ކުއްލި ހާލަތްތަކުގައި އެއް ނަންބަރަކުން ޚިދުމަތްދެވޭ 911 ލައިން ގާއިމްކުރުމާ ގުޅޭ ގޮތުން ކަމާ ގުޅުންހުރި މުއައްސަސާތަކާއެކު މިއަދު ކޯޑިނޭޝަން ބައްދަލުވުމެއް ބޭއްވުނުކަމަށާއި މި މަޝްރޫޢުގެ މަޤްޞަދަކީ ކުއްލި ހާލަތްތަކުގައި ރައްޔިތުންނަށް ލުއިފަސޭހަކޮށް އެއް ނަންބަރަކުން ޚިދުމަތް ފޯރުކޮށްދިން ކަމަށް ދާޚިލީ ވުޒާރާއިން ބުނި.
738 ދުވަސް ކުރިން - 21:49
މި ޤަވާއިދުތަކުގެ މަޤްޞަދަކީ ސަލާމަތާއި އަމާންކަމާއި ޒާތީ މަސްލަހަތަށް ފުށުނާރާނެ ގޮތަށް ޑްރޯން ދުއްވުމުގެ ފުރުޞަތު ހުޅުވާލުމާއި ވިޔަފާރީގެ ބޭނުންތަކަށް ޑްރޯން ދުއްވަން ބޭނުންވާ ފަރާތްތަކަށް ފަހި މާހައުލެއް ކަމަށް ސީއޭއޭ އިން ބުނި
738 ދުވަސް ކުރިން - 21:47
ޚަލީލް ވިދާޅުވީ މިއީ ފޮރިން މިނިސްޓަރުގެ މަޤާމާ ހަވާލުވެވަޑައިގެންނެވި ފަހުން ސަފީރަކާއި ބައްދަލުކުރެވުނު ފުރަތަމަ ފަހަރު ކަމަށާއި، މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ގުޅުމާއި ގުޅޭ ގޮތުން ވާހަކަތައް ދެކެވުނު ކަމަށް. އަދި މިހާރު ދެ ޤައުމުގެ ދެމެދުގައި ކުރިއަށްދާ މަސައްކަތްތަކާއި ގުޅޭ ގޮތުންވެސް މަޝްވަރާތައް ކުރެެއްވި ކަމަށް ޚަލީލް ވިދާޅުވި.
738 ދުވަސް ކުރިން - 14:02
އެޗްޑީސީން މިފަހަރު އަންގާފައިވަނީ ތިންވަނަ ފިޔަވަހީގެ ހުސްބިންތަކުގައި ބަހައްޓާފައި ހުރި މުދަލާއި ތަކެތި، 11 އޮކްޓޯބަރު ވާ ހުކުރު ދުވަހުގެ ކުރިން ނެގުމަށް. އަދި މި މުއްދަތުގެ ތެރޭގައި އެތަކެތި ނުނަގާނަމަ، އެތަކެއްޗަކީ ވެރިފަރާތްތަކުން ބޭނުން ނެތިގެން ދޫކޮށްލާފައިވާ ތަކެތި ކަމަށް ބަލައި، އެ ކޯޕަރޭޝަނުން އެފަދަ ތަކެއްޗާމެދު ޢަމަލުކުރުމަށް ހަމަޖެހިފައިވާ ގޮތުގެ މަތިން ޢަމަލު ކުރެވޭނެ ކަމަށް އެޗްޑީސީން ބުނި.
738 ދުވަސް ކުރިން - 13:50
އިއްޔެ ހަވީރު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި، އެއްގަމު އުޅަނދު ދުއްވުމުގައި ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުކަންދޭންޖެހޭ ކަންކަމުގެ މަޢުލޫމާތުދީފައިވާކަމަށް ފުލުހުން ބުނި. އަދި މަގުމަތީގައި ހިނގާބިނގާވެ އުޅުމާއި އެކްސިޑެންޓުތަކުން ރައްކާތެރިވާނެ ގޮތުގެ މަޢުލޫމާތުދީފައިވާ ކަމަށް ފުލުހުން ބުނި.
738 ދުވަސް ކުރިން - 13:38
މި މައްސަލަ ފެންމަތިވެފައިވަނީ ކުއްޖާގެ މަންމަ ފޭސްބުކްގައި ކުރި ޕޯސްޓަކާ ގުޅިގެން. މި ޢަމަލަކީ ގްރޭޑް 9 ގައި އުޅޭ ކުއްޖެއް އިސްވެހުރެ ގްރޫޕަކުން ހިންގި ޢަމަލެއް ކަމަށް ބުނެ، ކުއްޖާގެ މަންމަ ވަނީ އޭނާގެ ދަރިފުޅަށް އިންސާފު ހޯދައިދިނުމަށް އެދި ގޮވާލާފައި. ފުލުހުން އަންނަނީ މި މައްސަލަ ތަހުޤީޤުކުރަމުން.
