Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރިފަރެންޑަމްގެ ސުވާލު ގާނޫނާ ހިލާފެއް ނޫން:ދައުލަތް

ރިފަރެންޑަމްގެ ސުވާލު ގާނޫނާ ހިލާފެއް ނޫން:ދައުލަތް

ހައްވާ މިރުފާ
156 ދުވަސް ކުރިން - 26 މާޗް 2026 16:38
އެމްޑީޕީން ހުށަހެޅި ދުސްތޫރީ މައްސަލައިގައި ދައުވާ ކުރާ ވަކީލުންގެ ބެންޗު---
އެމްޑީޕީން ހުށަހެޅި ދުސްތޫރީ މައްސަލައިގައި ދައުވާ ކުރާ ވަކީލުންގެ ބެންޗު---
ޚުލާސާ

އެމްޑީޕީން ބުނީ 262 މާއްދާއާ ހިލާފު ކަންކަން ސުވާލުގައި ހިމަނާފައިވާ ކަމަށް،ދައުލަތުން ބުނީ ސުވާލު ފަރުމާކުރާނެ ގޮތް ގާނޫނުގައި ބަޔާންކޮށްފައި ނުވާކަމަށް،ދެން އޮތީ ހުކުމް އިއްވުމުގެ މަޖިލީސް

ވަކި ގޮތަކަށް ރިފަރެންޑަމްގައި ސުވާލުކުރުމަށް ގާނޫނުއަސާސީގައި ކަނޑައަޅާފައިނުވާ ކަމަށާއި ސުވާލު އުފައްދާނެ ގޮތް ކަނޑައަޅަން ދޫކޮށްލާފައިވާ ވަނީ ރައީސްއަށް ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން މިއަދުގެ ޝަރީއަތުގައި ބުނެފި އެވެ.

ބަންޑާރަ ނައިބުގެ އޮފީހުން އެފަދައިން ބުނެފައި ވަނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގެމަށް ނިންމާފައިވާ، ފެންނަ ނުފެންނަ ވޯޓު ހުއްޓުވުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ ޝަރީއަތުގަ އެވެ. މި މައްސަލައިގެ ޝަރީއަތް ފެށީ މިއަދު އެވެ.

އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުން ވަކާލާތު ކުރަނީ މިހާރު ކުރާ ސުވާލަކީ ގާނޫނުއަސާސީގެ 262 ވަނަ މާއްދާއާ ހިލާފު، އަދި އޭގެ ސަބަބުން ގާނޫނުއަސާސީއަށް ގެނެވޭ ހަގީގީ ބަދަލު ރައްޔިތުންނަށް އޮޅޭ ފަދަ ސުވާލެއް ކަމަށެވެ.

Advertisement

Advertisement 1

ބަންޑާރަ ނައިބުގެ އޮފީހުން މި މައްސަލައަށް ޖަވާބުދާރީވަމުން ބުނެފައިވަނީ، ރިފަރެންޑަމްގައި ވަކި ގޮތަކަށް ސުވާލުކުރުމަށް ގާނޫނުއަސާސީގައި ކަނޑައަޅާފައިނުވާ ކަމަށާއި، އެ ސުވާލު ފަރުމާކުރުމުގެ ބާރު އޮތީ ރައީސުލްޖުމްހޫރިއްޔާއަށް ކަމަށެވެ. ދައުލަތުގެ ވަކީލު ވިދާޅުވި ގޮތުގައި ގާނޫނުއަސާސީއާ ހިލާފުވީ ކަމަށް ބެލެވޭނީ ރައްޔިތުންގެ ވޯޓަކާ ނުލައި ބިލެއް ތަސްދީގުކުރުމުން ނުވަތަ ވޯޓުގެ ނަތީޖާއާ ހިލާފަށް އަމަލުކުރުމުންނެވެ.

