Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް 13 ރަށެއްގައި ސޯލާ ޕީވީ ނިޒާމު ގާއިމުކުރަނީ

ފާތިމަތު އަނަން މުހައްމަދު
ފާތިމަތު އަނަން މުހައްމަދު
21 ގަޑިއިރު ކުރިން - 27 އޮކްޓޫބަރު 2026 16:26
ޗައިނާގެ ސައިނޯ ސޯ ހައިބްރިޑް (ބެއިޖިންގ) ޓެކްނޮލޮޖީ ކޯ ލިމިޓެޑާއެކު ޕަވަރ ޕާޗޭސް އެގްރީމަންޓް (ޕީޕީއޭ) ގައި ސޮއިކުރުން | ފޮޓޯ: ސްޓެލްކޯ
ޗައިނާގެ ސައިނޯ ސޯ ހައިބްރިޑް (ބެއިޖިންގ) ޓެކްނޮލޮޖީ ކޯ ލިމިޓެޑާއެކު ޕަވަރ ޕާޗޭސް އެގްރީމަންޓް (ޕީޕީއޭ) ގައި ސޮއިކުރުން | ފޮޓޯ: ސްޓެލްކޯ
ޚުލާސާ

ދެ ލޮޓަކަށް ބަހާލައިގެން ކުރިއަށްދާ މި މަޝްރޫއުގެ ދަށުން ޖުމްލަ 15 މެގަވޯޓުގެ ސޯލާ ހަކަތަ އުފެއްދުމަށް ހަމަޖެހިފައިވޭ. މި މަޝްރޫއުގެ ސަބަބުން އިންޖީނުގެތަކުން ތެޔޮ އެންދުން މަދުވެ، ދައުލަތުން ތެލަށް ކުރާ ހޭދައާއި ޖައްވަށް ދޫކުރާ ކާބަންގެ މިންވަރު ނުހަނު ބޮޑަށް ދަށްވެގެންދާނެ.

މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން އިސްނަގައިގެން ކުރިއަށްގެންދާ "އެކްސެލެރޭޓިންގ ރިނިއުވަބަލް އެނަރޖީ އިންޓެގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނަރޖީ" (އެރައިޒް) މަޝްރޫއުގެ ދަށުން، ގްރިޑް-ޓައިޑް ސޯލާ ޕީވީ ނިޒާމުތައް ގާއިމުކުރުމަށްޓަކައި ޗައިނާގެ ސައިނޯ ސޯ ހައިބްރިޑް (ބެއިޖިންގ) ޓެކްނޮލޮޖީ ކޯ ލިމިޓެޑާއެކު ޕަވަރ ޕާޗޭސް އެގްރީމަންޓް (ޕީޕީއޭ) ގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ 13 ރަށެއްގައި އިއާދަކުރަނިވި ހަކަތައިގެ ނިޒާމު ފަރުމާކޮށް، ބިނާކުރުމާއި، ފައިނޭންސްކުރުމުގެ އިތުރުން ހިންގައި ބެލެހެއްޓުމުގެ މަސައްކަތް ކުރިއަށްދާނީ ދެ ލޮޓަކަށް ބަހާލައިގެންނެވެ.

މަޝްރޫއު ކުރިއަށްދާނެ ރަށްތައް:

Advertisement

Advertisement 1
  1. ލޮޓް 1: ލ. ހިތަދޫ، ލ. ކުނަހަންދޫ، ލ. މާބައިދޫ، ލ. މާމެންދޫ، ލ. މާވަަށް އަދި ލ. ދަނބިދޫ
  2. ލޮޓް 2: ލ. އިސްދޫ، ލ. ކަލައިދޫ، ލ. ފޮނަދޫ، ލ. ގަން، ޅ. ނައިފަރު، ގއ. ވިލިނގިލި އަދި ށ. ފުނަދޫ

ޖުމްލަ 15 މެގަވޯޓުގެ ސޯލާ ހަކަތަ އުފެއްދުމަށް ހަމަޖެހިފައިވާ މި މަޝްރޫއަކީ ކަރަންޓު އުފެއްދުމަށްޓަކައި ރާއްޖޭގައި ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ދެމެހެއްޓެނިވި އަދި ތިމާވެއްޓާ ރައްޓެހި ހަކަތަ ރަށްރަށަށް ފޯރުކޮށްދިނުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ. މިއީ ވޯލްޑް ބޭންކް އާއި، ކްލައިމެޓް ޓެކްނޮލޮޖީ ފަންޑު (ސީޓީއެފް) އަދި އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކު (އޭއައިއައިބީ) ގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ މަޝްރޫއެކެވެ.

މި ސޯލާ ޕީވީ ނިޒާމުތައް ގާއިމުކުރެވުމުން، ރަށްރަށުގެ އިންޖީނުގެތަކުން ތެޔޮ އެންދުން މަދުވެ، ދައުލަތުން ތެލަށް ކުރާ ހޭދައިން ބޮޑު ބައެއް ސަލާމަތްވެގެންދާނެއެވެ. އަދި ޖައްވަށް ދޫކުރާ ކާބަންގެ މިންވަރު ނުހަނު ބޮޑަށް ދަށްކުރެވި، ސަރުކާރުގެ އަމާޒުކަމުގައިވާ އިއާދަކުރަނިވި ހަކަތައިގެ މިންވަރު އިތުރުކުރުމުގެ ލަނޑުދަނޑިތަކަށް ވާސިލުވުމަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ.

ސްޓެލްކޯމޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

މޯލްޑިވްސް ފައިނޭންސް ފޯރަމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މޯލްޑިވްސް ފައިނޭންސް ފޯރަމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

7 ދުވަސް ކުރިން - 13:23

ކާބަން ވިއްކުމާ ބެހޭ ގަވާއިދުގެ ފުރަތަމަ ޑްރާފްޓް ނިމިއްޖެ: މިނިސްޓަރު

ކާބަން ވިއްކުމާ ބެހޭ ގަވާއިދުގެ ފުރަތަމަ ޑްރާފްޓް ނިމިއްޖެ: މިނިސްޓަރު

8 ދުވަސް ކުރިން - 11:50

ރަށްގިރުމުގެ މައްސަލައަށް ދާއިމީ ހައްލު ހޯދަން ސަރުކާރުން މަސައްކަތް ފަށައިފި

ރަށްގިރުމުގެ މައްސަލައަށް ދާއިމީ ހައްލު ހޯދަން ސަރުކާރުން މަސައްކަތް ފަށައިފި

9 ދުވަސް ކުރިން - 23:32

ފެނަކައިގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރަކަށް އަޒުވަރު އަދި ޑިރެކްޓަރަކަށް އިބްރާހިމް ނިޒާމް

ފެނަކައިގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރަކަށް އަޒުވަރު އަދި ޑިރެކްޓަރަކަށް އިބްރާހިމް ނިޒާމް

12 ދުވަސް ކުރިން - 14:58

މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ރާއްޖެއަށް ބޭނުންވާ މާލީ އެހީތެރިކަމާ ގުޅޭގޮތުން މަޝްވަރާކޮށްފި

މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ރާއްޖެއަށް ބޭނުންވާ މާލީ އެހީތެރިކަމާ ގުޅޭގޮތުން މަޝްވަރާކޮށްފި

13 ދުވަސް ކުރިން - 12:11

ފެނަކަ އަދި އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރުން މަގާމުން ވަކިކޮށްފި

ފެނަކަ އަދި އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރުން މަގާމުން ވަކިކޮށްފި

13 ދުވަސް ކުރިން - 10:03