Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

ޚަބަރު

މޯލްޑިވިއަންގެ ފްލީޓު ފުޅާކުރުމަށް އިތުރު ދެ އޭޓީއާރު ބޯޓު ގެންނަނީ

މޯލްޑިވިއަންގެ ފްލީޓު ފުޅާކުރުމަށް އިތުރު ދެ އޭޓީއާރު ބޯޓު ގެންނަނީ

މިހާރުވެސް މޯލްޑިވިއަނުން އޭޓީއާރުގެ 5 ބޯޓު ގެނެސް އޮޕަރޭޝަންތަކުގައި ބޭނުންކުރަމުންދޭ. އައިލަންޑް އޭވިއޭޝުން މިހާރު ގެންނަނީ ކުރިއާ ހިލާފަށް ބްރޭންޑް ނިއު މަތިންދާ ބޯޓުތައް. އެއް ބޯޓު މިއަހަރު ފަހުކޮޅު ގެންނަން ހަމަޖެހިފައިވާއިރު އަނެއް ބޯޓު ގެންނަނީ އަންނަ އަހަރުގެ ފަހުކޮޅު.

138 ދުވަސް ކުރިން - 18:23

ފިނޭ ޕޮލިސް ޕޯސްޓުގެ ހުރިހާ މަސައްކަތެއް ނިންމާލައިފި

ފިނޭ ޕޮލިސް ޕޯސްޓުގެ ހުރިހާ މަސައްކަތެއް ނިންމާލައިފި

2.2 މިލިއަން ރުފިޔާ އަށް މި މަސައްކަތް މިދިޔަ އަހަރުގެ އޮގަސްޓު މަސް ތެރޭ ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ. 1،600 އަކަފޫޓުގެ ސަރަހައްދެއްގައި ގާއިމްކުރި މި ޕޯސްޓު ތަރައްގީ ކޮށްފައިވަނީ ޒަމާނީ ފެންވަރެއްގައި.

138 ދުވަސް ކުރިން - 15:02

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް އަޅާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރަނީ

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް އަޅާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރަނީ

ދުންފަތުގެ ސިނާއަތުން ޒުވާނުންނަށް އަމާޒުކޮށްގެން ތަފާތު ރަހަތައް ހިމެނޭ ނިކޮޓިން ޕައުޗުތައް ތައާރަފުކުރުމާއި، އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ކުރިއަށްގެންދާ މާކެޓިން އުކުޅުތަކާމެދު ސަމާލުވާންޖެހޭ ކަމަށް ރައީސް ފާހަގަކުރެއްވި. ދުންފަތުގެ އަގާއި ޓެކްސްގެ ސިޔާސަތުތަކަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ރައީސް ވިދާޅުވި.

138 ދުވަސް ކުރިން - 14:47

ނާޒިމް އިސްތިއުފާ ދެއްވައިފި؛ ނައިބު ރައީސަކު ހޮވުމަށް ބާއްވާ ޖަލްސާ މާދަމާ

ނާޒިމް އިސްތިއުފާ ދެއްވައިފި؛ ނައިބު ރައީސަކު ހޮވުމަށް ބާއްވާ ޖަލްސާ މާދަމާ

ޕީއެންސީގެ މެންބަރުން ހުށަހެޅި އިތުބާރު ނެތްކަމުގެ ގަރާރުގައި ނާޒިމްގެ މައްޗަށް ތުހުމަތުކޮށްފައިވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނެގުމާއި، މަޖިލީހުގެ ތެރޭގައި ފިތުނަ އުފައްދައި މަސްލަހަތު ގެއްލުވާލަން މަސައްކަތް ކުރެއްވި ކަމަށް. ނަމަވެސް ނާޒިމް ވަނީ މި ދައުވާތަކަށް އިންކާރުކޮށްފަ.

138 ދުވަސް ކުރިން - 14:31

ޕީއެންސީ ޕާލިމަންޓްރީ ގްރޫޕަށް ފައިސާ އެއް ނުބަހާ: ޝުޖާއު

ޕީއެންސީ ޕާލިމަންޓްރީ ގްރޫޕަށް ފައިސާ އެއް ނުބަހާ: ޝުޖާއު

އަދަދު ނޫހުގައި ރިޕޯޓުކޮށްފައިވަނީ މެދުކެނޑުމަކަށްފަހު ޕީއެންސީގެ ޕީޖީ ގްރޫޕަށް ދޭ 50،000 ރުފިޔާ މިމަހު ދީފައިވާ ކަމަށް. އެއަށް ރައްދުދެއްވާ ޝުޖާއު ވިދާޅުވީ، ފިތުނަ އުފައްދައިގެން ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕް ރޫޅާނުލެވޭނެ ކަމަށާއި، ޕީއެންސީ މެންބަރުންނަށްވެސް ލިބެނީ އެހެން މެންބަރުންނެކޭ އެއްގޮތަށް މަޖިލީހުގެ މުސާރަ ކަމަށް.

138 ދުވަސް ކުރިން - 00:50

ތޫނު އެއްޗަކުން ހަމަލާދީ ގެމަނަފުށީގައި ބިދޭސީއަކު ޒަހަމްކޮށްލައިފި

ތޫނު އެއްޗަކުން ހަމަލާދީ ގެމަނަފުށީގައި ބިދޭސީއަކު ޒަހަމްކޮށްލައިފި

ބިދޭސީ މީހާ ކަރުގެ ފަސް ތަނަކަށް ހަމަލާ ދީފައިވާ ކަމަށް މައުލޫމާތު ލިބޭ. އަނިޔާ ލިބުނު ބިދޭސީ މީހާ އިތުރު ފަރުވާއަށް ގއ. ވިލިނގިލި ހޮސްޕިޓަލަށް ގެންދިޔުމުގެ މަސައްކަތް ދަނީ ކުރަމުން. މި މައްސަލައިގައި ފުލުހުންގެ ބަހެއް އަދި ނުލިބޭ.

