ޑްރޯން ބޭނުންކުރުމާ ގުޅޭ ޤަވާއިދަށް އަންނަ މަހުގެ 15 އާއި ހަމައަށް ޚިޔާލު ހުށައެޅޭނެ

އައިޝަތު ރުވާ ރިފްޢަތު | 424 ދުވަސް ކުރިން - 2 އޮކްޓޯބަރު 2024 21:47
ފޮޓޯ: އިންޓަނެޓް
ފޮޓޯ: އިންޓަނެޓް
ޚުލާސާ

މި ޤަވާއިދުތަކުގެ މަޤްޞަދަކީ ސަލާމަތާއި އަމާންކަމާއި ޒާތީ މަސްލަހަތަށް ފުށުނާރާނެ ގޮތަށް ޑްރޯން ދުއްވުމުގެ ފުރުޞަތު ހުޅުވާލުމާއި ވިޔަފާރީގެ ބޭނުންތަކަށް ޑްރޯން ދުއްވަން ބޭނުންވާ ފަރާތްތަކަށް ފަހި މާހައުލެއް ކަމަށް ސީއޭއޭ އިން ބުނި

މަދަނީ މާޙައުލުގައި ޑްރޯން ދުއްވުމާ ބެހޭ ޤަވާއިދުތަކަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި ކަމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން (ސީއޭއޭ) އިން ބުނެފިއެވެ. މި ފުރުޞަތު ހުޅުވާލާފައިވަނީ މިއަހަރުގެ އޮގަސްޓް 14 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު 15 ވަނަ ދުވަހާއި ހަމައަށެވެ.

ސީއޭއޭ އިން ބުނާ ގޮތުގައި މި ޤަވާއިދުތަކުގެ މަޤްޞަދަކީ ސަލާމަތާއި އަމާންކަމާއި އަދި ޒާތީ މަސްލަހަތަށް ފުށުނާރާނެގޮތަށް ޑްރޯން ދުއްވުމުގެ ފުރުޞަތު ހުޅުވާލުމާއި، ވިޔަފާރީގެ ބޭނުންތަކަށް ޑްރޯން ދުއްވަން ބޭނުންވާ ފަރާތްތަކަށް ފަހި މާހައުލެއް ޤާއިމުކުރުމެވެ. މި ޤަވާއިދުތައް އެކުލަވާލާފައިވަނީ ޔޫރަޕުގެ މަދަނީ ޤަވާއިދުތައް އަސްލަކަށް ބަލައިގެންނަ ކަމަށް އެ އޮޓޯރިޓީން ބުންޏެވެ.

ސަރުކާރުގެ މުއައްސަސާތަކާއި، ކުންފުނިތަކާއި، ޖަމްޢިއްޔާ ޖަމާޢަތްތަކާއި އަދި އަމިއްލަ ފަރުދުންނަށްވެސް މި ޤަވާއިދުތަކަށް ޚިޔާލު ހުށަހެޅިދާނެއެވެ. ޚާއްޞަކޮށް ޑްރޯން އޮޕަރޭޓްކޮށްގެން ވިޔަފާރީގެ މަސައްކަތްތަކާއި އިޝްތިހާރު ކުރުމާއި މާކެޓްކުރުމުގެ މަސައްކަތް ކުރާ ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ މުހިންމުކަމަށް ސީއޭއޭ އިން ފާހަގަކުރިއެވެ.



މި ޤަވާއިދުތަކުގައި ޑްރޯން އޮޕަރޭޓުކުރުން ބަހާލެވިފައިވަނީ އޯޕަން، ސްޕެސިފިކް އަދި ސެޓިފައިޑް-އޭ ތިން ކެޓަގަރީއަކަށެވެ. އަދި ޑްރޯން ދުއްވާ ފަރާތްތައް ރަޖިސްޓްރީކުރުމާއި ޕައިލެޓުންގެ ފެންވަރު ކަނޑައެޅުމުގެ އިތުރުން، ކެމެރާ ބޭނުންކުރާ ޑްރޯންއާއި ކެމެރާ ނެތި އެކި ބޭނުންތަކަށް ބޭނުންކުރާ ޑްރޯންތަކަށް ވަކި ޤަވާއިދުތަކެއް އެކުލަވާލެވޭނެއެވެ.

ސީއޭއޭ އިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި ޤަވާއިދުގެ މަސައްކަތްތައް އަންނަ އަހަރުގެ ކުރީކޮޅު ނިންމައި، ތަންފީޒުކުރަން ފެށުމަށް މަސައްކަތް ކުރަމުންދެއެވެ. މި ޤަވާއިދުތަކާއެކު، ޑްރޯން އޮޕަރޭޝަންތަކާބެހޭ އެންމެހާ ކަންކަން ދައުލަތުން ބެލެހެއްޓުމުގެ ތަރަހައިގެ ތެރޭގައި ވީހާވެސް ފުޅާ ދާއިރާއެއްގައި އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް ފުރުޞަތުތައް ފަހިވާނެކަމަށް ސީއޭއޭ އިން ބުންޏެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%