
ކުރީގެ ސަރުކާރުން ބަޖެޓް ސަޕޯޓަށް ނެގި 150 މިލިއަން ޑޮލަރުގެ ދަރަނި، އެންމެ ފަހު 50 މިލިއަން ޑޮލަރު ދައްކައި މިއަދު އެއްކޮށް ހަލާސްކޮށްފި. މާލީ ވުޒާރާއިން ވިދާޅުވީ މީގެ ސަބަބުން ތެލާއި، ކާޑު އަދި ބޭސް އެތެރެކުރުމަށް އެއްވެސް ދަތިކަމެއް ނާންނާނެ ކަމަށް.
29 ދުވަސް ކުރިން - 15:48
ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތީ އިގްތިސާދީ ބޮޑު ނުރައްކަލެއްގެ ތެރެއަށް. ނަމަވެސް، ހަރުދަނާ މާލީ އިސްލާހީ ފިޔަވަޅުތަކާއެކު، ދަރަނި އަދާކުރެއްވުމުން، ރާއްޖޭގެ ފިޗް ރޭޓިންގ މަތިވެ، ބައިނަލްއަގުވާމީ މާލީ އިތުބާރު ވަނީ އިއާދަވާން ފަށާފަ. މިއީ ރާއްޖޭގެ އިގްތިސާދީ ސިޔާދަތު ހިމާޔަތްކުރުމަށް ލިބުނު ބޮޑު ކާމިޔާބީއެއް.
134 ދުވަސް ކުރިން - 07:30
ހަމްދާން ވިދާޅުވި ގޮތުގައި އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި، ދަރަނި ޖީޑީޕީގެ ނިސްބަތުން 55 އިންސައްތައިގައި އޮއްވައި 97 އިންސައްތައަށްވުރެ މައްޗަށް އުފުލުނު ކަމަށާއި، 2011 ވަނަ އަހަރު 3.5 އިންސައްތައިގައި ޖީއެސްޓީ ތައާރަފުކޮށް، ހަމަ އެ އަހަރުގެ ތެރޭގައި ޓެކްސް 6 އިންސައްތައަށް ބޮޑުކުރި ކަމަށް.
139 ދުވަސް ކުރިން - 13:51