Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ނާޒިމް އިސްތިއުފާ ދެއްވައިފި؛ ނައިބު ރައީސަކު ހޮވުމަށް ބާއްވާ ޖަލްސާ މާދަމާ

އައިޝަތު ރުވާ ރިފްޢަތު
138 ދުވަސް ކުރިން - 31 މެއި 2026 14:31
މަޖިލިސް ނައިބު ރައީސް ކަމުގައި ހުންނެވި އަހްމަދު ނާޒިމް---
މަޖިލިސް ނައިބު ރައީސް ކަމުގައި ހުންނެވި އަހްމަދު ނާޒިމް---
ޚުލާސާ

ޕީއެންސީގެ މެންބަރުން ހުށަހެޅި އިތުބާރު ނެތްކަމުގެ ގަރާރުގައި ނާޒިމްގެ މައްޗަށް ތުހުމަތުކޮށްފައިވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނެގުމާއި، މަޖިލީހުގެ ތެރޭގައި ފިތުނަ އުފައްދައި މަސްލަހަތު ގެއްލުވާލަން މަސައްކަތް ކުރެއްވި ކަމަށް. ނަމަވެސް ނާޒިމް ވަނީ މި ދައުވާތަކަށް އިންކާރުކޮށްފަ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މިއަދު އިސްތިއުފާ ދެއްވައިފިއެވެ. ނާޒިމް އިސްތިއުފާ ދެއްވާފައިވަނީ އޭނާ މަގާމުން ވަކިކުރުމުގެ މައްސަލަ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވަނިކޮށެވެ.

މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކިކުރުމުގެ މައްސަލަ މިއަދު ހެނދުނު 9:00 އަށް ތާވަލުކުރި ނަމަވެސް، ޖަލްސާ ފެށުމުގެ ކުޑަވަގުތުކޮޅެއް ކުރިން އޭނާ ވަނީ އިސްތިއުފާ ދެއްވިކަން އެކްސް މެދުވެރިކޮށް އާންމުކުރައްވާފައެވެ. ނާޒިމް ނެރުއްވި ބަޔާނުގައި ވިދާޅުވީ އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު ތުހުމަތުތަކެއް ކަމަށެވެ.

ވެރިކަން ކުރާ ޕީއެންސީގެ މެންބަރުން ހުށަހެޅި އިތުބާރު ނެތްކަމުގެ ގަރާރުގައި ނާޒިމްގެ މައްޗަށް ތުހުމަތުކޮށްފައިވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނެގުމާއި، މަޖިލީހުގެ ތެރޭގައި ފިތުނަ އުފައްދައި މަސްލަހަތު ގެއްލުވާލަން މަސައްކަތް ކުރެއްވި ކަމަށެވެ. ނަމަވެސް ނާޒިމް ވިދާޅުވީ އޭނާ މަސްއޫލިއްޔަތު އަދާކުރެއްވީ ގާނޫނީ ހަމަތަކުގެ މަތިން ތެދުވެރިކަމާއެކު ކަމަށެވެ.

Advertisement

Advertisement 1

ނާޒިމް އިސްތިއުފާ ދެއްވުމާ ގުޅިގެން، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މިއަދުގެ ޖަލްސާ ނިންމަވާލައްވާފައެވެ. އަދި އާ ނައިބު ރައީސަކު އިންތިހާބު ކުރުމަށްޓަކައި މިއަދު މެންދުރުފަހު 1:00 އަށް ޖަލްސާއެއް ތާވަލުކުރި ނަމަވެސް، ފަހުން އެ ޖަލްސާ ވަނީ މާދަމާ ބާއްވާ ގޮތަށް ފަސްކޮށްފައެވެ.

މަޖިލީހުގެ މީޑިއާ އޮފިޝަލް މައުލޫމާތު ދެއްވި ގޮތުގައި، އާ ނައިބު ރައީސަކު ހޮވުމުގެ މަސައްކަތް މާދަމާގެ ޖަލްސާގައި ކުރިއަށްދާނެއެވެ. ނާޒިމް ވިދާޅުވީ މަގާމުން އިސްތިއުފާ ދެއްވީ ވެރިކަން ކުރާ ޕާޓީގެ ހުރިހާ މެންބަރުން އޭނާ ވަކިކުރަން އެދުމުން، އެކަމަށް އިޖާބަ ދިނުމަކީ ޑިމޮކްރަސީގެ ހަމަތަކުން އެންމެ ތަހުޒީބީ ގޮތް ކަމަށް ދެކޭތީ ކަމަށެވެ.

މަޖިލިސް ނައިބު ރައީސް އަހްމަދު ނާޒިމްރައްޔިތުންގެ މަޖިލިސްޕީއެންސީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނަގައި ބަދަލުދޭން ހުށަހަޅައިފި

ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނަގައި ބަދަލުދޭން ހުށަހަޅައިފި

10 ދުވަސް ކުރިން - 13:22

މަޖިލީހުގެ ރައީސް އައިޕީޔޫ އެސެމްބްލީއަށް ޓެންޒޭނިއާއަށް ފުރާވަޑައިގެންފި

މަޖިލީހުގެ ރައީސް އައިޕީޔޫ އެސެމްބްލީއަށް ޓެންޒޭނިއާއަށް ފުރާވަޑައިގެންފި

12 ދުވަސް ކުރިން - 10:37

ރާއްޖެއާއި ޕާކިސްތާނާ ދެމެދު ގާނޫނު ހަދާ މަޖިލީހުގެ ދާއިރާއިން ގުޅުން ބަދަހިކުރަނީ

23 ދުވަސް ކުރިން - 14:44

މަސްތުވާތަކެތީގެ 'ބޮޑުން' އަތުލައިގަންނަން އިސްލާޙީ ފިޔަވަޅުތަކެއް

މަސްތުވާތަކެތީގެ 'ބޮޑުން' އަތުލައިގަންނަން އިސްލާޙީ ފިޔަވަޅުތަކެއް

26 ދުވަސް ކުރިން - 13:13

1.4 ބިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެ، އައްޑާތައް ބަންދުކުރަނީ

1.4 ބިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެ، އައްޑާތައް ބަންދުކުރަނީ

26 ދުވަސް ކުރިން - 12:36

ގަވާއިދާ ހިލާފަށް އެންމެ ގިނައިން ރަށްރަށަށް ރާ އެތެރެކުރީ ސަފާރީތަކުން

ގަވާއިދާ ހިލާފަށް އެންމެ ގިނައިން ރަށްރަށަށް ރާ އެތެރެކުރީ ސަފާރީތަކުން

26 ދުވަސް ކުރިން - 12:35