Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ކުރީ ސަރުކާރުން އެސްބީއައިއަށް ދައްކަންޖެހޭ 150 މިލިއަން ޑޮލަރު މިސަރުކާރުން ދައްކައި ޚަލާޞް ކޮށްފި

ކުރީ ސަރުކާރުން އެސްބީއައިއަށް ދައްކަންޖެހޭ 150 މިލިއަން ޑޮލަރު މިސަރުކާރުން ދައްކައި ޚަލާޞް ކޮށްފި

އައިޝަތު އިމްސާ
22 ގަޑިއިރު ކުރިން - 17 ސެޕްޓެންބަރު 2026 15:48
ރައީސުލްޖުމްހޫރިއްޔާ ޑރ، މުޙައްމަދު މުޢިއްޒު / ފޮޓޯ: ހުލާސާ
ރައީސުލްޖުމްހޫރިއްޔާ ޑރ، މުޙައްމަދު މުޢިއްޒު / ފޮޓޯ: ހުލާސާ
ޚުލާސާ

ކުރީގެ ސަރުކާރުން ބަޖެޓް ސަޕޯޓަށް ނެގި 150 މިލިއަން ޑޮލަރުގެ ދަރަނި، އެންމެ ފަހު 50 މިލިއަން ޑޮލަރު ދައްކައި މިއަދު އެއްކޮށް ހަލާސްކޮށްފި. މާލީ ވުޒާރާއިން ވިދާޅުވީ މީގެ ސަބަބުން ތެލާއި، ކާޑު އަދި ބޭސް އެތެރެކުރުމަށް އެއްވެސް ދަތިކަމެއް ނާންނާނެ ކަމަށް.

ކުރީގެ ސަރުކާރުން ނަގާފައިވާ 150 މިލިއަން އެމެރިކާ ޑޮލަރުގެ ޓްރެޒަރީ ބިލަކަށް ފައިސާ ދައްކައި އެ ދަރަނި އެއްކޮށް ހަލާސްކޮށްފިއެވެ. މާލީ ވުޒާރާއިން ވިދާޅުވީ، މި ދަރަނި ދެއްކި ނަމަވެސް، ރާއްޖެއަށް ބޭނުންވާ ތެލާއި، ކާޑުގެ ބާވަތްތަކުގެ އިތުރުން ބޭސްފަރުވާއަށް ބޭނުންވާ ތަކެތި މެދުނުކެނޑި ލިބޭނެ ފުރިހަމަ އިންތިޒާމުތައް ހަމަޖެހިފައިވާކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށެވެ.

މިއަދު ދައްކައި ނިންމާލި ފައިސާއަކީ 2019 ވަނަ އަހަރު ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ވެރިކަމުގައި ބަޖެޓް ސަޕޯޓަށް ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ފެސިލިޓީގެ އެންމެ ފަހު އިންސްޓޯލްމަންޓެވެ. މި ފެސިލިޓީގެ ތެރެއިން މި ސަރުކާރުން ވަނީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު 50 މިލިއަން ޑޮލަރު އަދި މޭ މަހު އިތުރު 50 މިލިއަން ޑޮލަރު ދައްކާފައެވެ. މިއަދު ދެއްކި 50 މިލިއަން ޑޮލަރާއެކު، އެ ސަރުކާރުން ނެގި މި ދަރަނި މިހާރު ވަނީ މުޅިން ހަލާސްވެފައެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ހިސާބުތަކުން ދައްކާ ގޮތުގައި 2024 އޯގަސްޓްގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވްގައި 644 މިލިއަން ޑޮލަރު ހުއްޓެވެ. ފިނޭންސް މިނިސްޓްރީން ހާމަކުރެއްވި ގޮތުގައި، ދަރަނި އަދާކުރުމުގެ ސަބަބުން މުދާ އެތެރެކުރުމަށް ފައިސާ ހޯދުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ކަމަށް ބުނެ ފަތުރަމުންދާ ހަބަރުތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެކެވެ. އަދި އަސާސީ ހިދުމަތްތަކާއި ޒަރޫރީ މުދާ މެދުނުކެނޑި ފޯރުކޮށްދިނުމަކީ ސަރުކާރުން އެންމެ އިސްކަންދޭ ކަންތައް ކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވިއެވެ.

