Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ދަރަނިތައް އެންމެ ބޮޑުވެގެންދިޔައީ އެމްޑީޕީގެ ސަރުކާރުތަކުގައި: ނަޝީދުގެ ފާޑުކިޔުންތަކަށް ހަމްދާންގެ ވަރުގަދަ ރައްދެއް

ދަރަނިތައް އެންމެ ބޮޑުވެގެންދިޔައީ އެމްޑީޕީގެ ސަރުކާރުތަކުގައި: ނަޝީދުގެ ފާޑުކިޔުންތަކަށް ހަމްދާންގެ ވަރުގަދަ ރައްދެއް

އައިޝަތު ރުވާ ރިފްޢަތު
91 ދުވަސް ކުރިން - 30 މެއި 2026 13:51
އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް---
އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް---
ޚުލާސާ

ހަމްދާން ވިދާޅުވި ގޮތުގައި އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި، ދަރަނި ޖީޑީޕީގެ ނިސްބަތުން 55 އިންސައްތައިގައި އޮއްވައި 97 އިންސައްތައަށްވުރެ މައްޗަށް އުފުލުނު ކަމަށާއި، 2011 ވަނަ އަހަރު 3.5 އިންސައްތައިގައި ޖީއެސްޓީ ތައާރަފުކޮށް، ހަމަ އެ އަހަރުގެ ތެރޭގައި ޓެކްސް 6 އިންސައްތައަށް ބޮޑުކުރި ކަމަށް.

ދިވެހިރާއްޖޭގެ ދަރަނި މެނޭޖުކުރުމާ ގުޅޭގޮތުން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް، ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް (އެފްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ކެމްޕެއިން ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ތުހުމަތު ކުރައްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ގައުމުގެ ބޮޑު ދަރަނި އަދާކުރުމުގެ ގާބިލުކަން ނެތް ކަމަށެވެ. ގައުމުގެ އުފެއްދުންތެރިކަމަށްވުރެ ދަރަނި ބޮޑުވެފައިވާކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ، މިއަދު ގައުމު އޮތް ހާލަތުން އަރައިގަތުމަށް ރައީސް މުއިއްޒަށް އެއްވެސް ކަމެއް ނުކުރެއްވޭނެ ކަމަށެވެ.

މި ވާހަކަތަކަށް ރައްދު ދެއްވަމުން ހަމްދާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ ދަރަނި އިންތިހާއަށް އުފުލިގެންދިޔައީ އެމްޑީޕީގެ ސަރުކާރުތަކުގައި ކަމަށެވެ. އެގޮތުން އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި، ދަރަނި ޖީޑީޕީގެ ނިސްބަތުން 55 އިންސައްތައިގައި އޮއްވައި 97 އިންސައްތައަށްވުރެ މައްޗަށް އުފުލައިލިކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި 2011 ވަނަ އަހަރު 3.5 އިންސައްތައިގައި ޖީއެސްޓީ ތައާރަފުކޮށް، ހަމަ އެ އަހަރުގެ ތެރޭގައި ޓެކްސް 6 އިންސައްތައަށް ބޮޑުކުރިކަންވެސް ހަމްދާން ހަނދާންކޮށްދެއްވި އެވެ.

Advertisement

Advertisement 1

ހަމްދާން އިތުރަށް ވިދާޅުވީ، އެމްޑީޕީގެ ދެވަނަ ދައުރުގައި ދަރަނި އިތުރު 77 ބިލިއަން ރުފިޔާއަށް ބޮޑުކޮށް، ޖީއެސްޓީ 8 އިންސައްތައަށް އުފުލާފައިވާ ކަމަށެވެ. ނަމަވެސް، ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން މިވީ ހަ މަސްދުވަހުގެ ތެރޭގައި ރައްޔިތުންނަށް ޓެކްސްގެ އިތުރު ބުރައެއް ޖެއްސުމެއް ނެތި، ކުރީގެ ސަރުކާރުތަކުން ނަގާފައިވާ ލޯނުތަކަށް އެކަނިވެސް 1 ބިލިއަން އެމެރިކާ ޑޮލަރު ދައްކާފައިވާކަން އޭނާ ހާމަކުރެއްވި އެވެ.

"ސިޔާސީ ބޭނުމަށް ވޯޓަރުންނަށް އޮޅުވާލެވިދާނެ، އެކަމަކު މަނިކުފާނުގެ ވެރިކަމުގެ ހިތްދަތި ހަނދާންތައް އަޅުގަނޑުމެންގެ އަދި އެބަހުރި،" ރައީސް ނަޝީދަށް އިޝާރާތް ކުރައްވައި ހަމްދާން ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި ރާއްޖޭގެ މުހިންމު ކުންފުނިތަކާއި ވަސީލަތްތައް ވިއްކާލި އެވެ. އޭގެ ތެރޭގައި އިންޑިއާގެ ޖީއެމްއާރް ކުންފުންޏަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ދިނުން ފަދަ ކަންކަން ހިމެނެ އެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތާ ގުޅޭގޮތުން އިދިކޮޅު ސިޔާސީ ފަރާތްތަކުން ފާޑުކިޔަމުންދާއިރު، ސަރުކާރުން ދަނީ ދަރަނި މެނޭޖުކުރުމުގެ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ.

ރައީސް މުޙައްމަދު ނަޝީދުހަމްދާން ޝަކީލް (އެފްޑީސީ އެމްޑީ)ރައީސް ޑރ. މުހައްމަދު މުއިއްޒުދަރަނިއެމްޑީޕީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

4 ގަޑިއިރު ކުރިން - 15:20

ހިޔާލުތަފާތުވުން ބޮޑުވެ، 5 މަސް ނުވަނީސް "ބޮޑުބަދަލު" ގްރޫޕުން ފައްޔާޒު ނުކުތް ޚަބަރުގެ ހަގީގަތަކީ ކޮބާ؟

ހިޔާލުތަފާތުވުން ބޮޑުވެ، "ބޮޑުބަދަލު" ގްރޫޕުން ފައްޔާޒު ނުކުތް ޚަބަރުގެ ހަގީގަތަކީ ކޮބާ؟

9 ގަޑިއިރު ކުރިން - 10:23

މި ނިޒާމުން ދެވަނަ ދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުއިއްޒު! - ޢަބްދުއްރަޙީމް

“މި ނިޒާމުން ދެވަނަދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުޢިއްޒު”

11 ގަޑިއިރު ކުރިން - 08:31

އިސްލާހީ ބަދަލުތައް ގެންނަނީ ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް: ރައީސް

އިސްލާހީ ބަދަލުތައް ގެންނަނީ ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް: ރައީސް

2 ދުވަސް ކުރިން - 14:15

ކުރިން ތަންފީޒުނުވެ ހުރި ޤާނޫނުތައް ހަރުދަނާ އުޞޫލަކުން ތަންފީޒުކުރަން ފަށައިފި

ކުރިން ތަންފީޒުނުވެ ހުރި ޤާނޫނުތައް ހަރުދަނާ އުޞޫލަކުން ތަންފީޒުކުރަން ފަށައިފި

2 ދުވަސް ކުރިން - 10:37

ސިޔާސީ ދެކޮޅުވެރިކަމެއް ހުއްޓަސް، އިޤްތިޞާދީ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނާނެ: ރައީސް

“ސިޔާސީ ދެކޮޅުވެރިކަމެއް ހުއްޓަސް، އިޤްތިޞާދީ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނާނެ”

2 ދުވަސް ކުރިން - 10:22