ވޭތުވެދިޔަ 70 އަހަރުގެ ތެރޭގައި މި ހަރަކާތް ދެމެހެއްޓުމުގައި ބައިވެރިވި ހުރިހާ ސްކައުޓުންނަށް ރައީސް ވަނީ މަރްހްބާއާއި ޝުކުރު އަދާކުރައްވާފަ. އްޖެ ހޯދަމުންދާ ކުރިއެރުންތަކާއި ތަރައްގީއާއެކު، ކުރިމަގުގައި ސްކައުޓް ހަރަކާތް އިތުރަށް ފުޅާކޮށް، ސްކައުޓުންގެ އަދަދު އިތުރުކުރުމަކީ މުހިންމު ކަމެއް ކަމަށް ރައީސް ފާހަގަކުރެއްވި.
139 ދުވަސް ކުރިން - 13:44
މި ޕްރޮގްރާމަކީ އެމެރިކާގެ އެމްބަސީން ރާއްޖޭގެ ތައުލީމީ ދާއިރާ ކުރިއެރުވުމަށް ދެމުންދާ އެހީތެރިކަމުގެ ދަށުން، ހުރިހާ ހަރަދެއް އެމެރިކާ ސަރުކާރުން ބަލަހައްޓާ ގޮތަށް ހުޅުވާލާފައިވާ ފުރުސަތެއްކަށްވާއިރު މި ފަހަރުގެ ޕްރޮގްރާމުގައި ރާއްޖެއަށް ކަނޑައަޅާފައިވަނީ އެއް ފުރުސަތެއްކަން ފާހަގަކޮށްލެވޭ.
139 ދުވަސް ކުރިން - 13:23
މިހާރު 6 ރަށެއްގެ މަޝްރޫތައް މިހާރު އެއްކޮށް ނިމިފައިވާއިރު، އިތުރު 6 ރަށެއްގެ މަސައްކަތްތައް ހަލުވި ދުވެއްޔެއްގައި ކުރިއަށްދާކަން އަފީފް ފާހަގަކުރެއްވި. ރާއްޖޭގެ 35 ރަށެއްގައި ޖުމްލަ 48 މަޝްރޫއެއްގެ މަސައްކަތް މިހާރުވެސް ފެނަކައިން ކުރިއަށް އެބަގެންދޭ.
139 ދުވަސް ކުރިން - 22:18
އިންޑިއާއިން މިހާރު ދަނީ އެ ގައުމަށް އެތެރެވާ މީހުންގެ ތެރެއިން އެބޯލާގެ އަލާމާތްތައް ހުރި ކަމަށް ޝައްކުކުރެވޭ ފަރާތްތައް ސްކްރީން ކުރަމުން. މި ފިޔަވަޅަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި ފެތުރެމުންދާ އެބޯލާ ބައްޔާ ގުޅިގެން. އެޗްޕީއޭއިން ބުނެފައިވަނީ ރާއްޖެއަށް އެބޯލާ އައުމުގެ ފުރުސަތު ކުޑަ ކަމަށް.
139 ދުވަސް ކުރިން - 22:03
އެމްއެންޑީއެފުން ބުނީ މިފަދަ ގިނަ ރިޕޯޓްތަކެއް ދުވާލެއްގެ މައްޗަށް އެ އިދާރާއަށް ލިބެމުންދާ ކަމަށެވެ. އެގޮތުން ބައެއް ފަހަރު ގޭގޭގެ ޓެރަސްގައި މީހުން ބާބަކިއު ހަދާތީ، އޭގެއިން އަރާ ދުން ފެނިގެންވެސް އަލިފާނުގެ ހާދިސާއެއް ކަމަށް ހީކޮށް ރިޕޯޓް ކުރާ ކަމަށް.
140 ދުވަސް ކުރިން - 14:13
މި ހާދިސާ ހިނގާފައިވަނީ ޗާންދަނީ މަގުގައި ހުންނަ މއ. ނަމީބިއާ ގޭގައi.
