައްސަލަތައް ހައްލު ކުރުން" މި މައުޟޫޢުގެ މައްޗަށެވެ. މި ކޮންފަރެންސަކީ މިއަދުން ފެށިގެން ހުކުރުދުވަހުގެ ނިޔަލަށް ކުރިއަށްދާ ކޮންފަރެންސްއެކެވެ.

އައިއެސްސީ ކޮންފަރެންސަކީ ދުނިޔޭގެ ސުލްހަ މަސަލަސްކަން ގާއިމު ކުރުމާއި، ބައިނަލްއަގުވާމީ ގާނޫނުތައް ނެގެހެއްޓުމާއި، ހަމަނުޖެހުންތައް ސުލްހަވެރިކަމާއި އެކު ހައްލު ކުރުމުގެ އިތުރުން ގުޅިފައިވާ ތަރައްގީއާ ގުޅޭގޮތުން މަޝްވަރާ ކުރުމަށްޓަކައި އެކި ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންނާއި އިސްވެރިން ބައިވެރިވެވަޑައިގަންނަވާ މުހިންމު ބައްދަލުވުމެކެވެ.

Advertisement

Advertisement 1

މަޖިލީހުގެ ރައީސް ކެމްބޯޑިއާއަށް ކުރައްވަމުން ގެންދަވާ މި ރަސްމީ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. މި ވަފުދުގައި ހިމެނިވަޑައިގަންނަވަނީ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު، މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު މުސްތަފާ ޙުސައިން އަދި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދެވެ.

މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ޗީފް އޮފް ބިއުރޯ އަޙްމަދު ނިހާން ޙުސައިން މަނިކު އަދި ފޮރިން ރިލޭޝަންސް ޑިޕާޓްމަންޓުގެ އެސިސްޓެންޓް ޑިރެކްޓާ ޖެނެރަލް ޒުއްޔިނާ ބަދުރީ ވެސް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.

ރައްޔިތުންގެ މަޖިލިސްމަޖިލިސް ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މޫސުމީ މައްސަލައަކީ ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

މޫސުމީ މައްސަލައަކީ ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

20 ގަޑިއިރު ކުރިން - 14:10

ގަވައިދާ ޚިލާފަށް މަގު ހުރަސްކުރާ މީހުން 100 ރުފިޔާއިން ޖޫރިމަނާކުރާ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ބިލު މަޖިލީހުން ފާސްކޮށްފި

ޤަވާއިދާ ޚިލާފަށް މަގު ހުރަސްކުރާ މީހުން 100ރުފިޔާއިން ޖޫރިމަނާ ކުރާގޮތަށް ފާސްކޮށްފި

1 ދުވަސް ކުރިން - 09:33

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު އައްޔަން ކުރުމަށް ރުހުން ދީފި

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢަބްދުލްޢަޒީޒު ޖަމާލް އައްޔަން ކުރުމަށް ރުހުން ދީފި

1 ދުވަސް ކުރިން - 16:50

އެލްޖީއޭގެ ބޯޑަށް އައްޔަންކުރުމަށް ރައީސް މުޢިއްޒު ފޮނުއްވި ދެ ބޭފުޅުންނަށް މަޖިލީހުން ރުހުން ދީފި

އެލްޖީއޭގެ ބޯޑަށް 2 ބޭފުޅަކު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި

1 ދުވަސް ކުރިން - 16:36

ބިންތައް އަތުލެވޭ ބިލު ކޮމިޓީން ފާސްކުރީ އިންވެސްޓްމަންޓްތަކަށް ބަދަލުދޭ ގޮތަށް

ބިންތައް އަތުލެވޭ ބިލު ކޮމިޓީން ފާސްކުރީ އިންވެސްޓްމަންޓްތަކަށް ބަދަލުދޭ ގޮތަށް

3 ދުވަސް ކުރިން - 07:43

ބިން އަތުލުމާ ގުޅޭ ދެ ޕެޓިޝަނަށް ބަހުސްކުރަން ދެ ގަޑިއިރު ދޭން ކޮމިޓީން ނިންމައިފި

ބިން އަތުލުމާ ގުޅޭ ދެ ޕެޓިޝަނަށް ބަހުސްކުރަން ދެ ގަޑިއިރު ދޭން

5 ދުވަސް ކުރިން - 10:08