138 ދުވަސް ކުރިން - 00:39

ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ މާލެ ވަޑައިގެންފި

ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ މާލެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރަށް ފުރާވަޑައިގަތީ މި މަހުގެ 25 ވަނަ ދުވަހު. ސިންގަޕޫރަށް ވަޑައިގެންނެވީ އާއިލާއާއެކު ޗުއްޓީއެއް ހޭދަކުރެއްވުމަށް.

138 ދުވަސް ކުރިން - 22:50

އާޓިފިޝަލް ބީޗުގައި ބިދޭސީން މާރާމާރީ ހިންގި މައްސަލަ ފުލުހުން ތަހުގީގު ކުރަނީ

އާޓިފިޝަލް ބީޗުގައި ބިދޭސީން މާރާމާރީ ހިންގި މައްސަލަ ފުލުހުން ތަހުގީގު ކުރަނީ

ވީޑިއޯއިން ފެންނަ ގޮތުގައި، ބިދޭސީންތަކެއްގެ މެދުގައި ހިނގި މި ކުރިމަތިލުމުގައި އެކަކު އަނެކަކަށް ހަމަލާދީ ބޮޑެތި ހަމަނުޖެހުންތަކެއް ވަނީ ހިންގާފަ. ގާނޫނީ އިޖުރާއަތްތަކުގެ ދަށުން މި މައްސަލަ ފުރިހަމައަށް ތަހުގީގުކޮށް، މިކަމުގައި ބައިވެރިވި ފަރާތްތަކާ މެދު އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން.

138 ދުވަސް ކުރިން - 20:48

ނާޒިމް ވަކިކުރަން މާދަމާ ހެނދުނަށް އެޖެންޑާކޮށްފި

ނާޒިމް ވަކިކުރަން މާދަމާ ހެނދުނަށް އެޖެންޑާކޮށްފި

މަޖިލީހުގެ ޤަވާއިދު ބުނާގޮތުން މަޖިލީހުގެ ރައީސް ނުވަތަ ނައިބުރައީސް ވަކިކުރުމުގެ ނޯޓިސް ފޮނުވާތާ 14 ދުވަސް ހަމަވުމަށްފަހު ފުރަތަމަ އަންނަ ރަސްމީ ދުވަހެއްގައި އެ މައްސަލައާމެދު ގޮތެއް ނިންމަން ޖަލްސާއެއް ބާއްވަން ޖެހޭ.

139 ދުވަސް ކުރިން - 18:38

އަޟުހާ އީދުގެ އުފަލުގައި މިރޭ ވިލިމާލޭ ސަރަހައްދުގައި ކުލަގަދަ ހަވާއެރުވުމެއް!

އަޟުހާ އީދުގެ އުފަލުގައި މިރޭ ވިލިމާލޭ ސަރަހައްދުގައި ކުލަގަދަ ހަވާއެރުވުމެއް!

ގާތްގަނޑަކަށް ފަސް މިނެޓުގެ ވަގުތަކަށް ދެމިގެންދާ މި ހަރަކާތަކީ، އީދުގެ އުފާވެރިކަން ރައްޔިތުންނަށް އިތުރަށް ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ ހާއްސަ ހަރަކާތެއްކަމަށްކަމަށްވާއިރު މި ހަވާއެރުވުން އޮންނާނީ މިރޭ 21:15 އާއި 21:45 އާ ދެމެދުގައި.

139 ދުވަސް ކުރިން - 17:51

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އަފަލާހުގެ މައްޗަށް ދައުވާ އުފުލައިފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އަފަލާހުގެ މައްޗަށް ދައުވާ އުފުލައިފި

އަފްލާހުގެ މައްޗަށް ތުހުމަތު ކުރެވެނީ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ، ކުޑަކުއްޖެއްގެ އުމުރުން 14 އަހަރުން ފެށިގެން 16 އަހަރާ ދެމެދު ތަކުރާރުކޮށް އެކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށް ފީޖީ އޮފީހުން ފާހަގަކުރި.

139 ދުވަސް ކުރިން - 17:47

ދަރަނިތައް އެންމެ ބޮޑުވެގެންދިޔައީ އެމްޑީޕީގެ ސަރުކާރުތަކުގައި: ހަމްދާން

ދަރަނިތައް އެންމެ ބޮޑުވެގެންދިޔައީ އެމްޑީޕީގެ ސަރުކާރުތަކުގައި: ހަމްދާން

ހަމްދާން ވިދާޅުވި ގޮތުގައި އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި، ދަރަނި ޖީޑީޕީގެ ނިސްބަތުން 55 އިންސައްތައިގައި އޮއްވައި 97 އިންސައްތައަށްވުރެ މައްޗަށް އުފުލުނު ކަމަށާއި، 2011 ވަނަ އަހަރު 3.5 އިންސައްތައިގައި ޖީއެސްޓީ ތައާރަފުކޮށް، ހަމަ އެ އަހަރުގެ ތެރޭގައި ޓެކްސް 6 އިންސައްތައަށް ބޮޑުކުރި ކަމަށް.

139 ދުވަސް ކުރިން - 13:51

Previous12345Next