Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އައިޖީއެމްއެޗް އޯޕީޑީ ސަރަހައްދުގައި ސްޓޭޓްފާމާގެ ފުރަތަމަ ފާމަސީ ހުޅުވައިފި

އައިޖީއެމްއެޗް އޯޕީޑީ ސަރަހައްދުގައި ސްޓޭޓްފާމާގެ ފުރަތަމަ ފާމަސީ ހުޅުވައިފި

އައިޝަތު ރުވާ ރިފްޢަތު
101 ދުވަސް ކުރިން - 20 މެއި 2026 13:35
މިއަދު ހުޅުވިގެންދިޔަ ސްޓޭޓް ފާމާގެ ފުރަތަމަ ފާމަސީ / ފޮޓޯ: ސްޓޭޓް ފާމާ
މިއަދު ހުޅުވިގެންދިޔަ ސްޓޭޓް ފާމާގެ ފުރަތަމަ ފާމަސީ / ފޮޓޯ: ސްޓޭޓް ފާމާ
ޚުލާސާ

ސްޓޭޓްފާމާގެ މައިގަނޑު އެއް އަމާޒަކީ "ކޮންމެ ރަށަކަށް، ކޮންމެ ރައްޔިތަކަށް" މި ޝިއާރުގެ ދަށުން، ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ކޮންމެ ރަށަކަށްވެސް ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުން.

ރައްޔިތުންނަށް ފޯރުކޮށްދޭ ސިއްޙީ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، "ސްޓޭޓްފާމާ އައިޖީއެމްއެޗް ފާމަސީ" ގެ ނަމުގައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ އޯޕީޑީ ސަރަހައްދުގައި އައު ފާމަސީއެއް މިއަދު ހުޅުވައިފިއެވެ.

މިއީ ސްޓޭޓްފާމާ ކުންފުނީގެ ދަށުން ހުޅުވުނު ފުރަތަމަ ފާމަސީއެވެ. މި ފާމަސީ ހުޅުވުމުގެ މައިގަނޑު މަގުސަދަކީ ފެންވަރު ރަނގަޅު ބޭހާއި ސިއްޙީ އާލާތްތައް ރައްޔިތުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ. މިއީ އެ ކުންފުނިން ރައްޔިތުންނަށް ދޭ ހިދުމަތްތައް ތަރައްގީކުރުމަށް ކުރަމުންދާ މަސައްކަތުގައި ހާސިލުކުރެވުނު މުހިންމު ކުރިއެރުމެއްގެ ގޮތުގައި އެ ކުންފުނިން ސިފަކުރެއެވެ.

Advertisement

Advertisement 1

ސްޓޭޓް ފާމާގެ ފުރަތަމަ ފާމަސީ ހުޅުވާފައިވަނީ ސްޓޭޓް ފާމާގެ ޗެއާމަން އަބްދުލްރައްޒާގް ހަލީމް އަދި އެ ކުންފުނީގެ ސީއީއޯ ޑރ. ޝާހް މާހިރު. / ފޮޓޯ: ސްޓޭޓް ފާމާ

ބޭސްފަރުވާގެ ހިދުމަތްތައް ރައްޔިތުންނަށް އެއްވެސް ދަތިކަމެއް ނެތި، ކޮންމެ ވަގުތަކުވެސް ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށްޓަކައި، މި ފާމަސީއަކީ 24 ގަޑިއިރު ހިދުމަތްދޭ ތަނެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. މި ފާމަސީން ބޭސް ސިޓީތަކަށް ބޭސް ދޫކުރުމާއި، އާންމުކޮށް ވިއްކާ ބޭސްތައް ލިބުމުގެ އިތުރުން، ރާއްޖެއިން ބޭރުން ބޭސް ހޯދައިދިނުމުގެ ހާއްސަ އިންތިޒާމުތަކެއްވެސް ވަނީ ގާއިމުކޮށްފައެވެ. މި ނިޒާމުގެ ދަށުން ރާއްޖޭގެ ބާޒާރުން ލިބެން ނެތް ބޭސްތައް ބޭރުގެ މާކެޓްތަކުން ހޯދައި ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް އެ ކުންފުނިން ކުރިއަށް ގެންދާނެއެވެ.

