Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރަސްމާލެއިން ޕްރޮޕަޓީ ވިއްކޭނީ ވެސް އަދި ވިސާ ދޭނެ ފަރާތްތައް ނިންމާނީ ވެސް ސަރުކާރުން: މިނިސްޓަރު މުއްތަލިބު

ރަސްމާލެއިން ޕްރޮޕަޓީ ވިއްކޭނީ ވެސް އަދި ވިސާ ދޭނެ ފަރާތްތައް ނިންމާނީ ވެސް ސަރުކާރުން: މިނިސްޓަރު މުއްތަލިބު

އައިޝަތު ރުވާ ރިފްޢަތު
5 ގަޑިއިރު ކުރިން - 26 ސެޕްޓެންބަރު 2026 19:56
ހައުސިންގ މިނިސްޓަރ މުއްތަލިބު އަދި އީގަލް ހިލްސްގެ ޗެއާމަން އަލައްބާރު. / ފޮޓޯ: މިނިސްޓްރީ
ހައުސިންގ މިނިސްޓަރ މުއްތަލިބު އަދި އީގަލް ހިލްސްގެ ޗެއާމަން އަލައްބާރު. / ފޮޓޯ: މިނިސްޓްރީ
ޚުލާސާ

އެއްވެސް ލޯނެއް އަދި ސޮވަރިން ގެރެންޓީއަކާ ނުލައި ހުޅުމާލޭގައި 5،000 ހައުސިންގ ޔުނިޓު ޑިވެލޮޕަރު އަޅައިދޭއިރު، ފައިދާގެ ބޮޑު އިންސައްތައެއް ދައުލަތަށް ލިބޭނެ. ރައީސް މުޢިއްޒު ވަނީ މި މަޝްރޫޢު ކުރިއަށްދާނީ ޤާނޫނުއަސާސީއާ އެއްގޮތަށް ކަމުގެ ޔަޤީންކަން ދެއްވާފަ.

ރަސްމާލެ ވޯޓަރފްރަންޓް މަޝްރޫއުގެ ދަށުން ތަރައްގީކުރާ އެއްވެސް ޕްރޮޕަޓީއެއް ސަރުކާރުގެ ހުއްދައާ ނުލައި އެހެން ފަރާތަކަށް ނުވިއްކޭނެ ކަމަށާއި، އެތަނުން މިލްކިއްޔާތެއް ގަތުމަކުން ރާއްޖެއަށް އެތެރެވުމުގެ ނުވަތަ ދިރިއުޅުމުގެ ވިސާއެއް އޮޓޮމެޓިކުން ނުލިބޭނެ ކަމަށް ހައުސިންގ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އުފެދިފައިވާ ކަންބޮޑުވުންތަކަށް ރައްދު ދެއްވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ، މިއީ ބޭރުގެ ކުންފުންޏަކަށް ރާއްޖޭގެ ބިން "ހިލޭ" ދޫކޮށްލުމެއް ނޫން ކަމަށާއި، ބިމުގެ އެއްވެސް "ފްރީހޯލްޑް" މިލްކުވެރިކަމެއް އެއްވެސް ފަރާތަކަށް ނުލިބޭނެ ކަމަށެވެ. އަދި ޕްރޮޕަޓީ ގަންނަ ފަރާތްތަކާއި އެތަންތަން ލިބޭ ފަރާތްތައް ސަރުކާރުން ޗެކްކޮށް، ހުއްދަ ދިނުމާއި ނުދިނުމުގެ ފުރިހަމަ ބާރު އޮންނާނީ ދައުލަތަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ ވިސާ ދިނުމަކީ ޑިވެލޮޕަރުގެ އެއްވެސް ބަހެއް އޮންނާނެ ކަމެއް ނޫން ކަމަށާއި، ވިސާ ދިނުމާއި ބާތިލުކުރުމުގެ ފުރިހަމަ އިހުތިޔާރު އޮންނާނީ ސަރުކާރަށް ކަމަށެވެ. މީގެއިތުރުން، މި އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި އަޅާ 5،000 ހައުސިންގ ޔުނިޓަކީ ސަރުކާރުގެ އެއްވެސް ލޯނެއް ނުވަތަ ސޮވަރިން ގެރެންޓީއެއް ނެތި ޑިވެލޮޕަރު އަޅައިދޭ ތަންތަން ކަމަށާއި، އެ ތަންތަނުގެ ކުލި ނަގާނީ ސީދާ ދައުލަތުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

Advertisement

Advertisement 1

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ މި މަޝްރޫއުގައި ގާނޫނުއަސާސީއާ ހިލާފު އެއްވެސް ކަމެއް ނޯންނާނެ ކަމަށާއި، ބޭރުގެ އެއްވެސް ފަރާތަކަށް ބިން މިލްކުކޮށް ނުދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފައެވެ.

ރަސްމާލެމިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބުރައީސް ޑރ. މުހައްމަދު މުއިއްޒު
Advertisement
Advertisement

2 ރިއެކްޝަންސް / 2 ކޮމެންޓް

0%
0%
0%
0%
0%

ވިސްނަ

4 ގަޑިއިރު ކުރިން - 20:35

މިކަހަލަ ހައެއްކަ ޕްރޮޖެކްޓް ހައެއްކަ ދިމާއަށް ވައްޓާލީމާ ރާއްޖެ އެދިޔައީ އެހެން ލެވެލަކަށް، ބިޒިނަސް ހިނގާނެ ކުރިއެރުންތައް ފެންނާނެ، ކުއްޔާއި ޓެކުހާއި، ވިޔަފާރިތަކާއި، ވަޒީފާތަކުން މަންފާކުރާނެ، ވިސްނަންވީ އައުޓް އޮފް ބޮކްސްގެ ވިސްނުމަކުން... ފިކުރު ބަންދުވެފައި ސިޔާސީ އަރައިރުމުގައި ތިބެގެން ކުރިއެރުމެއް ނުލިބޭނެ..

ަަަަޖިނަަަ ހެ

4 ގަޑިއިރު ކުރިން - 20:33

ސަޢޫދީ ފާފު ޕްރޮޖެކްޓް ސިޔާސީ ކޮށްގެން ބޭރުކޮށްލި ހިތި ތާރީޚު ތަކުރާރު ނުކުރައްވާ! ​ވެރިކަން ބަދަލުވިޔަސް މި ފަސްގަނޑުގައި ހަދާ ބިނާތަކެއް އުފުރާލައިގެން އެއްވެސް މީހަކަށް ނުގެންދެވޭނެ. ސިޔާސީ ފިކުރު އެއްފަރާތްކޮށް، ޤައުމުގެ ކުރިމަގަށް ވިސްނާށެވެ! މިކަހަލަ ހައެއްކަ ޕްރޮޖެކްޓް ހައެއްކަ ދިމާއަށް ވައްޓާލީމާ ރާއްޖެ އެދިޔައީ އެހެން ލެވެލަކަށް، ބިޒިނަސް ހިނގާނެ ކުރިއެރުންތައް ފެންނާނެ، ކުއްޔާއި ޓެކުހާއި، ވިޔަފާރިތަކާއި، ވަޒީފާތަކުން މަންފާކުރާނެ، ވިސްނަންވީ އައުޓް އޮފް ބޮކްސްގެ ވިސްނުމަކުން... ފިކުރު ބަންދުވެފައި ސިޔާސީ އަރައިރުމުގައި ތިބެގެން ކުރިއެރުމެއް ނުލިބޭނެ...

ގުޅޭ ޚަބަރުތައް

ރަސްމާލެއާ ގުޅޭގޮތުން އާޒިމް ދައްކަވާ ވާހަކަފުޅުތަކުގެ ދެކޮޅުނުޖެހޭ! ފުރަތަމަ ބުނީ ބޭކާރު ތަނެކޭ، މިހާރު އެވަރެއް ނެތް!

ރަސްމާލެއާ ގުޅޭގޮތުން އާޒިމް ދައްކަވާ ވާހަކަފުޅުތަކުގެ ދެކޮޅުނުޖެހޭ!

3 ގަޑިއިރު ކުރިން - 21:07

ރަސްމާލެއިން ބިން ވިއްކަނީއެއް ނޫން: 99 އަހަރުގެ ކުއްޔާއި ބޮޑު އިންވެސްޓްމަންޓްގެ އަސްލު!

ރަސްމާލެއިން ބިން ވިއްކަނީއެއް ނޫން: 99 އަހަރުގެ ކުއްޔާއި އިންވެސްޓްމަންޓްގެ އަސްލު!

7 ގަޑިއިރު ކުރިން - 17:47

ކުރީގެ ލެގޫން ޑިވެލޮޕްމަންޓްތަކާ ހިލާފަށް ރަސްމާލެ ފަރުމާކޮށްފައިވަނީ ދައުލަތަށް ދާއިމީ އާމްދަނީ ލިބޭގޮތަށް

ރަސްމާލެ ފަރުމާކޮށްފައިވަނީ ދައުލަތަށް ދާއިމީ އާމްދަނީ ލިބޭގޮތަށް

10 ގަޑިއިރު ކުރިން - 14:46

40 މިލިއަނުގެ ފަޅުތަކަށްވުރެ 500 މިލިއަން ޑޮލަރުގެ ރަސްމާލެ މާ ބޮޑުތަންވެސް ކުރީގައި!

40 މިލިއަނުގެ ފަޅުތަކަށްވުރެ 500 މިލިއަން ޑޮލަރުގެ ރަސްމާލެ މާ ކުރީގައި!

17 ގަޑިއިރު ކުރިން - 07:30

މުއްސަނދިންގެ ޕްރައިވެޓް ވިލާތަކުގެ ޒަމާން ނިމިއްޖެ، މިއީ 8،000 އާއިލާގެ ރަސްމާލެ!

މުއްސަނދިންގެ ޕްރައިވެޓް ވިލާތަކުގެ ޒަމާން ނިމިއްޖެ، މިއީ 8،000 އާއިލާގެ ރަސްމާލެ!

18 ގަޑިއިރު ކުރިން - 07:00

20 އަހަރުގެ ގައުމީ ތަރައްގީގެ މާސްޓާޕްލޭން ގާނޫނީގޮތުން ހިމާޔަތްކުރުމަށް ހާއްސަ ގާނޫނެއް އެކުލަވާލަނީ

20 އަހަރުގެ މާސްޓާޕްލޭން ގާނޫނީގޮތުން ހިމާޔަތްކުރުމުގެ މަސައްކަތް ފަށައިފި

1 ދުވަސް ކުރިން - 00:45