Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ހިމަބިއްސަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗްގައި ޚާއްޞަ ޑެސްކެއް ގާއިމްކޮށްފި

ހިމަބިއްސަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗްގައި ޚާއްޞަ ޑެސްކެއް ގާއިމްކޮށްފި

ހުސައިން އިސްމާއިލް
50 ދުވަސް ކުރިން - 23 މެއި 2026 23:08
އައިޖީއެމްއެޗް ހޮސްޕިޓަލް. / ފޮޓޯ: ޚުލާސާ
އައިޖީއެމްއެޗް ހޮސްޕިޓަލް. / ފޮޓޯ: ޚުލާސާ
ޚުލާސާ

ހިމަބިހީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އައިޖީއެމް ހޮސްޕިޓަލުން އިލްތިމާސްކުރޭ. އަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހި ޖެހިފައިވާ 7 މީހަކު ވަނީ ފެނިފައި.

މިދުވަސްވަރު ރާއްޖޭގައި ހިމަބިހީގެ ކޭސްތައް ފެންނަ މިންވަރު އިތުރުވަމުންދާތީ، އެ ބަލީގެ އަލާމާތްތައް ފެންނަ މީހުންނަށް ފަރުވާ ދިނުމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ޚާއްޞަ މޭޒެއް ގާއިމުކޮށް ޚިދުމަތް ދޭން ފަށައިފިއެވެ.

އައިޖީއެމްއެޗުން މީސްމީޑިޔާގައި ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި ޚާއްޞަ މޭޒު ގާއިމުކޮށްފައިވަނީ އެ ހޮސްޕިޓަލުގެ ބޮޑެތި މީހުންގެ ކުއްލި ފަރުވާދޭ ބައިގެ (އީއާރު) އެމްބިޔުލަންސް ޕޯޓިކޯ ކައިރީގައެވެ. މި މޭޒުން ކޮންމެ ދުވަހަކުވެސް ހެނދުނު 8:00 އިން ރޭނގަޑު 23:00 އާ ހަމައަށް ޚިދުމަތް ލިބޭނެ ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ.

ހިމަބިހީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އިލްތިމާސްކުރައްވަމުން، އައިޖީއެމްއެޗުން ވަނީ ހޮސްޕިޓަލަށް ދާއިރު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާސްކް އެޅުމަށާއި، ވީހާވެސް މަދު ބަޔަކާއެކު ހޮސްޕިޓަލަށް ދިއުމަށް އެދިފައެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް އެ ހޮސްޕިޓަލުގެ ނަންބަރު 3335335 އަށް ގުޅުއްވުމަށްވެސް ވަނީ އެދިފައެވެ.

Advertisement

Advertisement 1

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހި ޖެހިފައިވާ 7 މީހަކު ވަނީ ފެނިފައެވެ. އަދި މި ބަލި ޖެހުނު މީހުންނާ ކޮންޓެކްޓްވި 74 އަށްވުރެ ގިނަ މީހުން މިހާތަނަށް ފާހަގަކުރެވިފައިވާ ކަމަށްވެސް އެ އެޖެންސީން މައުލޫމާތުދެއެވެ.

ހިމަބިހީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި، ކެއްސުމާއި، ލޯ ރަތްވުމުގެ އިތުރުން ހަށިގަނޑުގައި ރަތް ބިހިތަކެއް ނެގުން ހިމެނެއެވެ. އެޗްޕީއޭއިން ވިދާޅުވީ، މިއީ ނޭވާލާ ނިޒާމުގެ ތެރެއިން ވަރަށް ފަސޭހައިން ފެތުރޭ ބައްޔެއް ކަމަށާއި، ހަށިގަނޑުން ބިހިތައް ފެނުމުގެ 4 ދުވަސް ކުރިންނާއި 4 ދުވަސް ފަހުންވެސް ބަލި ފެތުރުމުގެ ފުރުސަތު އޮންނަ ކަމަށެވެ.

އައިޖީއެމްއެޗް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އައިޖީއެމްއެޗް އޯޕީޑީ ސަރަހައްދުގައި ސްޓޭޓްފާމާގެ ފުރަތަމަ ފާމަސީ ހުޅުވައިފި

އައިޖީއެމްއެޗްގައި ސްޓޭޓްފާމާގެ ފުރަތަމަ ފާމަސީ ހުޅުވައިފި

53 ދުވަސް ކުރިން - 13:35

ދިގުރަށު އަލިފާނުގެ ހާދިސާގައި މަރުވި ދެ ބިދޭސީއެއްގެ ހަށިގަނޑު ބަނގުލަދޭޝަށް ގެންދަނީ

އަލިފާނުގައި މަރުވި 2ބިދޭސީއެއްގެ ހަށިގަނޑު ގައުމަށް ފޮނުވާލަނީ

119 ދުވަސް ކުރިން - 15:42

ނިއުރޯ ސާޖަރީއާ ގުޅޭ އާ ހިދުމަތެއް އައިޖީއެމްއެޗްގައި ފަށައިފި

ނިއުރޯ ސާޖަރީއާ ގުޅޭ އާ ހިދުމަތެއް އައިޖީއެމްއެޗްގައި

126 ދުވަސް ކުރިން - 14:00

ނެޝަނަލް ސެންޓާފޯ ނިއުރޯސައިންސް އެންޑް ސްޓްރޯކް އިފްތިތާހު ކޮށްފި

ނެޝަނަލް ސެންޓާފޯ ނިއުރޯސައިންސް އެންޑް ސްޓްރޯކް އިފްތިތާހުކޮށްފި

152 ދުވަސް ކުރިން - 19:46

މާލޭ ހިޔާ ފްލެޓުން ވެއްޓުނު މީހާ އޮތީ ވެންޓިލޭޓަރުގައި، ހާލަތު އަންނަނީ ރަނގަޅުވަމުން

މާލޭހިޔާ ފްލެޓުން ވެއްޓުނު މީހާ އޮތީ ވެންޓިލޭޓަރުގައި

156 ދުވަސް ކުރިން - 20:40

އަތޮޅުތެރޭގެ ފުރަތަމަ ސަރުކާރު އައިނު ފިހާރަ އައްޑޫގައި ހުޅުވަނީ

ސަރުކާރު އައިނު ފިހާރަ އައްޑޫގައި ހުޅުވަނީ

161 ދުވަސް ކުރިން - 21:30