ނެތިދިއުމުގެ ބިރު ހީވެފައިވާ ދިރޭތަކެތި ހުއްދަނެތި ރާއްޖެއަށް އެތެރެކުރުމުން 30،000 ރުފިޔާއިން ޖޫރިމަނާކުރާ ގޮތަށް ގަވާއިދު އިސްލާހުކޮށްފި. މި އިސްލާހާއެކު، މިފަދަ ދިރޭތަކެތި އެތެރެކުރުމާއި، ވިއްކުމާއި، ގެންގުޅުން ހަރުކަށި ގޮތަކަށް ކޮންޓްރޯލްކުރެވޭނެ.
719 ދުވަސް ކުރިން - 09:48
މި ޕާކަކީ، ދެ ޤައުމުގެ ދެމެދުގައި އޮތް ދުރު ޒަމާންވީ ގުޅުމުގެ ރަމްޒެއް ކަމަށް ވުޒާއިން ފާހަގަކުރި.
719 ދުވަސް ކުރިން - 09:47
އިންޑިއާއިން އައި ދެމަފިރިއަކު 2 ކިލޯގެ މަސްތުވާތަކެއްޗާއެކު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ހައްޔަރުކޮށް، އިއްޔެ ކްރިމިނަލް ކޯޓުން ވަނީ 3 ދުވަހުގެ ބަންދު މުއްދަތު ޖަހާފަ.
719 ދުވަސް ކުރިން - 02:05
މަޤާމާއި ހަވާލުވެވަޑައިގަތުމަށްފަހު އެސެޓް ރިކަވަރީ ބިލްގެ މަސައްކަތް ކުރެއްވުމަށް އޭސީސީ އާ މަޝްވަރާ ކުރެއްވި ކަމަށާއި، އެސެޓް ރިކަވަރީ ކޮމިޝަނުން އެ ބިލްގެ މަސައްކަތް އޭރުވެސް ކުރައްވަމުން ގެންދެވިކަމަށް އުޝާމް ވިދާޅުވި.
720 ދުވަސް ކުރިން - 20:36
މާލިއްޔަތު ޤާނޫނާއި ޚިލާފަށް ކަންކަން ކޮށް ހިސާބު ބެލެހެއްޓުމުގައި ގޯސް ހަދާފައިވާ ފަރާތްތަކުގެ މައްސަލަ ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް އުޝާމް ވިދާޅުވި.
720 ދުވަސް ކުރިން - 20:24
ކުރީގެ ސަރުކާރުން ބަޖެޓު ތައްޔާރުކުރުމުގައި ދެ މައްސަލައެއް ފާހަގަކުރެވިފައިވާއިރު، އޭގެތެރެއިން އެއް މައްސަލައަކީ، ޑައިރެކްޓް ޑިސްބަރސްމަންޓްގެ އަދަދު ވިދިވިދިގެން އަހަރުތަކެއްގައި ކުޑަކޮށް ބަޔާންކޮށް ފާސްކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވި.
720 ދުވަސް ކުރިން - 20:13
ސިޔާސީ މަގާމުތަކުގެ އަދަދު ވަކި ވަރެއްގައި ހިފެހެއްޓުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއް ކަމަށާއި، ނަމަވެސް މިހާތަނަށް މި ސަރުކާރުގެ އެ ތަފްސީލުތައް ހާމައެއް ނުކުރާކަމަށް ޝަރީފް ފާހަގަކުރެއްވި.
720 ދުވަސް ކުރިން - 20:03
ވޭތުވެދިޔަ ދެތިން އަހަރު ނިޒާމީ ގޮތުން ދައުލަތުގެ ޚަރަދު ރެކޯޑުކުރަމުން ދިޔަ ގޮތާއި ގުޅޭ ސީރިއަސް، އަދި ޤާނޫނާ ފުށުއަރާފަދަ މައްސަލަތަކެއް އެބަހުރި ކަމަށް ވަޒީރު ފާހަގަކުރެއްވި.
720 ދުވަސް ކުރިން - 18:50
ސަރުކާރުން ބަލަނީ ބޮޑު ބަޖެޓެއް ހުށަނާޅައި އެސްއޯއީ ރިފޯމްކޮށް، ކުންފުނިތަކުގެ ޢާމްދަނީ ރަނގަޅުކުރުމަށް މަސައްކަތް ކުރުމަށް ކަމަށާއި، 10 ބިލިއަން ރުފިޔާގެ ސަޕްލިމެންތަރީ ބަޖެޓެއް ހުށަނާޅާނެ ކަމަށް ސަރުކާރުން ބުނެފި.
720 ދުވަސް ކުރިން - 17:27
އަމިއްލަ ވިޔަފާރިތަކުން ތަޢާރަފްކުރާ އެސެޓް ބެކްޑް އޮންލައިން ފައިސާ ރާއްޖޭގައި ބޭނުންކުރުމާއި ގުޅޭ ޤަވާޢިދެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޑެޕިއުޓީ ގަވަރުނަރު އަޙްމަދު އިމާދު ވިދާޅުވެއްޖެ.
720 ދުވަސް ކުރިން - 15:42
އެމްއޭސީއެލް އިން ސްކޫލްތަކަށް އަމާޒުކޮށްގެން ބާއްވާ ފުރަތަމަ ކެރިއަރ ފެއަރ މިއަދު ހުޅުމާލޭ ޣާޒީ ސްކޫލުގައި ފަށައިފި. މި ފެއަރގެ މަޤްޞަދަކީ އެމްއޭސީއެލްގައި ހުރި ވަޒީފާގެ ފުރުޞަތުތައް ސްކޫލް ދަރިވަރުންނަށް އަންގައިދިނުން.
720 ދުވަސް ކުރިން - 15:20
މި ސަމިޓަކީ ވާހަކަދެއްކުމުގެ ދާއިރާއަށް ޝައުގުވެރިވާ ފަރާތްތަކަށް އަމިއްލަ ނަފްސަށް އޮންނަ އިތުބާރު އިތުރުކޮށް، ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ ސަމިޓެއް.
720 ދުވަސް ކުރިން - 15:14