Advertisement

Advertisement 1

ދަރަނި ބެލެހެއްޓުމުގައި ސަރުކާރުން ގެންގުޅެނީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ގަވާއިދުން ފައިސާ ޖަމާކޮށް، ދަރަނި އަދާކުރަންޖެހޭ ތާރީހުތަކަށް ދުރާލައި ރޭވުންތެރިކަމާއެކު ތައްޔާރުވުމުގެ ސިޔާސަތެކެވެ. މީގެ އިތުރުން، ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި ތަރައްގީގެ ބައިވެރިންނާއެކު އުފެއްދުންތެރި މަޝްވަރާތަކެއް ކުރެވެމުންދާ ކަމަށާއި، މި މަޝްވަރާތަކުގެ ސަބަބުން ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވަށް ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށްވެސް ފިނޭންސް މިނިސްޓްރީގެ ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ.

ދަރަނިއިންޑިއާމިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިސްކިތް ތަޅައިލި މީހުންގެ ފައްޅި ސިކުންތުކޮޅެއްގެ ތެރޭގައި ކޯރަށް ޣަރަޤުވެއްޖެ!

މިސްކިތް ތަޅައިލި މީހުންގެ ފައްޅި ސިކުންތުކޮޅެއްގެ ތެރޭގައި ކޯރަށް ޣަރަޤުވެއްޖެ!

8 ދުވަސް ކުރިން - 18:39

އިންޑިއާގެ ޔުނިވާސިޓީ ހޮސްޓެލް އިމާރާތެއް ވެއްޓި 7 މީހުން މަރުވެއްޖެ

އިންޑިއާގައި އިމާރާތެއް ވެއްޓި 7 މީހުން މަރުވެއްޖެ

11 ދުވަސް ކުރިން - 14:15

އިންޑިއާގެ ބަޑިބޭސް ކާރުޚާނާއެއް ގޮވައި، ކައިރީގައި ހުރި ގެތަކުގެ މީހުން ވެސް މަރުވެއްޖެ

އިންޑިއާގެ ބަޑިބޭސް ކާރުޚާނާއެއް ގޮވައި، ކައިރީގައި ހުރި ގެތަކުގެ މީހުންވެސް މަރުވެއްޖެ

15 ދުވަސް ކުރިން - 15:05

ޓެކްސް އާމްދަނީ އިތުރުވެ، ދައުލަތަށް ލިބުނު އާމްދަނީއަށް %6.9 ގެ ކުރިއެރުމެއް

ޓެކްސް އާމްދަނީ އިތުރުވެ، ދައުލަތަށް ލިބުނު އާމްދަނީއަށް %6.9 ގެ ކުރިއެރުމެއް

16 ދުވަސް ކުރިން - 19:00

ރިޕޯޓް: ތިލަމާލެ ބްރިޖު – ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގައި ހޯދާފައިވާ ތާރީހީ ކުރިއެރުންތައް

ތިލަމާލެ ބްރިޖު – ރައީސް މުއިއްޒުގެ ސަރުކާރުގައި ހޯދާފައިވާ ތާރީހީ ކުރިއެރުންތައް

26 ދުވަސް ކުރިން - 18:55

ޖެން-ޒީގެ ވޯޓު ހޯދުމަށް މޯދީ "ރީލްސް" ހައްދަވަން ފައްޓަވައިފި: ސިޔާސީ އުސްލޫބަށް ބޮޑު ބަދަލެއް!

ޖެން-ޒީގެ ވޯޓު ހޯދުމަށް މޯދީ "ރީލްސް" ހައްދަވަން ފައްޓަވައިފި

27 ދުވަސް ކުރިން - 10:25