އެ މައްސަލައަށް ޖަވާބުދާރީވަމުން ދައުލަތުގެ ވަކީލު ހައްވާ ސަނާ ވިދާޅުވީ ގާނޫނުއަސާސީގެ 262 ވަނަ މާއްދާގައި އާއްމު ވޯޓުގެ ސުވާލު އޮންނަންވީ ގޮތް ކަނޑައަޅަން ދޫކޮށްލާފައިވަނީ ރައީސުލްޖުމްހޫރިއްޔާއަށް ކަމަށް ދައުލަތުން ގަބޫލު ކުރާ ކަަމަށެވެ. ހަމައެހެންމެ އެކަމުގައި ރައީސް އަމަލު ކުރައްވަން ޖެހޭ އިޖުރާއަތުގައި ހިޔާލު ހޯދުމުގެ ވޯޓު ނެގުން ގާނޫނުގައި ބަޔާންކުރާ ކަމަށެވެ. އަދި ގާނޫނުގައިވާ ގޮތުން ސުވާލު ކަނޑައަޅަން ޖެހޭނީ ރައީސް ނެރުއްވާ ގަރާރަކުން ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވި އެވެ.

ސަނާ ވިދާޅުުވީ ގާނޫނުއަސާސީގެ 262 ވަނަ މާއްދާއާ ހިލާފުވާ ކަމަށް ދައުވާ ކުރެވޭނީ ސުވާލާ ގުޅުވައެއް ނޫން ކަމަށެވެ. ނަމަވެސް، އެ މާއްދާއާ ހިލާފުވީ ކަމަށް ބެލެވޭނީ އެ މާއްދާގައި ބަޔާން ކުރާ ކަމެއް މަޖިލީހުން ފާސްކުރުމުން، ރައީސް ތަސްދީގު ކުރުމުގެ ކުރިން އާންމު ވޯޓެއް ނުނަގާ ހާލަތުގައި ކަމަށާއި ނުވަތަ އާންމު ވޯޓުގައި ރައްޔިތުން ނިންމާ ގޮތާ ހިލާފަށް ރައީސް ބިލު ތަސްދީގުކޮށްފި ނަމަ ކަމަށް ވަކީލް ވިދާޅުވި އެވެ.

އެމްޑީޕީގެ ވަކީލުން ފާހަގަކުރެއްވި ގޮތުގައި، މިހާރު ހުށަހަޅާފައިވާ އިސްލާހުގެ ސަބަބުން މަޖިލީހުގެ ދައުރުން ހަ މަސް އުނިވާކަން ރައްޔިތުންނަށް ސާފުވާންޖެހެއެވެ. އަދި ބޭނުމެއް ނެތް ކަމަކަށް ރައްޔިތުންގެ ވަގުތާއި ފައިސާ ހޭދަކޮށްގެން ނުވާނެ ކަމަށްވެސް އެ ފަރާތުން ބުންޏެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ ސުވާލަށް ބަދަލު ގެނައުމުގެ ބާރު އެ ކޮމިޝަނަށް ލިބިގެން ނުވާ ކަމަށެވެ.

އެމްޑީޕީގެ ވަކީލު އަލީ ހުސެއިން ވިދާޅުވީ މިހާރު ފާސްކޮށްފައި އޮތް ބިލުގައިވާ ގޮތުން މަޖިލީހުގެ ދައުރުން ހަ މަސް އުނިވާތީ އެކަމާ ގުޅޭ ގޮތުން ރައްޔިތުންނާ ސުވާލު ކުރެވިދާނެ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ދައުރަށް ބަދަލު ގެނެވޭނީ ރައްޔިތުންގެ ވޯޓަކަށް ގޮސްގެން ކަން އެއީ ލާޒިމް ކަމެއް ކަމަށާއި ނަމަވެސް، އާންމު ވޯޓުގެ ސުވާލު އޮތް ގޮތުން މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރުން ހަ މަސް އުނިވާ ކަމެއް ރައްޔިތުންނަށް އެނގެން ނެތް ކަން އަލީ ފާހަގަކުރެއްވި އެވެ.

އިލެކްޝަން ކޮމިޝަންގެ ވަކީލް އާލިޔާ ހަނީފް ވިދާޅުވީ އިލެކްޝަން ކޮމިޝަންގެ ދައުރަކީ ރައްޔިތުންގެ ހިޔާލު ހޯދަން ނަގާ ވޯޓުގެ ސުވާލު، ކޮމިޝަނަށް ފޮނުވާ ގޮތަށް ރައްޔިތުންގެ ގާތުގައި އެހުން ކަމަށެވެ. އެ ސުވާލަށް ބަދަލު ގެނައުމަކީ ކޮމިޝަނަށް ލިބިގެންވާ ބާރެއް ނޫން ކަމަށް ވަކީލް ވިދާޅުވި އެވެ. އެހެންވެ، މައްސަލައިގެ ހަސްމެއްގެ ގޮތުގައި ކޮމިޝަން ބައިވެރިކޮށްގެން ކުރިއަށް ދިޔުމާ މެދު އިޖުރާއީ ނުކުތާއެއް ވެސް ވަކީލް ނެންގެވި އެވެ.