މީގެ އިތުރުން، އައިޖީއެމްއެޗްއާ ގުޅިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭ ބަލިމީހުންނަށް (އިންޕޭޝަންޓުންނަށް) ބޭނުންވާ ބޭހާއި ސިއްހީ އާލާތްތައް ސީދާގޮތެއްގައި ފޯރުކޮށްދިނުމުގެ ހިދުމަތް ފެށުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ވަމުންނެވެ.

ސްޓޭޓްފާމާގެ މައިގަނޑު އެއް އަމާޒަކީ "ކޮންމެ ރަށަކަށް، ކޮންމެ ރައްޔިތަކަށް" މި ޝިއާރުގެ ދަށުން، ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ކޮންމެ ރަށަކަށްވެސް ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ. ރައްޔިތުންގެ ތަކުލީފުތަކަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި 24 ގަޑިއިރު ހިދުމަތްދޭ ހޮޓްލައިނެއް ގާއިމުކުރުމުގެ އިތުރުން، 2026 އޭޕްރިލް 01 އިން ފެށިގެން "ސްޓޭޓްފާމާ ޕޯޓަލް" މެދުވެރިކޮށް ކޮންމެ ރައްޔިތަކަށްވެސް ފަސޭހަކަމާއެކު ޚިދުމަތްތަކަށް އެދުމުގެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.

އައިޖީއެމްއެޗް ސަރަހައްދުގައި މި ހުޅުވުނު އައު ފާމަސީ މެދުވެރިކޮށް ބޭސް ސިޓީ ހުށަހެޅޭނެ އިންތިޒާމު ހަމަޖެހިގެން ދިޔުމަކީ، ރައްޔިތުންނަށް ބޭސް ހޯދުމުގައި ކުރިމަތިވާ ދަތިތަކަށް ލުއިފަސޭހަކަމެއް ލިބިގެންދާނެ މުހިންމު ފިޔަވަޅެއް ކަމަށް ސްޓޭޓްފާމާ އިން ގަބޫލުކުރެއެވެ.

އައިޖީއެމްއެޗްސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ކައުންސިލްތަކާއެކު ބާއްވާ ސިލްސިލާ ބައްދަލުވުންތައް: ސްޓޭޓްފާމާ އާއި ދިއްގަރު ކައުންސިލްގެ ބައްދަލުވުން ބާއްވައިފި

ސްޓޭޓްފާމާ އާއި ދިއްގަރު ކައުންސިލްގެ ބައްދަލުވުން ބާއްވައިފި

12 ދުވަސް ކުރިން - 12:59

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބޭސް ގުދަންތައް ހަދަނީ!

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބޭސް ގުދަންތައް ހަދަނީ!

24 ދުވަސް ކުރިން - 12:00

ރޮބޮޓް ބޭނުންކޮށްގެން އޮޕަރޭޝަން ކުރަން އައިޖީއެމްއެޗުން ތައްޔާރުވެއްޖެ

ރޮބޮޓް ބޭނުންކޮށްގެން އޮޕަރޭޝަން ކުރަން އައިޖީއެމްއެޗުން ތައްޔާރުވެއްޖެ

30 ދުވަސް ކުރިން - 10:53

އެސްޓީއޯގެ ހުރިހާ ފާމަސީއެއް "ސްޓޭޓްފާމާ" އަށް ބަދަލުކޮށް، ހިދުމަތް ދޭން ފަށައިފި

އެސްޓީއޯގެ ހުރިހާ ފާމަސީއެއް "ސްޓޭޓްފާމާ" އަށް ބަދަލުކޮށް، ހިދުމަތް ދޭން ފަށައިފި

59 ދުވަސް ކުރިން - 12:48

ދެ މަސްތެރޭ ބޭހުގެ މައްސަލައަށް ބޮޑު ހައްލެއް ގެނެވޭނެ: ރައީސް

"ދެ މަސްތެރޭ ބޭހުގެ މައްސަލައަށް ހައްލެއް ލިބޭނެ"

97 ދުވަސް ކުރިން - 11:01

ހިމަބިއްސަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗްގައި ޚާއްޞަ ޑެސްކެއް ގާއިމްކޮށްފި

ހިމަބިއްސަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗްގައި ޚާއްޞަ ޑެސްކެއް!

98 ދުވަސް ކުރިން - 23:08