އައިޖީއެމްއެޗުން ބުނީ ޑރ. ފަޒުނާ ޚާއްސަވަނީ ކުޑަކުދިންގެ ކިބައިން ހުންނަ އޯޓިޒަމްއާއި އޭޑީއެޗްޑީ ފަދަ ބަލިތައް ދެނެގަތުމުގެ ދާއިރާއިން ކަމަށް. އޭނާ ތަޢުލީމް ޙާސިލްކުރައްވާފައިވަނީ މެލޭޝިއާގެ ނެޝަނަލް ޔުނިވަރސިޓީންނާއި އެމެރިކާގެ ޔުނިވަރސިޓީ އޮފް ކެލިފޯނިއާއިން.
737 ދުވަސް ކުރިން - 23:04
މި ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވާހަކަފުޅު ދައްކަވާނެ. އަދި ޙާފިޡް ކަމުގެ ސަނަދު ހާސިލުކުރި ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެއްޔާއި، އިނާމާއި، ހަނދާނީ ލިޔުން މި ޖަލްސާގައި ދިނުމަށް ވަނީ ހަމަޖެހިފައި.
737 ދުވަސް ކުރިން - 22:52
ޖަރުމަނުވިލާތުގެ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން ފޮނުއްވި ސިޓީފުޅުގައި ރައީސް މުޢިއްޒު ވިދާޅުވީ، ޖަރުމަނުވިލާތުގެ އެއްބައިވަންތަކަމުގެ ދުވަހަކީ، އެ ޤައުމު ބައްޓަންކުރުމުގެ މުހިއްމު ބަހާތަކެއް ކަމުގައިވާ އެއްބައިވަންތަކަމާއި ވިލުންތެރިކަމުގެ ރޫޙު ދައްކުވައިދޭ ދުވަހެއްކަމަށް.
737 ދުވަސް ކުރިން - 22:44
ރައީސްގެ މެސެޖުގައި ޢަބްދުލްމަޖީދު މާހިރު އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމައާއެކުގައިކަން ފާހަގަކުރައްވާ، އޭނާއަކީ ދިވެހި ބޭސްވެރި ޙަކީމެއްގެ އިތުރުން ޤައުމަށް ޚިދުމަތްތެރި ޢިލްމީ ޤާބިލް ދަރީންތަކެއް ތަރުބިއްޔަތުކުރެއްވި އަގުހުރި ބައްޕައެއްކަން ފާހަގަކުރައްވާފައިވޭ.
737 ދުވަސް ކުރިން - 22:38
ލ. ފޮނަދޫ އިންޖީނުގޭގެ ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަށް ކުރިއަށްގެންދާ ޑެގްރޫމް އެކްސްޓެންޝަން މަސައްކަތް ނިމުމުން ކަރަންޓުގެ ޚިދުމަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ
737 ދުވަސް ކުރިން - 20:11
މާލޭގެ ބައެއް ސަރަޙައްދުތަކުން މާދަން ހެނދުނު 6:00 އާއި 6:30 އާ ދެމެދު އަދި 9:45 އާއި 10:15 އާ ދެމެދު ކަރަންޓު ކެނޑުން އެކަށީގެންވާ ކަމަށް ސްޓެލްކޯ އިން ބުނި.
737 ދުވަސް ކުރިން - 15:48
އިސެސްކޯގެ މަހާސިންތާގައި ދިވެހިރާއްޖޭގެ ތަޢުލީމާބެހޭ ވަޒީރު ޑރ.އިސްމާޢީލް ޝަފީޢު ބައިވެރިވެވަޑައިގެންފި. އޮމާނުގެ ވެރިރަށް މަސްކަޓްގައި ކުރިއަށްދާ މި މަހާސިންތާގައި އިސްލާމީ ޤައުމުތަކުގެ ތަޢުލީމީ ދާއިރާގެ އިސްވެރިންނާއެކު ތަޢުލީމީ ދާއިރާގެ މުހިންމު މައުޟޫޢުތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވި.
737 ދުވަސް ކުރިން - 15:42
އިއްޔެ ބޮޑުތަކުރުފާނު މަގުގެ، ޓޯ ޔާޑް ސަރަޙައްދުގައި ދިވެހި ފުލުހުންގެ ޚިދުމަތުން "ފަހިރާސްތާ ޕްރޮގްރާމް" ކާމިޔާބުކަމާއެކު ކުރިއަށް ގެންދިޔަ.. މި ޕްރޮގްރާމްގައި މަގުމަތީގެ ރައްކާތެރިކަމާ ގުޅޭ މުހިންމު މަޢުލޫމާތު އާންމުންނަށް ފޯރުކޮށްދިން.
737 ދުވަސް ކުރިން - 15:38
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވުޒާރާއިން ތުރުކީ ސްކޮލަރޝިޕް ލިބުނު 11 ދަރިވަރުންނަށް ޚާއްޞަ ހަފްލާއެއް ބާއްވައިފި. ހަފްލާގައި މިނިސްޓަރ ޑރ. މަރްޔަމް މާރިޔާއާއި، ފޮރިން މިނިސްޓްރީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި
737 ދުވަސް ކުރިން - 14:39
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ފޯރުކޮށްދޭ 'ހޮބާ' ޚިދުމަތް ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް ދިނުމަށް ދެ ފަރާތުގެ މެދުގައި އެއްބަސްވުމެއްގައި ސޮއިކޮށްފި.
737 ދުވަސް ކުރިން - 14:39
ފުވައްމުލަކު ސަރަޙައްދުން ކަނޑައިގެން ގޮސްފައިވާ ކަނދުފަތިތައް އަލުން އެޅުމާއި، ފުވައްމުލަކުގައި ތުތި ބޯވާދިލަމަހުގެ މަސްވެރިކަން ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ތަމްރީނު ދިނުން ހިމެނޭ. މީގެ އިތުރުން، ފުވައްމުލަކު ސިޓީގައި ސްޕޯޓްސް ފިޝިންގ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނު
737 ދުވަސް ކުރިން - 14:36
މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ މަހުގެ ބާވަތްތައް އުފައްދާ ކުދި ވިޔަފާރިތަކަށް އިތުރު ފުރުޞަތުތައް ހޯދައިދިނުމާއި، އެ ފަރާތްތަކުގެ ވިޔަފާރި ފުޅާކުރުމަށް އެހީތެރިވެދިނުން ކަމަށް މިފްކޯއިން ބުނެފައިވޭ.
737 ދުވަސް ކުރިން - 13:47