މާލޭގެ ޗާންދަނީ މަގުގައި ހުރި ގެއެއްގައި މިއަދު ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
މި ހާދިސާ ހިނގާފައިވަނީ ޗާންދަނީ މަގުގައި ހުންނަ މއ. ނަމީބިއާ ގޭގައެވެ. މި ހާދިސާގެ ރިޕޯޓް ލިބުމާއެކު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާވިސްއިން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
އެމްއެންޑީއެފް އިން ބުނީ އެ ސަރަހައްދަށް ދިޔައީ ރިޕޯޓެއް ލިބިގެން ކަމަށާއި، ނަމަވެސް މާ ބޮޑު އަލިފާނުގެ ހާދިސާއެއް ނުހިނގާ ކަމަށެވެ.








