ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ފޯރުކޮށްދޭ 'ހޮބާ' ޚިދުމަތް ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް ދިނުމަށް މިއަދު ދެ ފަރާތުގެ މެދުގައި އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން، ވެމްކޯއިން ހުޅުމާލެ ފޭސް 1 ގައި ހުންނަ ޕޮލްކޯ ޓަވަރު ފޮޅައި ސާފުކުރުމުގެ ޚިދުމަތް ފޯރުކޮށްދޭނެއެވެ. މިއީ ވެމްކޯއިން ފޯރުކޮށްދޭ 'ހޮބާ' ޚިދުމަތުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.
ވެމްކޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަދި ޕޮލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރއެވެ. މި އެއްބަސްވުމުގެ ސަބަބުން ޕޮލްކޯގެ މައި އޮފީސް ޢިމާރާތް ސާފުތާހިރުކޮށް ބެލެހެއްޓުމަށް ފަސޭހަވެގެންދާނެ ކަމަށް ބެލެވެއެވެ.
ވެމްކޯގެ 'ހޮބާ' ޚިދުމަތަކީ އޮފީސް އިމާރާތްތަކާއި ވިޔަފާރި ތަންތަން ފޮޅައި ސާފުކުރުމަށް ޚާއްޞަކޮށްގެން ތަޢާރަފުކޮށްފައިވާ ޚިދުމަތެކެވެ.









