އަންނަ ނޮވެމްބަރު 10 ވާ އާދިއްތަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފިއެވެ.
ރައީސް އޮފީހުން ނެރުނު ދެންނެވުމެއްގައި ބުނެފައިވަނީ 10 ނޮވެމްބަރ 2024 ވާ އާދިއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާ ކަމަށެވެ.
މިގޮތަށް ހަމަޖެއްސެވީ، ޖުމްހޫރީ ދުވަސް ކަމުގައިވާ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހަކީ ޤައުމީ ބަންދު ދުވަހެއް ކަމަށް ވުމާއެކު، މި އަހަރު ކަރަންޑަރުގައިވާ ގޮތުން ޖުމްހޫރީ ދުވަހުގެ ކުރިއަށް އޮތް ދުވަހަކީ ރަސްމީ ދުވަހެއް ކަމަށް ވާތީ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެގޮތުން ބަންދު ދުވަސްތަކަށް މެދުކެނޑުމެއް ނައިސް، މުވައްޒަފުންނަށް ޗުއްޓީ ލިބޭގޮތަށް ހަމަޖައްސައި ދެއްވުމަށްޓަކައި ނޮވެމްބަރު 10 ވަނަ ދުވަސް ބަންދުކުރަން ރައީސް ނިންމެވީކަމަށް ރައީސް އޮފީހުން ބުންޏެވެ.