މި މައްސަލައިގެ އަޑުއެހުންތައް މިއަދު ވަނީ ނިންމާލައިފަ އެވެ. އިތުރު ކަމެއް ސާފުކުރަން ނެތް ނަމަ، ދެން އޮންނާނީ ހުކުމް އިއްވުމުގެ މަޖިލިސް ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުލްގަނީ މުހައްމަދު ވިދާޅުވި އެވެ. މައްސަލައިގެ ބެންޗުގައި ތިއްބަނީ އުއްތަމަ ފަނޑިޔާރުގެ އިތުރުން ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ.

މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ވެސް ވަނީ އާންމު ވޯޓާ ގުޅޭ ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ. އޭނާ ހުށަހެޅުއްވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބާއްވަން މަޖިލީހުން ގާނޫނުއަސާސީއަށް ގެނައި އިސްލާހު މިހާރު ބާތިލްވެފައިވާ ކަމަށް ކަނޑައެޅުމަށެވެ. ނަމަވެސް އެ މަައްސަލަ ބަލައިނުގަތުމަށް އެ ކޯޓުގެ ރަޖިސްޓްރާ ވަނީ ނިންމަވައިފަ އެވެ.

ފެންނަ ނުފެންނަ ވޯޓާ ގުޅޭ މައްސަލަތަކެއް އެމްޑީޕީން ވެސް ވަނީ މީގެކުރިން ހައި ކޯޓަށް ހުށަހަޅައިފަ އެވެ. އަދި އެ މައްސަލާގައި ވޯޓު ހުއްޓުވުމުގެ ވަގުތީ އަމުރަކަށް ވެސް އެދުނެވެ. ނަމަވެސް، އެ މައްސަލަތައް ބަލައިގަތުމާ މެދު އަދި ގޮތެއް ނުނިންމަ އެވެ.

ސަރުކާރުސުޕްރީމް ކޯޓުއެމްޑީޕީރައްޔިތުންގެ މަޖިލިސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހިޔާލުތަފާތުވުން ބޮޑުވެ، 5 މަސް ނުވަނީސް "ބޮޑުބަދަލު" ގްރޫޕުން ފައްޔާޒު ނުކުތް ޚަބަރުގެ ހަގީގަތަކީ ކޮބާ؟

ހިޔާލުތަފާތުވުން ބޮޑުވެ، "ބޮޑުބަދަލު" ގްރޫޕުން ފައްޔާޒު ނުކުތް ޚަބަރުގެ ހަގީގަތަކީ ކޮބާ؟

14 ގަޑިއިރު ކުރިން - 10:23

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީގެ ދެވަނަ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

2 ދުވަސް ކުރިން - 14:25

މޫސުމީ މައްސަލައަކީ ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

މޫސުމީ މައްސަލައަކީ ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

2 ދުވަސް ކުރިން - 14:10

ގަވައިދާ ޚިލާފަށް މަގު ހުރަސްކުރާ މީހުން 100 ރުފިޔާއިން ޖޫރިމަނާކުރާ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ބިލު މަޖިލީހުން ފާސްކޮށްފި

ޤަވާއިދާ ޚިލާފަށް މަގު ހުރަސްކުރާ މީހުން 100ރުފިޔާއިން ޖޫރިމަނާ ކުރާގޮތަށް ފާސްކޮށްފި

2 ދުވަސް ކުރިން - 09:33

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު އައްޔަން ކުރުމަށް ރުހުން ދީފި

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢަބްދުލްޢަޒީޒު ޖަމާލް އައްޔަން ކުރުމަށް ރުހުން ދީފި

3 ދުވަސް ކުރިން - 16:50

އެލްޖީއޭގެ ބޯޑަށް އައްޔަންކުރުމަށް ރައީސް މުޢިއްޒު ފޮނުއްވި ދެ ބޭފުޅުންނަށް މަޖިލީހުން ރުހުން ދީފި

އެލްޖީއޭގެ ބޯޑަށް 2 ބޭފުޅަކު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި

3 ދުވަސް ކުރިން - 16:36