ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން އަތޮޅުތަކުގެ 10 ސެންޓަރަކަށް ލައިސަންސް ދޫކުރުމުގެ ހުއްދަ ދީފި. މިއީ އަތޮޅުތަކުގެ ރައްޔިތުންނަށް ލައިސަންސް ހޯދުމުގައި ދިމާވާ ދަތިތައް ޙައްލުކުރުމަށް އެޅި ފިޔަވަޅެއް.
719 ދުވަސް ކުރިން - 19:10
ކުރީގެ ސަރުކާރުން މަޖިލީހުގެ ސުޕަރ މެޖޯރިޓީ ބޭނުންކޮށްގެން ނަހަމަގޮތުގައި ކުރި ކަންކަން ފޮރުވުމުގެ ނަތީޖާ މިހާރު ފެންނަމުންދާ ކަމަށް ނައިބު ރައީސް ވިދާޅުވި.
719 ދުވަސް ކުރިން - 19:06
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ސަމޯއާއަށް ވަޑައިގެންފި. މި ބައްދަލުވުމުގައި އިޤްތިޞާދީ، މޫސުމީ އަދި ސަލާމަތީ ގޮންޖެހުންތަކާއި ކުރިމަތިލުމަށް މަޝްވަރާކުރެވޭނެ.
719 ދުވަސް ކުރިން - 18:40
ފުލުހުން ބުނީ ނަޑެއްލާ ޖެޓީ މަގުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެގެން، އެ ސަރަޙައްދުގައި މަޑުކޮށްފައި އޮތް ރަށު ޕިކަޕެއް ކައިރީގައި ހުރި މީހެއްގެ ގައިގައި ޖެހިފައިވާ ކަމަށް.
719 ދުވަސް ކުރިން - 16:44
ފުލުހުން ބުނީ އަރަފާތު ބުޅާ މަސް އަޅައިގެން ކާނާ ތައްޔާރުކުރިކަމުގެ އެއްވެސް ހެއްކެއް ފެނިފައި ނުވާކަމަށާއި، ޖިނާޢީ ތަހުޤީޤެއް ހިންގޭ ވަރަށް ހެއްކާއި ގަރީނާ ލިބިފައި ނުވާތީ އެ މައްސަލައިގެ ތަހުޤީޤު ނިންމާލާފައިވާ ކަމަށް.
719 ދުވަސް ކުރިން - 16:33
މިގޮތަށް ހަމަޖެއްސެވީ، ޖުމްހޫރީ ދުވަސް ކަމުގައިވާ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހަކީ ޤައުމީ ބަންދު ދުވަހެއް ކަމަށް ވުމާއެކު، ޖުމްހޫރީ ދުވަހުގެ ކުރިއަށް އޮތް ދުވަހަކީ ރަސްމީ ދުވަހެއް ކަމަށް ވާތީ.
719 ދުވަސް ކުރިން - 15:24
އެ ރަށުން ކުދިން ބަދަލުކޮށްފައިވަނީ، އެރަށުގައި ޤާއިމްކޮށްފައި ހުންނަ ޗިލްޑްރަންސް ސެންޓަރގައި ހުރި ކުއްޖަކު އެތަނުގައި މަސައްކަތް ކުރާ އެ ރަށުގެ މުވައްޒަފަކަށް ޙަމަލާދިން މައްސަލަ ހޫނުވެ، އެ ރަށު ރައްޔިތުން މުޒާހަރާކޮށް ނުރުހުންފާޅުކުރުމުން.
719 ދުވަސް ކުރިން - 15:15
މި މަހުގެ 31 ވަނަ ދުވަހު އިސްލާމީ މަރުކަޒުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޙައްޖާއި ޢުމްރާގެ ޚިދުމަތްދޭ ކުންފުނިތަކަށް ޚާއްޞަކޮށްގެން ބާއްވާ ފުރަތަމަ މަހާސިންތާގެ މަޤްޞަދަކީ ޙައްޖާއި ޢުމްރާގެ އަޅުކަމަށް ދިވެހިން ގެންދިއުމުގެ އިންތިޒާމު ހަރުދަނާކުރުން.
719 ދުވަސް ކުރިން - 12:36
އެންމެ ނާޒުކު ވަގުތުތަކުގައިވެސް ދިވެހި އަސްކަރިއްޔާއަށް އޭގެ ބޭނުން ހިފޭ ތުރްކިޔޭއިން ގަނެފައިވާ ޑުރޯން ގަނެފައިވަނީ ޤާނޫނުއަސާސީއާއި އެއްގޮތަށް މާލިއްޔަތު ޤާނޫނާއި ޤަވާޢިދުގެ ތެރެއިން.
719 ދުވަސް ކުރިން - 11:11
ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވި 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން މިހާތަނަށް 3.1 މިލިޔަން ގަސް އިންދުމަށް އެކި ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިވާކަމަށް ތިމާވެށްޓާބެހޭ ވަޒީރު ވިދާޅުވެއްޖެ.
719 ދުވަސް ކުރިން - 11:04
އާސަންދައިން ހިންގަމުންދިޔަ ބޮޑެތި އިސްރާފުގެ ޚަރަދުތައް ކުޑަކުރުމަށް ސަރުކާރުގެ ތެރެއިން ގިނަ މަސައްކަތްތަކެއް މިހާރު ކުރަމުންދާ ކަމަށް މާލީ ވަޒީރުގެ ނައިބު ސާއިދު ވިދާޅުވި.
719 ދުވަސް ކުރިން - 10:07
މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް ފަސްމިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ މަސައްކަތެއް.
719 ދުވަސް ކުރިން - 09:58