މިއަހަރު ސަރުކާރުން ހުށަހަޅާ ސަޕްލިމެންޓަރީ ބަޖެޓަށް 10 ބިލިއަން ރުފިޔާ ނާރާނެ ކަމަށް މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ވިދާޅުވީ ކުރީ ސަރުކާރުން ފައިނޭންސް ކުރެވޭނެ މެކޭޏިޒަމެއް އެސްޓަބްލިޝް ނުކޮށް ކަންތައްތައް ކޮށްފައި އޮތުމުން ބައެއް ކޮންޓްރެކްޓަރުންނަށް ފައިސާ ދޫކުރުމުގައި ކުޑަ ދަތިކަމެއް ދިމާވެފައިވާ ކަމަށާއި ނަމަވެސް ކޮންޓްރެކްޓަރުންނަށް ފައިސާ މިހާރުވެސް ދެމުންދާ ކަމަށެވެ. އެކަމަކު މިމައްސަލަތައް ހައްލުކުރެވޭނެ ކަމުގެ ޔަޤީންކަން ދެއްވަމުން މިނިސްޓަރު ވިދާޅުވީ އިޤްތިޞާދީ ގޮތުން ރައީސްއާ މަޝްވަރާކުރެވި އިޤްތިޞާދީ ރިފޯމް އެޖެންޑާއެއް އެބަ ތައްޔާރުކުރާ 10 ބިލިއަން ރުފިޔާގެ ބަޖެޓެއް ސަރުކާރުން ހުށަނާޅުއްވާނެ ކަމުގެ ޔަޤީންކަން ދެއްވައި މިނިސްޓަރު ވިދާޅުވީ 5 ބިލިއަން ރުފިޔާ ވެސް ސަޕްލިމެންޓަރީ ބަޖެޓަށް އަރާނެ ކަމަށް ޤަބޫލުފުޅު ނުކުރެއްވޭ ކަމަށެވެ.
"10 މިލިއަނެއް ނާރާނެ، ބަޖެޓުގެ މަސައްކަތް ކުރެވެމުން އެބަދޭ. ފިނޭނެސް މިނިސްޓްރީގެ މުވައްޒަފުންނާއި ގުޅިގެން މިނިސްޓްރީތަކާއި ވެސް ގުޅިގެން ބަޖެޓުގެ ފައިނަލް މަސައްކަތްތައް މި ވީކެންޑުގައިވެސް ކުރައްވާ ކަމަށް ވިދާޅުވި."
ސަރުކާރުތަކުން ގިނަ ފަހަރަށް ސަޕްލިމެންޓަރީ ބަޖެޓް ހޯދަނީ އަސްލު ބަޖެޓުން ބޭރުން އިތުރު ފައިސާ ބޭނުންވެދާނެ މުހިންމު ޤައުމީ މަޝްރޫޢުތައް ކާމިޔާބުކަމާއެކު ނިންމުމަށެވެ. ކުރީ ސަރުކާރުން ކަންތައްތައް ކޮށްފައިވާ މާލީ ދޯހަޅި ކަމުގެ ސަބަބުން، މިފަދަ ސަޕްލިމެންތަރީ ބަޖެޓެއް ހުށަހެޅުމުން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމާއި، މުހިންމު މައްސަލަތައް ހައްލުކުރުމާއި، ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުމަށް ސަރުކާރަށް ފަސޭހަވާނެއެވެ. ނަމަވެސް ސަރުކާރުން ބަލަނީ ބޮޑު ބަޖެޓެއް ހުށަނާޅައި އެސްއޯއީ ރިފޯމްކޮށް، ކުންފުނިތަކުގެ ޢާމްދަނީ ރަނގަޅުކުރުމަށް މަސައްކަތް ކުރުމެވެ.



