Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ގޮއިދޫއަށާއި ނައިވާދޫގެ ކަރަންޓުގެ ހިދުމަތް ރަނގަޅުކުރުމަށް ފޮނުވި ޖެންސެޓުތައް އެ ރަށްރަށަށް ބާލައިފި

ގޮއިދޫއަށާއި ނައިވާދޫގެ ކަރަންޓުގެ ހިދުމަތް ރަނގަޅުކުރުމަށް ފޮނުވި ޖެންސެޓުތައް އެ ރަށްރަށަށް ބާލައިފި

އައިޝަތު ރުވާ ރިފްޢަތު
93 ދުވަސް ކުރިން - 27 މެއި 2026 21:56
ނާވައިދޫއަށް ފޮނުވި ޖެންސެޓު އެރަށަށް ބާލަނީ. / ފޮޓޯ: ފެނަކަ
ނާވައިދޫއަށް ފޮނުވި ޖެންސެޓު އެރަށަށް ބާލަނީ. / ފޮޓޯ: ފެނަކަ
ޚުލާސާ

މި ދެރަށުގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށްޓަކައި އެ ދެ ރަށަށް ފޮނުވާފައިވަނީ 400 ކިލޯވޯޓުގެ ޖެންސެޓުތަކެއް. މި ޖެންސެޓުތައް އިންސްޓޯލްކޮށް ބޭނުންކުރަން ފެށުމުން، އެ ރަށްރަށުގެ ކަރަންޓުގެ ވިއުގައަށް ދިމާވެފައިވާ ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ.

ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގެ ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހދ. ނައިވާދޫ އާއި ށ. ގޮއިދޫއަށް ފޮނުވި އައު ޖެންސެޓުތައް އެ ރަށްރަށަށް ބާލައިފި އެވެ.

ފެނަކަ ކޯޕަރޭޝަނުން މައުލޫމާތު ދޭ ގޮތުގައި، ނައިވާދޫ އަދި ގޮއިދޫގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށްޓަކައި އެ ދެ ރަށަށް ފޮނުވާފައިވަނީ 400 ކިލޯވޯޓުގެ ޖެންސެޓުތަކެކެވެ. މި ޖެންސެޓުތައް މިހާރު ވަނީ އެ ރަށްރަށަށް ގެންގޮސް، އިންޖީނުގެއަށް ބޭލުމުގެ މަސައްކަތް ނިންމާލާފަ އެވެ.

މި ހަފްތާގެ ތެރޭގައި މި ދެ ރަށުގެ އިތުރުން ރ. ރަސްގެތީމާއި، ރ. އިންނަމާދޫ އަދި ފ. މަގޫދޫއަށް ވެސް ވަނީ 400 ކިލޯވޯޓުގެ އައު ޖެންސެޓުތައް ފޮނުވާފައެވެ. މިއީ އެ ރަށްރަށުގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވަމުންދިއުމާ ގުޅިގެން، ހިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމަށް އެޅި މުހިންމު ފިޔަވަޅެކެވެ.

Advertisement

Advertisement 1

ފެނަކަ ކޯޕަރޭޝަނުގެ މާލީ އަދި ހިންގުމުގެ ޙާލަތު ރަނގަޅުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެކެވެ. ރާއްޖޭގެ ރަށްތަކުގައި ދިމާވެފައިވާ ކަރަންޓު ކެނޑުމުގެ މައްސަލައަށް ދާއިމީ އަދި އިތުބާރު ހުރި ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވެވަޑައިގެންފަ އެވެ.

އަލަށް ފޮނުވުނު މި ޖެންސެޓުތައް އިންސްޓޯލްކޮށް ބޭނުންކުރަން ފެށުމުން، އެ ރަށްރަށުގެ ކަރަންޓުގެ ވިއުގައަށް ދިމާވެފައިވާ ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ އެވެ.

ޖެންސެޓުފެނަކަހދ. ނައިވާދޫށ. ގޮއިދޫރ. އިންނަމާދޫފ. މަގޫދޫރ. ރަސްގެތީމު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މަޑުއްވަރީގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވިޔަސް އައު ޖެންސެޓާއެކު ހިފަހައްޓާލެވޭނެ: ފެނަކަ

މަޑުއްވަރީގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވިޔަސް އައު ޖެންސެޓާއެކު ހިފަހައްޓާލެވޭނެ: ފެނަކަ

9 ދުވަސް ކުރިން - 16:10

ހެނބަދޫގައި ފެނަކައިން ތަރައްގީކުރި ކުޑަކުދިންގެ ބަގީޗާ ރަސްމީކޮށް ހުޅުވައިފި

ހެނބަދޫގައި ފެނަކައިން ތަރައްގީކުރި ކުޑަކުދިންގެ ބަގީޗާ ރަސްމީކޮށް ހުޅުވައިފި

20 ދުވަސް ކުރިން - 23:13

ފެނެކައިގެ ޕްރޮމޯޝަންތަކުގެ މައްސަލަ އޭސީސީއާއި ފުލުހަށް ހުށަހަޅަން ފާސްކޮށްފި

ފެނެކައިގެ ޕްރޮމޯޝަންތަކުގެ މައްސަލަ އޭސީސީއާއި ފުލުހަށް ހުށަހަޅަން ފާސްކޮށްފި

26 ދުވަސް ކުރިން - 14:32

ނިމިދިޔަ ސަރުކާރުން ހުޅުދޫ މީދޫގައި އިންޖީނުގެ އަޅަން 185 މިލިއަން ރުފިޔާ ހަރަދުކުރި، ނަމަވެސް އިންޖީނުގެއެއް ނެތް: ޝާހިދު

"އިންޖީނުގެ އަޅަން 185 މިލިއަން ރުފިޔާ ހަރަދުކުރި، ނަމަވެސް އިންޖީނުގެއެއް ނެތް"

31 ދުވަސް ކުރިން - 14:52

ކުޅުދުއްފުށި ސިޓީގެ ކަރަންޓު މައްސަލައަށް ހައްލެއް ހޯދުމަށް 1200 ކިލޯވޮޓުގެ އާ ޖެންސެޓެއް އެ ސިޓީއަށް ބާލައިފި

ކުޅުދުއްފުށީގެ ކަރަންޓު މައްސަލަ ހައްލުކުރުމަށް 1200 ކިލޯވޮޓުގެ އާ ޖެންސެޓެއް ގެންގޮސްފި

46 ދުވަސް ކުރިން - 22:01

ފެނަކައާ ހަވާލުކުރި 217 މަޝްރޫއު ދެ އަހަރު ތެރޭގައި ނިންމަނީ

ފެނަކައާ ހަވާލުކުރި 217 މަޝްރޫއު ދެ އަހަރު ތެރޭގައި ނިންމަނީ

48 ދުވަސް ކުރިން - 23:18