Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ވައިގެ ދަތުރުފަތުރުގެ ވިޔަފާރި ހަމައެކަނި ދިވެހިންނަށް ކުރެވޭގޮތަށް ގަވާއިދު ބަދަލުކޮށްފި

ވައިގެ ދަތުރުފަތުރުގެ ވިޔަފާރި ހަމައެކަނި ދިވެހިންނަށް ކުރެވޭގޮތަށް ގަވާއިދު ބަދަލުކޮށްފި

މުހައްމަދު ޖަމްޝަތު
223 ދުވަސް ކުރިން - 24 އޮކްޓޫބަރު 2025 10:15
މޯލްޑިވިއަން އެއާލައިންގެ ޓިކެޓިން ކައުންޓަރު. އާ ގަވާއިދާއެކު ސޭލް އޭޖެންޓުންގެ ގޮތުގައި ހަރަކާތްތެރިވެވޭނީ ދިވެހި ކުންފުނިތަކަށް އެކަނި---ފޮޓޯ:ސަން
މޯލްޑިވިއަން އެއާލައިންގެ ޓިކެޓިން ކައުންޓަރު. އާ ގަވާއިދާއެކު ސޭލް އޭޖެންޓުންގެ ގޮތުގައި ހަރަކާތްތެރިވެވޭނީ ދިވެހި ކުންފުނިތަކަށް އެކަނި---ފޮޓޯ:ސަން
ޚުލާސާ

މި އާ ގަވާއިދު ތަންފީޒުކުރާނީ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ބެލުމުގެ ދަށުން

ވައިގެ ދަތުރުފަތުރުގެ ވިޔަފާރިތަކުގައި ދިވެހިންގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި، ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭ) އިން އާ ގަވާއިދެއް ހަދައި ގެޒެޓުކޮށްފި އެެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މިއީ ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ގައުމީ ފުދުންތެރިކަން އިތުރުކޮށް، ދިވެހި ވިޔަފާރިތަކަށް އިތުރު ބާރު ދިނުމަށް ސަރުކާރުން ހިންގާ މަސައްކަތްތަކުގެ މުހިންމު ބައެއް ކަމަށެވެ.

އެގޮތުން މި އާ ގަވާއިދުގެ ދަށުން ޖެނެރަލް ސޭލްސް އޭޖެންޓުންނާއި ޕެސެންޖާ ސޭލްސް އޭޖެންޓުންނާއި ކާގޯ ސޭލްސް އޭޖެންޓުންގެ ގޮތުގައި ރާއްޖޭގައި ހަރަކާތްތެރިވުމުގެ ހުއްދަ ދެވޭނީ، ސައްތައިން ސައްތަ ދިވެހި ކުންފުނިތަކަށް އެކަންޏެވެ. މިނިސްޓްރީން ބުނި ގޮތުގައި މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާ އެއްގޮތަށް ނިންމި ނިންމުމެކެވެ.

Advertisement

Advertisement 1

ކުރިން ގަވާއިދު އޮންނަގޮތުން ބޭރު ފަރާތެއްގެ 49 ޕަސެންޓް ހިއްސާ އޮތަސް އެކުންފުންޏަކަށް ރާއްޖޭގައި މިފަދަ ވިޔަފާރިތައް ކުރެވެ އެވެ.

ޓްރާންސްޕޯޓުން ބުނިގޮތުގައި އަލަށް މި އެކުލަވާލާ ގަވާއިދަކީ ވައިގެ ދަތުރުފަތުރު އަދި ޓްރާންސްޕޯޓް ދާއިރާއިން ލިބޭ މާލީ ފައިދާތައް ދިވެހި އިގުތިސާދަށް ހިފެހެއްޓުމަށް ވަރަށް މުހިއްމު ދައުރެއް އަދާކުރާނެ ކަމެކެވެ. އަދި ދިވެހިންގެ މިލްކުވެރިކަމަށް އިސްކަންދީ ލޯކަލް ވިޔަފާރިވެރިންނަށް ފުޅާ ދޮރުތަކެއް ހުޅުވުމާއެކު، ސަރުކާރުން މަސައްކަތްކުރަނީ އިންސާފުވެރި ވާދަވެރި މާހައުލެއް ގާއިމުކޮށް، ދިވެހި ކުންފުނިތަކުގެ ގާބިލުކަން އިތުރު ކުރުމަށް ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މި އާ ގަވާއިދާ ގުޅިގެމް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިގޮތުގައި މި އިސްލާހަކީ، ދިވެހި ވިޔަފާރިތަކަށް ކުރިއެރުން ދީ، އެ ވިޔަފާރިތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ގިނަ ދުވަސްތަކެއްވަންދެން އެދެމުންއައި ބަދަލެކެވެ.

