Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެއްވެސް އެއާޕޯޓެއް ހިންގަން ބޭރު ބަޔަކަށް ނުދޭނެ: އަމީން

އެއްވެސް އެއާޕޯޓެއް ހިންގަން ބޭރު ބަޔަކަށް ނުދޭނެ: އަމީން

މުޙައްމަދު ޖިނާން ހުސައިން ޖަބީން
200 ދުވަސް ކުރިން - 2 ޖެނުއަރީ 2026 17:54
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު--- ފޮޓޯ: އެމްއޭސީއެލް
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު--- ފޮޓޯ: އެމްއޭސީއެލް
ޚުލާސާ

މިނިސްޓަރު މި މޭރުމުން ވިދާޅުވެފައިވާއިރު، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ހިންގުން އިންޑިއާގެ ކުންފުންޏަކަށް ހަވާލުކުރުމަށް ރާއްޖޭގެ ސަރުކާރުން ހުށަހާޅާފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުގައި ވަނީ ރިޕޯޓުކޮށްފަ

ރާއްޖޭގެ އެއްވެސް އެއާޕޯޓެއް ހިންގަން ބޭރުގެ ބަޔަކަށް ނުދޭނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އަމީން މި މޭރުމުން ވިދާޅުވީ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ. ރާއްޖޭގެ ހުރިހާ އެއާޕޯޓުތަކެއް، އޭގެތެރޭގައި އިންޓަނޭޝަނަލް އެއާޕޯޓުތަކާއި ޑޮމިސްޓިކް އެއާޕޯޓްތައް ހިންގަނީ ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭ)އިން ހުއްދަދީފައިވާ ރާއްޖޭގެ އޮޕަރޭޓަރުން ކަމަށް މިނިސްޓަރު އަމީން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުގައި ވަނީ ވިދާޅުވެފަ އެވެ.

މިނިސްޓަރު މި މޭރުމުން ވިދާޅުވެފައިވާއިރު އިންޑިއާގެ ބައެއް ނޫސްތަކުގައި، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ހިންގުން އިންޑިއާގެ ކުންފުންޏަކަށް ހަވާލުކުރުމަށް ރާއްޖޭގެ ސަރުކާރުން ހުށަހާޅާފައިވާ ކަމަށް ވަނީ ރިޕޯޓުކޮށްފަ އެވެ.

Advertisement

Advertisement 1

އެގޮތުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހިންގުމަށް އިންޑިއާގެ ކުންފުނިތަކުގެ އެހީތެރިކަމަށް އެދި ރާއްޖެއިން ހުށަހެޅި ޕްރޮޕޯސަލް ދިރާސާ ކުރުމަށް އެ ގައުމުގެ ސިވިލް އޭވިއޭޝަން މިނިސްޓްރީން މި ހަފްތާ ތެރޭގައި އެއާޕޯޓްސް އޮތޯރިޓީ އޮފް އިންޑިއާ (އޭއޭއި)ގައި އެދިފައިވާ ކަމަށް އިންޑިއާގެ ނޫހެއް ކަމަށްވާ "ދަ ހިންދޫ" ނޫހުގައި ވަނީ ރިޕޯޓުކޮށްފަ އެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާނެ އިންޑިއާ ކުންފުންޏެއް ހޯދަން އެދިވަޑައިގަތީ ރައީސް ޑރ. މުއިއްޒު ކަމަށާއި އެމަނިކުފާނު އެކަން ހުށަހެޅުއްވީ އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ވަޑައިގެންނެވި ސިވިލް އޭވިއޭޝަން މިނިސްޓަރު ކޭ. ރާމް މޯހަން ނައިދުއަށް ކަމަށް ދަ ހިންދޫ ނޫހުގައި ރިޕޯޓުކޮށްފައިވެ އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އެއާޕޯޓްސް އޮތޯރިޓީ އޮފް އިންޑިއާ (އޭއޭއި)ގެ ދަށުން އިންޑިއާގެ 113 އެއާޕޯޓެއް އޮންނައިރު އޭގެ ތެރެއިން އެ އޮތޯރިޓިން ހިންގަނީ އެ ގައުމުގެ 26 އެއާޕޯޓެކެވެ.

1986 ވަނަ އަހަރުން ފެށިގެން ހިދުމަތް ދެމުން އަންނަ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް އަލުން ތަރައްގީކޮށް ފުޅާކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އިންޑިއާގެ އެގްޒިމް ބޭންކުން ދޫކުރި 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ އެހީގަ އެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތްތައް އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއާ ހަވާލުކޮށްފައިވަނީ 136.6 މިލިއަން ޑޮލަރަށެވެ.

މި މަޝްރޫއުގެ ދަށުން އެއާޕޯޓުގެ ވަސީލަތްތައް ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރެވިފައިވާއިރު، މީގެ ތެރޭގައި އެއާބަސް A320 މަރުކާގެ ބޯޓުތައް ޖެއްސޭނެ ފަދަ 2,465 މީޓަރުގެ ރަންވޭއަކާއި، އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރުގެ އާ ޓާމިނަލެއް ހިމެނެ އެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް މަޝްރޫއަކީ ރާއްޖޭގެ އުތުރުގެ އިގްތިސާދީ ދުވެލި ހަލުވިކުރުމަށާއި، ބައިނަލްއަގުވާމީ ދަތުރުފަތުރުގެ ނިޒާމުން ރާއްޖެ އިތުރަށް ގުޅުވައިދިނުމަށް މަގުފަހިވެގެންދިޔަ މުހިންމު މަޝްރޫއެކެވެ.

ސިވިލް އޭވިއޭޝަން އޮތޯރިޓީން (ސީއޭއޭ)މިނިސްޓަރ މުހައްމަދު އަމީންހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އިތޯޕިއާ އާއި ރާއްޖެއާ ދެމެދު ވައިގެ ދަތުރުތައް ފެށުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

އިތޯޕިއާ އާއި ރާއްޖެއާ ދެމެދު ވައިގެ ދަތުރުތައް ފެށުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

20 ގަޑިއިރު ކުރިން - 13:55

އެމްއޭސީއެލްއިން ވިއްކާ ޖެޓް ފިއުލްގެ އަގު ސަރުކާރުން ހެޔޮކޮށްފި

އެމްއޭސީއެލްއިން ވިއްކާ ޖެޓް ފިއުލްގެ އަގު ހެޔޮކޮށްފި

82 ދުވަސް ކުރިން - 14:30

ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް މުހައްމަދު އަމީން އައްޔަނުކުރައްވައިފި

ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް މުހައްމަދު އަމީން އައްޔަނުކުރައްވައިފި

98 ދުވަސް ކުރިން - 19:25

ޒަމާނީ ފެންވަރަށް ދަރަވަންދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ފަށައިފި

ދަރަވަންދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ފަށައިފި

111 ދުވަސް ކުރިން - 22:14

މާލެ ސަރަހައްދުގައި ގާއިމްކުރާ 7 ޕާކިން ބިލްޑިންގުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ: އަމީން

މާލެސިޓީގައި 7 ޕާކިން ބިލްޑިންގުގެ މަސައްކަތް ފަށަނީ

115 ދުވަސް ކުރިން - 22:11

ތިމާވެއްޓާ ރައްޓެހި އުޅަނދުތަކަށް ފެހި ނަންބަރު ބޯޑު ދެނީ

ތިމާވެއްޓާރައްޓެހި އުޅަނދުތަކަށް ފެހި ނަންބަރު ބޯޑު ދެނީ

129 ދުވަސް ކުރިން - 14:01