އޯޓިޒަމް ފަދަ ބަލިތައް ދެނެގަތުމަށް ޚާއްސަ ރާއްޖޭގެ ފުރަތަމަ ޑިވެލޮޕްމަންޓް ޕީޑިއެޓްރީޝަން ޑރ. އައިމިނަތު ފަޒުނާ ބަލި މީހުން ބައްލަވަން ފައްޓަވައިފިއެވެ.
ޑރ. ފަޒުނާ ކިޔަވާ ވިދާޅުވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެން ބަލި މީހުން ބައްލަވަން ފައްޓަވާފައިވަނީ އައިޖީއެމްއެޗްގައި ކަމަށް އެ ހޮސްޕިޓަލުން މިއަދު ވަނީ ހާމަކޮށްފައެވެ.
އައިޖީއެމްއެޗުން ބުނީ ޑރ. ފަޒުނާ ޚާއްސަވަނީ ކުޑަކުދިންގެ ކިބައިން ހުންނަ އޯޓިޒަމްއާއި އޭޑީއެޗްޑީ ފަދަ ބަލިތައް ދެނެގަތުމުގެ ދާއިރާއިން ކަމަށެވެ. އަދި ކުޑަކުދިންގެ ކިބައިގައި ހުންނަ އޯޓިޒަމް އަދި އޭޑީއެޗްޑީ ފަދަ ބަލިތައް ދެނެގަންނަން ހަދާ 'ބެލޭ-4' އާއި އޭޑީއޯއެސް-2' ފަދަ އެސެސްމަންޓްތައް ހެދުމުގެ ހުނަރު އޭނާއަށް ލިބިފައިވާ ކަމަށް އައިޖީއެމްއެޗް އިން ބުންޏެވެ.
ޑރ. ފަޒުނާ ތަޢުލީމް ޙާސިލްކުރައްވާފައިވަނީ މެލޭޝިއާގެ ނެޝަނަލް ޔުނިވަރސިޓީންނާއި އެމެރިކާގެ ޔުނިވަރސިޓީ އޮފް ކެލިފޯނިއާއިންނެވެ.









