Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ޝަހުޒާން އާއި ލީވާން ޖަލު ގޮޅިއަށް ފޯނު ވެއްދި މައްސަލަ ފުލުހުން ބަލަން ފަށައިފި

އައިޝަތު ރުވާ ރިފްޢަތު
141 ދުވަސް ކުރިން - 28 މެއި 2026 12:12
ހޯމް މިނިސްޓަރު އަލީ އިހުސާން. / ފޮޓޯ: ރައީސް އޮފީސް
ހޯމް މިނިސްޓަރު އަލީ އިހުސާން. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މިނިސްޓަރު ވަނީ ރައީސްއާ ގުޅޭ ގޮތުން ޝަހުޒާން ދެއްކި ވާހަކަތައް ދޮގު ކޮށްފަ. ރައީސްގެ ފަރާތްޕުޅުން ޖަލުގެ މިފަދަ ކަންކަމާ ގުޅޭގޮތުން އެއްވެސް އިރުޝާދެއް ދުވަހަކުވެސް ދެއްވާފައި ނުވާނެކަން މިނިސްޓަރު ޔަގީންކޮށްދެއްވި. ނޫސްވެރިންނަށް މިކަން ސާފުކޮށްދެއްވި ކަމަށާއި ނަމަވެސް ހަގީގަތް ހާމަކޮށްދީފައި ނުވާތީ މިނިސްޓަރު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި.

ޖަލުގައި ބަންދުކޮށްފައި ތިބި ޝަހުޒާން އާއި ލީވާން ނަމަކަށް ކިޔާ ދެގައިދީން ތިބި ގޮޅިން މޯބައިލް ފޯނެއް ފެނުނު މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސްއިން ތަހުގީގު ކުރަން ފަށައިފިއެވެ.

ޝަހުޒާން ވިދާޅުވި ގޮތުގައި އޭނާއާއި ލީވާނު ދެ ގޮޅިއަކަށްލީ ރައީސް އަންގަވައިގެން ކަމަށެވެ. މިކަމާ ގުޅޭގޮތުން ހޯމް މިނިސްޓަރު އަލީ އިހުސާން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ޝަހުޒާން މިކަމުގައި ދައްކަމުންދާ ވާހަކަތަކަކީ 100 އިންސައްތަ ދޮގު ވާހަކަތަކެކެވެ.

އިހުސާން ވިދާޅުވީ 15 މެއި ވަނަ ދުވަހުގެ ރޭގަނޑު 19:35 ހާއިރު، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން ވަނީ ޝަހުޒާން އާއި ލީވާން ބަންދުކޮށްފައި ތިބި ގޮޅިއަށް ވަދެ، އެ ދެމީހުންގެ ކުރިމަތީގައި އެ ގޮޅި ބަލައި ފާސްކޮށްފަ އެވެ. މި ފާސްކުރުމުގެ ތެރޭގައި އެ ގޮޅީގައި ހުރި ކަބަޑެއްގެ ތެރޭގައި ހުރި އަންނައުނުތަކުގެ ތެރެއިން މޯބައިލް ފޯނެއް ވަނީ ފެނިފަ އެވެ.

Advertisement

Advertisement 1

މި މައްސަލައާ ގުޅިގެން، ޖަލުގައި އަމަލުކުރާ އުސޫލުތަކުގެ ދަށުން، މި ދެމީހުން މޮނިޓާ ކުރެވޭ ގޮތަށް ވަކި ދެ ގޮޅިއަކަށް ބަދަލުކުރި ކަމަށް އިހުސާން ވިދާޅުވި އެވެ. އަދި އެ ގޮޅިތައް ވަކި އިންޓަވަލް ވަގުތުތަކުގައި ބަލައި ފާސްކުރާ ކަމަށްވެސް އިހުސާން ވިދާޅުވި އެވެ. މިއީ ވަކި ގައިދީއަކަށް އަމާޒުކޮށްގެން ނުވަތަ ވަކި ފަރާތަކުން އަންގައިގެން ކުރާ ކަމެއް ނޫން ކަމަށާއި، މިއީ ޖަލުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އާންމުކޮށް އަމަލުކުރާ އުސޫލެއްކަން މިނިސްޓަރު ފާހަގަކުރެ އެވެ.