738 ދުވަސް ކުރިން - 13:13
ފުލުހުން ބުނީ ކޮމިޝަނަރގެ މި ދަތުރުފުޅުގައި، ހއ. އަތޮޅު ކައުންސިލާއި ރަށު ކައުންސިލުތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް އަދި އެ ރަށްރަށުގައި މަސައްކަތްކުރާ ފުލުހުންނާ ބައްދަލުކުރައްވާނެ ކަމަށް. މިއަދުން ފެށިގެން މި މަހު 7 އަށް ކުރިއަށް ގެންދާ މި ދަތުރުފުޅުގައި ދިއްދޫ، ކެލާ، އުތީމު، ބާރަށް، ފިއްލަދޫ، ތަކަންދޫ، މާރަންދޫ، ހޯރަފުށި، ތުރާކުނު، އުލިގަން އަދި އިހަވަންދުއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައި.
738 ދުވަސް ކުރިން - 13:01
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި އެކަމަނާ އިންތިޚާބުގައި ހޯއްދެވި ކާމިޔާބީން ދައްކުވައިދެނީ އެކަމަނާގެ ހިންގުންތެރިކަމާއި އެޤައުމުގެ މުސްތަޤުބަލަށް ގެންގުޅުއްވާ ތަސައްވުރަށް ޤައުމުގެ ރައްޔިތުން ކުރާ އިތުބާރުކަން ފާހަގަކުރައްވައި ދެޤައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހިކުރެވިގެންދާނެކަމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވި
738 ދުވަސް ކުރިން - 11:16
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ އިސްރާއީލުގެ އަމަލުތަކަކީ އިންސާނީ ހައްގުތަކާބެހޭ އަދި ބައިނަލްއަގުވާމީ ގާނޫނުތަކާއި ކަނޑައެޅިގެން ހިލާފު އަމަލުތަކެއް ކަމަށް. މި އުދުވާނީ ހަމަލާތައް ބައިނަލްއަގުވާމީ މުޖްތަމައުން ހުއްޓުވައި، ޖަވާބުދާރީ ކުރުވަން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވާފައިވޭ.
739 ދުވަސް ކުރިން - 22:52
ރައީސް ވިދާޅުވީ ބައިނަލްއަގުވާމީ ޤާނޫނުތަކާ ޚިލާފަށް އިސްރާއީލުން ހިންގަމުންދާ ޖަރީމާތަކަށް ޖަވާބުދާރީކުރުވަންޖެހޭކަމަށް. އަދި ޤާނޫނުގެ ވެރިކަން ނަގަހައްޓާ، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތައް މިހާރުން މިހާރަށް ހުއްޓާލުމަށް ރައީސް ގޮވާލެއްވި. ރައީސް ވިދާޅުވީ ރާއްޖެ އަބަދުވެސް ކުރިއަށްދާނީ އިންސާނިއްޔަތާއި ސުލްހައާއި އިންސާފުގެ މަގުންކަމަށް.
739 ދުވަސް ކުރިން - 20:59
ރާއްޖެއިން މިއަދު ހުށަހެޅި އިންޓަރވެންޝަން ބިނާކޮށްފައިވަނީ ޖެނޮސައިޑް ކޮންވެންޝަންގެ ދަށުން "އިންސައިޓްމަންޓް ޓު ކޮމިޓް ޖެނޮސައިޑް" އަދި "ޑިއުޓީ ޓު ޕަނިޝް ދަ އިންސައިޓްމަންޓް އޮފް ޖެނޮސައިޑް" މާނަކޮށްފައިވާ ގޮތާ ގުޅޭގޮތުން, މި މައްސަލައަށް ރާއްޖެއިން ތަދައްޚުލުވުމަށް ހުށަހަޅަންޖެހޭ "ޑެކްލެރޭޝަން އޮފް އިންޓަރވެންޝަން" މިއަދު އައިސީޖޭއަށް ހުށަހަޅާފައިވަނީ މި މައްސަލައަށް ރާއްޖެއިން ކަނޑައަޅާފައިވާ އޭޖެންޓް، ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމްގެ ފަރާތުން.
739 ދުވަސް ކުރިން - 20:54
ނޭޕާލްގައި ދިމާވި ބޮޑު ފެންބޮޑުވުމުގެ ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެ އަދި ގެއްލުނު މީހުން އަވަހަށް ފެނި، އަނިޔާ ލިބުނު ފަރާތްތަކަށް އަވަސް ޝިފާއެއް ލިބުމަށް ދުޢާކުރައްވާކަމަށް ރައީސް މުޢިއްޒުގެ މެސެޖުގައި ފާހަގަކުރެއްވި.
739 ދުވަސް ކުރިން - 20:45