Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ސިނަމާލެ ބްރިޖް ޕާކު ހުޅުވައިފި

ސިނަމާލެ ބްރިޖް ޕާކު ހުޅުވައިފި

އައިޝަތު ރުވާ ރިފްޢަތު
634 ދުވަސް ކުރިން - 20 އޮކްޓޫބަރު 2024 09:47
ސިނަމާލެ ބްރިޖް ޕާކު ހުޅުވުމުގެ ރަސްމިއްޔާތު / ފޮޓޯ:އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ
ސިނަމާލެ ބްރިޖް ޕާކު ހުޅުވުމުގެ ރަސްމިއްޔާތު / ފޮޓޯ:އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ
ޚުލާސާ

މި ޕާކަކީ، ދެ ޤައުމުގެ ދެމެދުގައި އޮތް ދުރު ޒަމާންވީ ގުޅުމުގެ ރަމްޒެއް ކަމަށް ވުޒާއިން ފާހަގަކުރި.

ސިނަމާލެ ބްރިޖް ޕާކު ރަސްމީކޮށް ހުޅުވައިފިއެވެ. މި ޚާއްޞަ މުނާސަބަތުގައި ބޭއްވުނު ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗައިނާގެ ސަފީރު އެކްސަލަންސީ ވަންގް ލިޝިން އަދި އިމާރާތްކުރުމާއި ބިނާވެށި ތަރައްޤީކުރުމުގެ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ.

އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ބުނިގޮތުގައި ޗައިނާ-ދިވެހިރާއްޖޭގެ ރައްޓެހިކަމުގެ ބްރިޖްގެ ހަނދާނީ ނިޝާނެއްގެ ގޮތުގައި ތަރައްޤީކުރެވިފައިވާ މި ޕާކަކީ، ދެ ޤައުމުގެ ދެމެދުގައި އޮތް ދުރު ޒަމާންވީ ގުޅުމުގެ ރަމްޒެއް ކަމަށެވެ. މި ޕާކު ހުޅުވުމުގެ ރަސްމިއްޔާތުގައި ކުޑަކުދިން މުހިންމު ދައުރެއް އަދާކޮށްފައިވާކަމަށް ވުޒާއިން ބުންޏެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ. މުއްޠަލިބް ވިދާޅުވީ، "މި ހަނދާނީ ހަވީރުގައި ގައި ކުޑަކުދިންނާއެކު ވަގުތު ހޭދަކުރެވުނުކަމީ ޚާއްޞަ އުފަލެކެވެ. މި ޕާކަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުމުގެ ދިގު ތާރީޚުގެ ހެއްކެކެވެ." އަދި އިތުރަށް ވިދާޅުވީ، ސިނަމާލެ ބްރިޖަކީ އިޖްތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުމަށް މަގުފަހިކޮށްދީ، މުޖުތަމަޢުތައް ގުޅުވާލައިދޭ މުހިންމު ވަސީލަތެއް ކަމަށެވެ.

Advertisement

Advertisement 1

ރަސްމިއްޔާތު ނިމުމާއެކު، މި ޕާކު ޢާންމުންނަށް ހުޅުވާލެވިފައިވާ ކަމަށް އިމާރާތްކުރުމާއި ބިނާވެށި ތަރައްޤީކުރުމުގެ ވުޒާރާއިން ހާމަކުރިއެވެ. މާލޭގެ އާއިލާތަކަށާއި ކުޑަކުދިންނަށް މުނިފޫހިފިލުވުމަށް ލިބިގެންދިޔަ މި އައު ފުރުޞަތަކީ، ޗައިނާ-ދިވެހިރާއްޖޭގެ ރައްޓެހިކަމުގެ އިތުރު ހެއްކެއް ކަމުގައި ވުޒާއިން ބުންޏެވެ.

A memorable evening was spent with children today who played a special role in the inauguration of the monumental Sinamale’ Bridge Park with the Ambassador of the People’s Republic of China, H.E. Wang Lixin, and Minister Dr. Abdulla Muththalib. Following this event, we are also… pic.twitter.com/MGhqzsou0T

— Ministry of Construction and Infrastructure (@MoCImv)

?t=PItHki2VOidp2ijjF5_Irg&s=19

މި ޕާކަކީ މާލޭގެ ރައްޔިތުންނަށް އާ ހިތްހަމަޖެހުމެއް ގެނެސްދޭނެ ތަނެއް ކަމަށްވެސް އުއްމީދު ކުރެވެއެވެ.

މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބުމިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރޗައިނާ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިހާތަނަށް ނަރުދަމާގެ 43 މަޝްރޫއެއް ނިންމައިފި

މިހާތަނަށް ނަރުދަމާގެ 43 މަޝްރޫއެއް ނިންމައިފި

3 ދުވަސް ކުރިން - 14:14

ތޫފާން ބާވީ ޗައިނާއަށް އަރައި، 1.7 މިލިއަނަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފި

ޗައިނާއަށް ތޫފާނެއް އަރައި، މިލިއަނަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފި

5 ދުވަސް ކުރިން - 23:28

ޗައިނާ މާކެޓް އިތުރަށް ވަރުގަދަކުރުމަށް ރާއްޖޭގެ ޓޫރިޒަމް ވަފުދެއް ޗައިނާއަށް

ޗައިނާ މާކެޓް އިތުރަށް ވަރުގަދަކުރުމަށް ރާއްޖޭގެ ޓޫރިޒަމް ވަފުދެއް ޗައިނާއަށް

14 ދުވަސް ކުރިން - 21:31

އުސް އިމާރާތްތަކުގައި ރޯވާ އަލިފާން ނިއްވަން ޗައިނާއިން  ހައި ޓެކް ޑްރޯނެއް ދައްކާލައިފި

އުސް އިމާރާތްތަކުގައި ރޯވާ އަލިފާން ނިއްވަން ޗައިނާއިން ޑްރޯނެއް ދައްކާލައިފި

42 ދުވަސް ކުރިން - 23:06

ޗައިނާގެ ކާރު އުފައްދާ ކުންފުނިތަކާ ވާދަކުރުމުގައި ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެއްޖެ

ޗައިނާގެ ކާރު އުފައްދާ ކުންފުނިތަކާ ވާދަކުރުމުގައި އެހެން ގައުމުތަކަށް ގޮންޖެހުން!

49 ދުވަސް ކުރިން - 17:08

ޗައިނާގައި ހިނގި އެކްސިޑެންޓުގައި 13 މީހުން މަރުވެއްޖެ

ޗައިނާގައި ހިނގި އެކްސިޑެންޓުގައި 13 މީހުން މަރުވެއްޖެ

49 ދުވަސް ކުރިން - 11:09