މާދަން މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑާލުމަށް ހަމަޖެހިފައިވާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ.

މާދަން ހެނދުނު 6:00 އާއި 6:30 އާ ދެމެދު އަދި 9:45 އާއި 10:15 އާ ދެމެދު މާފަންނު، މައްޗަންގޯޅި އަދި ގަލޮޅު ސަރަޙައްދުތަކުން ކަރަންޓު ކެނޑިގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.

ސްޓެލްކޯއިން އިތުރަށް ހާމަކުރި ގޮތުގައި، ކަރަންޓު ކެނޑޭނީ މާލޭގެ މީޑިއަމް ވޯލްޓޭޖް ޑިސްޓްރިބިއުޝަން ގްރިޑް ނެޓްވޯކުގެ ކެޕޭސިޓީ އިތުރުކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ މުހިންމު މަސައްކަތެއް ކުރުމަށް ކަމަށެވެ. މި މަސައްކަތުގެ ސަބަބުން މާލޭގެ ކަރަންޓު ވިއުގައިގެ ޚިދުމަތް އިތުރަށް ރަނގަޅުވެ، ކަރަންޓުގެ ޚިދުމަތް އިތުރަށް ފުޅާވެގެންދާނެ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.