އަދި މި ސިޔާސަތަކީ ގައުމުގެ އިގުތިސާދީ މިނިވަންކަން ހަރުދަނާކުރުމާއި، ދިވެހިންގެ އަމިއްލަ ބާރުތަކުން ދެމެހެއްޓެނިވި ކުރިއެރުން ހޯދުމަށް ރައީސް ޑރ. މުޢިއްޒު ގެންގުޅުއްވާ ދިގު ރާސްތާގެ ތަސައްވުރާ ވަރަށް އެއްގޮތް ސިޔާސަތެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ދިވެހި ވިޔަފާރިތަކަށް ފުރުސަތު ފަހިކުރުމުގެ ގޮތުން ސަރުކާރުން ދާދިފަހުން ވަނީ ފޮރިން އިންވެސްޓްމަންޓް އެންޓްރީ ކްރައިޓީރިއާވެސް އިސްލާހުކޮށް ދިވެހި ވިޔަފާރިތަކަށް ހާއްސަ ދާއިރާތަކެއް ކަނޑައަޅައި އެ ދާއިރާތަކުގައި ބިދޭސީ ކުންފުނިތަކުން ވިޔަފާރި ކުރުން މަނާކޮށްފަ އެވެ.

މިނިސްޓަރ މުހައްމަދު އަމީންޓްރާންސްޕޯޓް މިނިސްޓްރީ (އުވާލެވިފައި)ސިވިލް އޭވިއޭޝަން އޮތޯރިޓީން (ސީއޭއޭ)

Advertisement

Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެމްއޭސީއެލްއިން ވިއްކާ ޖެޓް ފިއުލްގެ އަގު ސަރުކާރުން ހެޔޮކޮށްފި

އެމްއޭސީއެލްއިން ވިއްކާ ޖެޓް ފިއުލްގެ އަގު ހެޔޮކޮށްފި

34 ދުވަސް ކުރިން - 14:30

ޓްރާންސްޕޯޓް އަދި އިކޮނޮމިކް މިނިސްޓްރީ އެއްކޮށްލައި، މިނިސްޓަރުކަމަށް ސައީދު ހަމަޖައްސަވައިފި

ދެ މިނިސްޓްރީ އެއްކޮށްލައި މިނިސްޓަރުކަމަށް ސައީދު ހަމަޖައްސަވައިފި

50 ދުވަސް ކުރިން - 19:30

ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް މުހައްމަދު އަމީން އައްޔަނުކުރައްވައިފި

ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް މުހައްމަދު އަމީން އައްޔަނުކުރައްވައިފި

50 ދުވަސް ކުރިން - 19:25

އުޅަނދެއް ނައްތާލައި އާ އުޅަނދެއް ރަޖިސްޓަރީކުރާނަމަ ގަރާޖުސިޓީ ހުށަހަޅަންނުޖެހޭ ގޮތަށް ގަވާއިދު އިސްލާހުކޮށްފި

ކުދިވިޔަފާރިތަކަށް އުޅަނދު ރަޖިސްޓަރީ ކުރުމުގައި ބޮޑެތި ލުއިތަކެއް!

57 ދުވަސް ކުރިން - 16:30

ދަރަވަންދޫ އެއާޕޯޓު އައިލެންޑް އޭވިއޭޝަނާ ހަވާލުކޮށްފި

ދަރަވަންދޫ އެއާޕޯޓު އައިލެންޑް އޭވިއޭޝަނާ ހަވާލުކޮށްފި

62 ދުވަސް ކުރިން - 12:11

ޒަމާނީ ފެންވަރަށް ދަރަވަންދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ފަށައިފި

ދަރަވަންދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ފަށައިފި

63 ދުވަސް ކުރިން - 22:14