Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ނާޒިމް ވަކިކުރުމުގެ މައްސަލަ އެޖެންޑާ ކޮށްފި

ހުސައިން އިސްމާއިލް
140 ދުވަސް ކުރިން - 28 މެއި 2026 22:30
މަޖިލިސް ނައިބު ރައީސް އަހްމަދު ނާޒިމް. / ފޮޓޯ: ރައްޔިތުންގެ މަޖިލިސް
މަޖިލިސް ނައިބު ރައީސް އަހްމަދު ނާޒިމް. / ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ޚުލާސާ

ޕީއެންސީގެ ގިނަ މެންބަރުންގެ އިތުބާރު ނާޒިމަށް ގެއްލިފައިވާއިރު، އެ ޕާޓީގެ ޕީޖީ ވަޓްސްއެޕް ގުރޫޕުން ވެސް އޭނަ ވަނީ ބޭރުކޮށްލާފަ. އާދިއްތަ ދުވަހު ބާއްވާ ޖަލްސާގައި ނާޒިމަށް ޖަވާބުދާރީވާން 10 މިނެޓު ދޭން ކޮމިޓީން ވަނީ ނިންމާފައި.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް އެ މަޤާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އާދިއްތަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ށ) ގެ ދަށުން، މަޖިލީހުގެ ނައިބު ރައީސް ކަމުން ނާޒިމް ވަކިކުރުމަށް ހުށަހަޅާފައިވާ ޤަރާރު ވަނީ މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަންކަމުގެ ތެރޭގައި ހިމަނާފައެވެ. މި މައްސަލައިގެ ބަހުސް ކުރިއަށް ގެންދާނެ ގޮތާއި ވަގުތު ކަނޑައެޅުމަށް މަޖިލީހުގެ އާންމު ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ވަނީ ބަހުސަށް ޖުމްލަ 50 މިނިޓު ދިނުމަށް ނިންމާފައެވެ.

މަޖިލީހުގެ ގަވާއިދުގައި މިފަދަ މައްސަލަތަކުގައި ޖަވާބުދާރީވުމަށް ވަކި ވަގުތެއް ކަނޑައަޅާފައި ނުވި ނަމަވެސް، ކޮމިޓީގެ މުގައްރިރު މުޙައްމަދު ޝާހިދު ވިދާޅުވީ ނާޒިމަށް ޖަވާބުދާރީވުމަށް 10 މިނިޓު ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެއީ ބަހުސް ފަށާއިރު 5 މިނިޓު އަދި ބަހުސްގެ މެދުތެރެއިން 5 މިނިޓެވެ. މީގެ އިތުރުން، ބަހުސްގައި ބައިވެރިވާ ކޮންމެ މެންބަރަކަށް 3 މިނިޓުގެ އެއް ފުރުސަތު ދިނުމަށް ވެސް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

Advertisement

Advertisement 1

ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްދާއިރު، ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލަމެންޓްރީ ގުރޫޕުގެ ވަޓްސްއެޕް ގުރޫޕުން މި މަހުގެ 13 ވަނަ ދުވަހު އޭނާ ވަނީ ބޭރުކޮށްލާފައެވެ. ޕީއެންސީގެ ގިނަ މެންބަރުންގެ މެދުގައި ނާޒިމަށް އޮތް އިތުބާރު ގެއްލިފައިވާއިރު، މީގެ ކުރިން އޭނާ އިންނެވި މާލިއްޔަތު ކޮމިޓީއާއި 241 ކޮމިޓީން ވެސް ވަނީ ވަކިކޮށްފައެވެ. ނާޒިމް މިހާރު އިންނަވަނީ އެންވަޔަރްމެންޓް ކޮމިޓީގައެވެ.

ރައްޔިތުންގެ މަޖިލީހުގެ 80 އިންސައްތަ މެންބަރުންގެ ވޯޓާއެކު ނާޒިމް ނައިބު ރައީސް ކަމަށް އިންތިޚާބު ކުރީ 28 މޭ 2024 ގައެވެ. އެ ދުވަހުގެ ވޯޓުގައި ނާޒިމާ ވާދަކުރެއްވި އެމްޑީޕީގެ މަރަދޫ ދާއިރާގެ މެންބަރު އަޙްމަދު ދީދީއަށް ލިބިވަޑައިގަތީ 12 ވޯޓެވެ.

މަޖިލީހުގެ މިއަދުގެ އެޖެންޑާގައިވާ ގޮތުން، އެ ދުވަހުގެ މަސައްކަތްތަކުގެ ތެރެއިން ވޯޓުން ނިންމާ ހިސާބަށް ގޮސްފައިވާ ކަންކަމަށް ވޯޓަށް އެހުމުގެ ވަގުތުގައި މި މައްސަލައާ މެދު ގޮތެއް ނިންމުމަށް ވޯޓަށް އެހުން އޮންނާނެއެވެ.

މަޖިލިސް ނައިބު ރައީސް އަހްމަދު ނާޒިމްރައްޔިތުންގެ މަޖިލިސްޕީއެންސީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނަގައި ބަދަލުދޭން ހުށަހަޅައިފި

ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނަގައި ބަދަލުދޭން ހުށަހަޅައިފި

10 ދުވަސް ކުރިން - 13:22

މަޖިލީހުގެ ރައީސް އައިޕީޔޫ އެސެމްބްލީއަށް ޓެންޒޭނިއާއަށް ފުރާވަޑައިގެންފި

މަޖިލީހުގެ ރައީސް އައިޕީޔޫ އެސެމްބްލީއަށް ޓެންޒޭނިއާއަށް ފުރާވަޑައިގެންފި

12 ދުވަސް ކުރިން - 10:37

ރާއްޖެއާއި ޕާކިސްތާނާ ދެމެދު ގާނޫނު ހަދާ މަޖިލީހުގެ ދާއިރާއިން ގުޅުން ބަދަހިކުރަނީ

23 ދުވަސް ކުރިން - 14:44

މަސްތުވާތަކެތީގެ 'ބޮޑުން' އަތުލައިގަންނަން އިސްލާޙީ ފިޔަވަޅުތަކެއް

މަސްތުވާތަކެތީގެ 'ބޮޑުން' އަތުލައިގަންނަން އިސްލާޙީ ފިޔަވަޅުތަކެއް

26 ދުވަސް ކުރިން - 13:13

1.4 ބިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެ، އައްޑާތައް ބަންދުކުރަނީ

1.4 ބިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެ، އައްޑާތައް ބަންދުކުރަނީ

26 ދުވަސް ކުރިން - 12:36

ގަވާއިދާ ހިލާފަށް އެންމެ ގިނައިން ރަށްރަށަށް ރާ އެތެރެކުރީ ސަފާރީތަކުން

ގަވާއިދާ ހިލާފަށް އެންމެ ގިނައިން ރަށްރަށަށް ރާ އެތެރެކުރީ ސަފާރީތަކުން

26 ދުވަސް ކުރިން - 12:35