ރައްޔިތަކު ފުލުހުންގެ އެހީތެރިކަމަށް އެދި އައުމުން، އެފަރާތެއް މާޔޫސްނުކޮށް އެކަށީގެންވާ ގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުމަށް ކޮމިޝަނަރ ޝުޖާއު އިރުޝާދު ދެއްވި
737 ދުވަސް ކުރިން - 13:16
އަހަރުގެ މިހާތަނަށް އެމްކިޔުއޭއަށް ޖުމްލަ 1621 ސަނަދެއް 'ވެލިޑޭޓް' ކުރުމަށް ހުށަހަޅާފަވޭ. މީގެ ތެރެއިން 1333 ސަނަދެއް ވަނީ "ވެލިޑޭޓް" ކޮށްފައިވާ ކަމަށް އެމްކިޔުއޭ ބުނެފައިވޭ.
737 ދުވަސް ކުރިން - 13:08
3,689 އާއި 3,746 އަކަފޫޓާ ދެމެދުގެ ބިންތައް ވިއްކުމަށް ހަމަޖެހިފައިވޭ. 18 އަހަރުން މަތީގެ ދިވެހިންނަށް މި ބިންތަކަށް ބީލަން ހުށަހެޅޭނެކަމަށް އެޗްޑީސީން ބުނެފައިވޭ
737 ދުވަސް ކުރިން - 13:04
އެޗްޑީސީން ހާމަކުރި ގޮތުގައި މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ހުޅުމާލޭގެ ޓްރެފިކް ތޮއްޖެހުން ލުއިކޮށް، މަގުތަކުގެ ޙާލަތު ރަނގަޅުކުރުން ކަމަށް. އަދި މިއީ މާލެ ސަރަޙައްދުގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ވަޢުދެއް ފުއްދުމަށް އެޅޭ ފިޔަވަޅެއް ކަމަށް
737 ދުވަސް ކުރިން - 12:59
އަންނަ އަހަރުގެ ބަޖެޓުގައި ދައުލަތުގެ ޕީއެސްއައިޕީ މަޝްރޫޢުތަކުގެ އަޕްޑޭޓުތައް ބަލައި، އެކަންކަން ފައިނަލްކުރުމުގެ މަސައްކަތްތަކާއި، އަލަށް ހިންގާނެ މަޝްރޫޢުތަކާއި ޕްރޮގްރާމްތައް ހިމަނާނެ ކަމަށް މާލީ ވުޒާރާއިން މައުލޫމާތު ދީފައިވޭ
737 ދުވަސް ކުރިން - 12:41
ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ގޮތުގައި މީރާގައި ރަޖިސްޓްރީކޮށްފައިވާ ހުރިހާ ފަރާތްތަކުން މި މަހުގެ 31ގެ ކުރިން "އެމްއެމްއޭ އެފެކްސް ޕޯޓަލް ރެޖިސްޓްރޭޝަން ފޯމް" މެދުވެރިކޮށް އެމްއެމްއޭގައި ރަޖިސްޓަރ ކުރަންވާނެ ކަމަށް. އަދި އައު ގަވާއިދަށް އަމަލުކުރަން ފެށުމަށްފަހު މީރާގައި ރަޖިސްޓްރީކުރާ ފަރާތްތަކުން 30 ދުވަހުގެ ތެރޭގައި އެމްއެމްއޭގައި ރަޖިސްޓަރ ކުރަންވާނެ ކަމަށް އެމްއެމްއޭއިން ބުނެފައިވޭ
737 ދުވަސް ކުރިން - 11:31
ރާއްޖޭގެ ފަތުރުވެރިކަމުގެ ބިންގަލަކީ މިތުރުވެރިކަން ކަމަށާއި އަދި އެކުވެރިކަމާއި ހިތްހެޔޮކަމާއި އަމާންކަމާއި ރައްކާތެރިކަމަކީ ވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ބިންގާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ސިފަކުރެއްވި.
737 ދުވަސް ކުރިން - 11:30
ފަންޑު ހޯދުމަށް ހުޅުވާލާފައިވަނީ ތިމާވެއްޓާއި ގުޅުންހުރި ޕްރޮޖެކްޓްތަކާއި، ތަޢުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން މުޖުތަމަޢުގެ ލާބަޔާއި މަންފާއަށް އަމާޒުކޮށްގެން ހިންގާ ޕްރޮޖެކްޓްތަކަށް.ކޮންމެ އަހަރަކު ފަސް މަޝްރޫޢަކަށް 200,000 ރުފިޔާގެ ހިލޭ އެހީ ދިނުމަށް ހަމަޖެހިފައިވޭ.
738 ދުވަސް ކުރިން - 22:10
މި އޮޕަރޭޝަންގެ ދަށުން، ހަށިވިއްކުމުގެ ވިޔަފާރީގައި ޝާމިލްވާ ކަމަށް ބެލެވޭ 5 ބިދޭސީ އަންހެނުންނާއި، އެޖެންޓެއްގެ ގޮތުގައި މަސައްކަތްކުރަމުންދިޔަ ބިދޭސީ ފިރިހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވޭ.
738 ދުވަސް ކުރިން - 22:06
މި ބަދަލު ގެނެސްފާ ވަނީ ސިޔާސީ ޕާޓީގެ ގަވާއިދަށް ގެނެވުނު އިސްލާހާ ގުޅިގެން. މާދަމާއިން ފެށިގެން ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ދަފްތަރުން ވަކިވުމަށް އެދި ހުށަހަޅަން ޖެހޭނީ އެ ކޮމިޝަނުގެ ވެބްސައިޓް މެދުވެރިކޮށް ކުރެވޭނެކަމަށް އީސީން ބުނެފައިވޭ.
738 ދުވަސް ކުރިން - 22:05
މި ޕެޓިޝަން ވަނީ ރައީސް އޮފީހުގެ އިތުރުން މާލީ ވުޒާރާ، ރައްޔިތުންގެ މަޖިލިސް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން އަދި ކަރެކްޝަނަލް ސަރވިސްއަށް ހުށަހަޅާފައި. މި ޕެޓިޝަންގައި ވަނީ ކަރެކްޝަންސްގެ 44 ސިވިލް މުވައްޒަފުން ސޮއިކޮށްފައި
738 ދުވަސް ކުރިން - 22:00
މި ފަހުމުނާމާގެ މަގުސަދަކީ މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވައި މަސް އެކްސްޕޯޓް ކުރުމާއި ޓެކްނޮލޮޖީ އަދި މައުލޫމާތު ބަދަލުކުރުން ކަމަށް. މީގެ އިތުރުން ފަހުމުނާމާގެ ސަބަބުން މެރިކަލްޗަރ ދާއިރާއަށް އިންވެސްޓްކުރުމަށް މަގުފަހިވެގެންދާނެކަމަށާއި، އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ވައުދުފުޅެއްކަމަށްވެސް ވަޒީރު ޝިޔާމް ވިދާޅުވި.
738 ދުވަސް ކުރިން - 21:58