Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ހުޅުމާލެ ފަޅުތެރެއަށް ކުނި ޖަމާވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އެޗްޑީސީން ކަމާބެހޭ އިދާރާތަކާ މަޝްވަރާކޮށްފި

ހުޅުމާލެ ފަޅުތެރެއަށް ކުނި ޖަމާވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އެޗްޑީސީން ކަމާބެހޭ އިދާރާތަކާ މަޝްވަރާކޮށްފި

އައިޝަތު ރުވާ ރިފްޢަތު
48 ދުވަސް ކުރިން - 18 ޖޫން 2026 16:32
ކުނި ޖަމާވުމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ކުރިއަށްދިޔަ ބައްދަލުވުމުގެ ތެރެއިން. / ފޮޓޯ: އެޗްޑީސީ
ކުނި ޖަމާވުމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ކުރިއަށްދިޔަ ބައްދަލުވުމުގެ ތެރެއިން. / ފޮޓޯ: އެޗްޑީސީ
ޚުލާސާ

މި ބައްދަލުވުމުގައި އެޗްޑީސީގެ އިތުރުން ވެމްކޯ، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ، އީޕީއޭ އަދި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި. ފަހަކަށް އައިސް ހުޅުމާލޭ ފަޅުތެރެއަށް ގިނަ އަދަދެއްގެ ޕްލާސްޓިކާއި އެހެނިހެން ކުނި ޖަމާވަމުންދާތީ، އެ ސަރަހައްދު ބޭނުންކުރާ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހުޅުމާލޭގެ ފަޅުތެރެއަށް ގިނަ އަދަދެއްގެ ކުނި ޖަމާވަމުންދާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިސްނަގައިގެން ކަމާބެހޭ މުއައްސަސާތަކާއެކު މުހިންމު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި އެޗްޑީސީގެ އިތުރުން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރުއޭ)، އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަދި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ ހުޅުމާލެ ފަޅުތެރެއަށް ކުނި އެޅޭ މައްސަލަ ހުއްޓުވުމަށާއި، މިހާރު ޖަމާވެފައިވާ ކުނިތައް ނައްތާލުމުގައި އިދާރާތައް ގުޅިގެން މަސައްކަތް ކުރާނެ އުސޫލުތަކެއް ކަނޑައެޅުމެވެ. ހާއްސަކޮށް ފަޅުތެރެއަށް ކުނި އެޅެން ދިމާވާ ސަބަބުތައް ދެނެގަނެ، އެކަން ތަކުރާރު ނުވާނެ ފަދަ ދާއިމީ ނިޒާމެއް ގާއިމުކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ.

Advertisement

Advertisement 1

ފަހަކަށް އައިސް ހުޅުމާލޭ ފަޅުތެރެއަށް ގިނަ އަދަދެއްގެ ޕްލާސްޓިކާއި އެހެނިހެން ކުނި ޖަމާވަމުންދާތީ، އެ ސަރަހައްދު ބޭނުންކުރާ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިކަމުގެ ސަބަބުން ކަނޑުގެ ދިރުންތަކަށް ނުރައްކާވެ، ސަރަހައްދުގެ ރީތިކަން ގެއްލި، ނުބައިވަސް ދުވުމުގެ މައްސަލަ ވެސް ވަނީ ކުރިމަތިވެފައެވެ.

އެޗްޑީސީން ބުނީ، ކަމާބެހޭ ހުރިހާ މުއައްސަސާތަކެއް ގުޅިގެން މި މައްސަލައަށް އަވަސް އަދި ހަރުދަނާ ހައްލެއް ހޯދުމަށް މިހާރު މަސައްކަތްތަކެއް ފެށިފައިވާ ކަމަށެވެ. އަދި ތިމާވެށި ރައްކާތެރިކުރުމަކީ އެ ކޯޕަރޭޝަނުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށްވެސް އެޗްޑީސީން ފާހަގަކުރެއެވެ.

އެޗްޑީސީވެމްކޯޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރުއޭ)މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީހުޅުމާލެ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މާލެ ސަރަޙައްދުގެ ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަށް ހުޅުމާލެއާއި ގުޅިފަޅުގައި ބޮޑު ދެ މަޝްރޫޢެއް ފަށަނީ

ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަށް ހުޅުމާލެއާއި ގުޅިފަޅުގައި ބޮޑު ދެމަޝްރޫޢެއް ފަށަނީ

14 ގަޑިއިރު ކުރިން - 11:49

މޫސުން ގޯސްވުމުގެ ސަބަބުން އެހީތެރިކަން ބޭނުންވާ ފަރާތްތައް 1516 އަށް ގުޅުއްވުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

މޫސުން ގޯސްވެެ އެހީތެރިކަން ބޭނުންވާ ފަރާތްތައް 1516އަށް ގުޅުއްވުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

5 ދުވަސް ކުރިން - 14:51

ހުޅުމާލޭގައި ބާއްވާ މިނިވަން ދުވަހުގެ ޚާއްޞަ ކާނިވަލް އަންނަ ހުކުރު ދުވަހު ފަށަނީ

ހުޅުމާލޭގައި ބާއްވާ މިނިވަން ދުވަހުގެ ޚާއްޞަ ކާނިވަލް އަންނަ ހުކުރު ދުވަހު

13 ދުވަސް ކުރިން - 14:28

މިނިވަން ދުވަހާއި އެޗްޑީސީގެ ރިހި ޔޫބިލް ފާހަގަކުރުމަށް ހުޅުމާލޭގައި "ސައްބީސް ކާނިވަލް" ބާއްވަނީ

މިނިވަން ދުވަހާއި އެޗްޑީސީގެ ރިހިޔޫބިލް ފާހަގަކުރުމަށް ހުޅުމާލޭގައި ސައްބީސް ކާނިވަލް" ބާއްވަނީ

14 ދުވަސް ކުރިން - 16:09

ވެއިޓަރު މަރާލި މައްސަލަ: ކައްކާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ވެއިޓަރު މަރާލި މައްސަލަ: ކައްކާގެ މައްޗަށް ކުށް ސާބިތުވެއްޖެ

18 ދުވަސް ކުރިން - 19:54

ގާނޫނާ އެއްގޮތަށް، އަމިއްލަ އިސްނެގުމުގައި މައުލޫމާތު އާންމުކުރި ފުރަތަމަ އެސްއޯއީއަކަށް އެޗްޑީސީ

ގާނޫނާ އެއްގޮތަށް، އަމިއްލަ އިސްނެގުމުގައި މައުލޫމާތު އާންމުކުރި ފުރަތަމަ އެސްއޯއީއަކަށް އެޗްޑީސީ

37 ދުވަސް ކުރިން - 22:44