މީގެ އިތުރުން، މިނިްޓަރު ވިދާޅުވެފައިވަނީ، ޖަލުގައި ހިނގާ މިފަދަ ކަންކަމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮތް ނިންމަވާ ކަންކަން ނޫން ކަމަށެވެ. އަދި ރައީސްގެ ފަރާތްޕުޅުން ޖަލުގެ މިފަދަ ކަންކަމާ ގުޅޭގޮތުން އެއްވެސް އިރުޝާދެއް ދުވަހަކުވެސް ދެއްވާފައި ނުވާކަން މިނިސްޓަރު ކަށަވަރުކޮށްދެއްވި އެވެ.

މި މައްސަލައާ ގުޅިގެން ރާއްޖޭގެ ތިން ނޫސްވެރިއަކު މިނިސްޓަރަށް ގުޅައި ސުވާލުކުރުމުން، ކަން ހިނގާފައިވާ ގޮތުގެ ތަފްސީލީ މަޢުލޫމާތު ވަނީ ހިއްސާކޮށްފައި ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް، އެ މަޢުލޫމާތުތައް ރައްޔިތުންނަށް ސާފުކޮށްދީ، ހަގީގަތާ އެއްގޮތަށް ރިޕޯޓްކޮށްފައި ނުވާތީ މިނިސްޓަރު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

ޖަލަށް ވެއްދުން މަނާ ތަކެތި ގޮޅިން ފެނުނު މި ސީރިއަސް މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސްއިން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މިނިސްޓަރު އަލީ އިހުސާންނޫސްވެރިންޝަހުޒާންލީވާން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ޒިންމާދާރުވާން ޔާމީނަށް ވަޒީރު އިހްސާން ގޮވާލައިފި

ޒިންމާދާރުވާން ޔާމީނަށް ވަޒީރު އިހްސާން ގޮވާލައިފި

4 ދުވަސް ކުރިން - 15:42

ގްރޭޓަރ މާލޭގެ މަގުމަތީގެ އަމާންކަން ބެލެހެއްޓުމުގެ އޮޕަރޭޝަން މިނިސްޓަރ އިހްސާން ބައްލަވާލައްވައިފި

ގްރޭޓަރ މާލޭގެ މަގުމަތީގެ އަމާންކަން ބެލެހެއްޓުމުގެ އޮޕަރޭޝަން މިނިސްޓަރ އިހްސާން ބައްލަވާލައްވައިފި

4 ދުވަސް ކުރިން - 13:35

ޕެރޯލް ބޯޑުގެ ހަ މެންބަރަކު ވަކިކޮށް، އަބުޗާ އަނބުރާ ޖަލަށް ގެންގޮސްފި

ޕެރޯލް ބޯޑުގެ ހަ މެންބަރަކު ވަކިކޮށް، އަބުޗާ އަނބުރާ ޖަލަށް ގެންގޮސްފި

10 ދުވަސް ކުރިން - 20:12

ޝަހީދުކޮށްލި ނޫސްވެރިންނަކީ "ޓެރަރިސްޓުން" ކަމަށްބުނެ އިސްރާއީލުން ހެދީ ދޮގު: އދ

ޝަހީދުކޮށްލި ނޫސްވެރިންނަކީ "ޓެރަރިސްޓުން" ކަމަށްބުނެ އިސްރާއީލުން ހެދީ ދޮގު: އދ

11 ދުވަސް ކުރިން - 09:55

ރާބާލައިގެން ވިޔަފާރިކުރާ ފަރާތްތަކުގެ ޕަރމިޓް ކެންސަލްކޮށް، 16،852 ރާފުޅި އަތުލައިގަނެފި

ރާބާލައިގެން ވިޔަފާރިކުރާ ފަރާތްތަކުގެ ޕަރމިޓް ކެންސަލްކޮށް، 16،852 ރާފުޅި އަތުލައިގަނެފި

27 ދުވަސް ކުރިން - 13:40

މަސްތުވާތަކެތި ބޭނުންކުރަމުންދިޔަ 11 ތަނެއް ބަންދުކޮށްފި

މަސްތުވާތަކެތި ބޭނުންކުރަމުންދިޔަ 11 ތަނެއް ބަންދުކޮށްފި

27 ދުވަސް ކުރިން - 11:41