140 ދުވަސް ކުރިން - 13:46
ޕީއެންސީގެ ގިނަ މެންބަރުންގެ އިތުބާރު ނާޒިމަށް ގެއްލިފައިވާއިރު، އެ ޕާޓީގެ ޕީޖީ ވަޓްސްއެޕް ގުރޫޕުން ވެސް އޭނަ ވަނީ ބޭރުކޮށްލާފަ. އާދިއްތަ ދުވަހު ބާއްވާ ޖަލްސާގައި ނާޒިމަށް ޖަވާބުދާރީވާން 10 މިނެޓު ދޭން ކޮމިޓީން ވަނީ ނިންމާފައި.
140 ދުވަސް ކުރިން - 22:30
އްޖޭގެ ފުޓުބޯޅަ، ފުޓްސަލް އަދި ބީޗް ފުޓުބޯޅަ ތަރައްގީކުރުމުގައި ޖޭ.އެފް.އޭ އަށް ވެދެވިދާނެ އެހީތެރިކަމުގެ އިތުރުން، ދެ ގައުމުގެ އެސޯސިއޭޝަންތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ވާހަކަދެކެވުނު ކަމަށް މަހުލޫފް ވިދާޅުވި.
141 ދުވަސް ކުރިން - 14:17
އެއާބަސް ކުންފުންޏާއެކު ކުރެވުނު މަސައްކަތުން، މިއަހަރުގެ ފަހުކޮޅު ދެވަނަ ބޯޓު ލިބޭނެ ކަމުގެ އުންމީދު ބޮޑުވެފައިވާ ކަމަށް އިޔާސް ވިދާޅުވި. މި މަތިންދާބޯޓާއެކު ރަޝިޔާ އަދި ކޮރެއާ ފަދަ ދުރު މަންޒިލްތަކަށް ސީދާ ދަތުރުތައް ފެށުމަށް އައިލަންޑު އޭވިއޭޝަނުން ދަނީ ތައްޔާރުވަމުން.
141 ދުވަސް ކުރިން - 13:45
ޒަމީރު މިހެން ވިދާޅުވީ ދެ ނޫސްވެރިން މިނިވަންވުމުން، އެކަމުގެ އުފަލުގައި ކޭކު ފަޅައި، އެމީހުންނަކީ ބަތަލުންގެ ގޮތުގައި ސިފަކުރަމުންދާ ދަނޑިވަޅެއްގައި. ނުބައި އަމަލުތައް ކުރާ މީހުންނަށް ބަތަލެއްގެ ލަގަބު ދިނުމަކީ ނުބައިކަމަށް ހިތްވަރުދިނުން ކަމަށާއި، މިއީ މުންކަރާތްތަކަށް ވާގިވެރިވުމުގެ ތެރެއިން ހިމެނޭ ފާފައެއް ކަމަށް ޒަމީރު ސިފަކުރެއްވި.
141 ދުވަސް ކުރިން - 13:27
މިނިސްޓަރު ވަނީ ރައީސްއާ ގުޅޭ ގޮތުން ޝަހުޒާން ދެއްކި ވާހަކަތައް ދޮގު ކޮށްފަ. ރައީސްގެ ފަރާތްޕުޅުން ޖަލުގެ މިފަދަ ކަންކަމާ ގުޅޭގޮތުން އެއްވެސް އިރުޝާދެއް ދުވަހަކުވެސް ދެއްވާފައި ނުވާނެކަން މިނިސްޓަރު ޔަގީންކޮށްދެއްވި. ނޫސްވެރިންނަށް މިކަން ސާފުކޮށްދެއްވި ކަމަށާއި ނަމަވެސް ހަގީގަތް ހާމަކޮށްދީފައި ނުވާތީ މިނިސްޓަރު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި.
141 ދުވަސް ކުރިން - 12:12
މި ދެރަށުގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށްޓަކައި އެ ދެ ރަށަށް ފޮނުވާފައިވަނީ 400 ކިލޯވޯޓުގެ ޖެންސެޓުތަކެއް. މި ޖެންސެޓުތައް އިންސްޓޯލްކޮށް ބޭނުންކުރަން ފެށުމުން، އެ ރަށްރަށުގެ ކަރަންޓުގެ ވިއުގައަށް ދިމާވެފައިވާ ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ.
141 ދުވަސް ކުރިން - 21:56