Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ޕީއެންސީ ޕާލިމަންޓްރީ ގްރޫޕަށް ފައިސާ ބެހި ކަމަށް ބުނާ ވާހަކަ ޝުޖާއު ދޮގުކޮށްފި

އައިޝަތު ރުވާ ރިފްޢަތު
138 ދުވަސް ކުރިން - 31 މެއި 2026 00:50
ބާރަށު ދާއިރާގެ އިއްޒަތްތެރި މެންބަރު އިބްރާހީމް ޝުޖާއު---

ޚުލާސާ

އަދަދު ނޫހުގައި ރިޕޯޓުކޮށްފައިވަނީ މެދުކެނޑުމަކަށްފަހު ޕީއެންސީގެ ޕީޖީ ގްރޫޕަށް ދޭ 50،000 ރުފިޔާ މިމަހު ދީފައިވާ ކަމަށް. އެއަށް ރައްދުދެއްވާ ޝުޖާއު ވިދާޅުވީ، ފިތުނަ އުފައްދައިގެން ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕް ރޫޅާނުލެވޭނެ ކަމަށާއި، ޕީއެންސީ މެންބަރުންނަށްވެސް ލިބެނީ އެހެން މެންބަރުންނެކޭ އެއްގޮތަށް މަޖިލީހުގެ މުސާރަ ކަމަށް.

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލިމަންޓްރީ ގްރޫޕުގެ މެންބަރުންނަށް ފައިސާ ބަހާފައިވާ ކަމަށް ބުނެ ފަތުރަމުންދާ ހަބަރުތަކަކީ ދޮގު ޚަބަރުތަކެއް ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ޝުޖާއު މިހެން ވިދާޅުވީ "އަދަދު" ނޫހުގައި ޝާއިއުކުރި ހަބަރަކާ ގުޅިގެން، މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. "އަދަދު" ނޫހުގެ ހަބަރުގައި ބުނެފައިވަނީ ދެ މަހުގެ މެދުކެނޑުމަކަށް ފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން މަޖިލީހުގެ ޕީއެންސީ މެންބަރުންނަށް ދޭ 50،000 ރުފިޔާ މި މަހު ދީފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން ޝުޖާއު ވިދާޅުވީ ޕީއެންސީ ޕާލިމަންޓްރީ ގްރޫޕުގެ މެންބަރުންނަށް ލިބެނީ އެމްޑީޕީ އާއި އެހެނިހެން މެންބަރުންނަށް ވެސް ލިބޭ ގޮތަށް، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ މުސާރަ އެކަނި ކަމަށެވެ. އަދި ޕީއެންސީގެ މެންބަރުންނާ ގުޅޭގޮތުން ފަތުރަމުންދާ މިފަދަ ދޮގު ޚަބަރުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

Advertisement

Advertisement 1

ޝުޖާއު އިތުރަށް ވިދާޅުވީ، ދޮގު ހަބަރު ފަތުރައިގެންނާއި ފިތުނަ އުފައްދައިގެން ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕް ރޫޅާލެވޭނެ ކަމަށް ދެކުމަކީ މޮޔަކަމެއް ކަމަށެވެ. ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް 20 ވަނަ މަޖިލީހުން އަބަދުވެސް މަސައްކަތް ކުރާނީ ޤައުމާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށް ކުރަންޖެހޭ މުހިއްމު މަސައްކަތްތައް ކުރުމުގައި ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.

މީގެ ކުރިން ވެސް އެ ނޫހުން ވަނީ ޕީއެންސީ މެންބަރުންނަށް ފައިސާ ބަހާ ކަމުގެ ތުހުމަތުތަކެއް ކޮށްފަ އެވެ. ނަމަވެސް، ސަރުކާރަށް ނިސްބަތްވާ މެންބަރުން ގެންދަވަނީ މިއީ ސަރުކާރު ބަދުނާމުކޮށް މަޖިލިސް މެންބަރުންގެ އަގު ވައްޓާލުމަށް ކުރާ ކަމެއް ކަމަށް ބުނެ އެ ތުހުމަތުތައް ތަކުރާރުކޮށް ދޮގުކުރަމުންނެވެ.

އަދަދު ނޫސްމެންބަރު އިބްރާހިމް ޝުޖާއުރައްޔިތުންގެ މަޖިލިސްޕީއެންސީރައީސް ޑރ. މުހައްމަދު މުއިއްޒު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ދަނޑުވެރިކަމުން އަމިއްލަ ފުދުންތެރިކަން ހޯދުމަކީ ގައުމީ އިސްތިގުލާލާ ގުޅިފައިވާ ކަމެއް: ރައީސް

1 ދުވަސް ކުރިން - 13:57

ރަސްމާލެ ވޯޓަރފްރޮންޓް މަޝްރޫއާއެކު މަތީ ފަންތީގެ ފަތުރުވެރިން ރާއްޖެއަށް ގެނެވޭނެ: އަލްއައްބާރު

2 ދުވަސް ކުރިން - 13:33

ރަސްމާލެ ވޯޓަރފްރަންޓް މަޝްރޫއުން ދިވެހި ވިޔަފާރިވެރިންނަށް ފަހި ފުރުސަތުތަކެއް ލިބިގެންދާނެ: އަލްއައްބާރު

5 ދުވަސް ކުރިން - 15:29

ސަރުކާރުން ކުރިއަށްގެންދާ "އަހާ" ފޯރަމްގެ 9 ވަނަ ސެޝަން މިރޭ

5 ދުވަސް ކުރިން - 10:52

އަންހެން ކުދިން މުސްތަގްބަލުގެ ލީޑަރުންގެ ގޮތުގައި ބިނާކުރުމަށް ސަރުކާރުން އިސްކަންދޭނެ: ރައީސް

5 ދުވަސް ކުރިން - 10:45

ނަފްސާނީ ދުޅަހެޔޮކަަމަށް އިސްކަންދޭ، އެންމެން ޝާމިލްވާ، އޯގާތެރި މުޖުތަމަޢެއް ބިނާކުރުމާ!

6 ދުވަސް ކުރިން - 15:34