Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެސެޓް ބެކްޑް އޮންލައިން ފައިސާއާ ގުޅޭ ޤަވާޢިދެއް އެކުލަވާލަނީ

އެސެޓް ބެކްޑް އޮންލައިން ފައިސާއާ ގުޅޭ ޤަވާޢިދެއް އެކުލަވާލަނީ

އާނާ ފަހީމް
681 ދުވަސް ކުރިން - 19 އޮކްޓޫބަރު 2024 15:42
އެމްއެމްއޭ
އެމްއެމްއޭ
ޚުލާސާ

އަމިއްލަ ވިޔަފާރިތަކުން ތަޢާރަފްކުރާ އެސެޓް ބެކްޑް އޮންލައިން ފައިސާ ރާއްޖޭގައި ބޭނުންކުރުމާއި ގުޅޭ ޤަވާޢިދެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޑެޕިއުޓީ ގަވަރުނަރު އަޙްމަދު އިމާދު ވިދާޅުވެއްޖެ.

އެސެޓް ބެކްޑް އޮންލައިން ފައިސާއާ ގުޅޭ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ޑެޕިއުޓީ ގަވަރުނަރު އަޙްމަދު އިމާދު ވިދާޅުވެއްޖެއެވެ. މިކަން އިމާދު ހާމަކުރެއްވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ބިޒްނަސް ސްކޫލްގެ ދަރިވަރުންނަށް އަމާޒުކޮށް އެމްއެމްއޭއިން ބޭއްވި ޕެނަލް ޑިސްކަޝަނެއްގައި ވާހަކަދައްކަވަމުންނެވެ.

އިމާދު ވިދާޅުވީ ދިވެހި ރުފިޔާގެ ބަދަލުގައި އަމިއްލަ ވިޔަފާރިތަކުން ތަޢާރަފްކުރާ ރުފިޔާ ބެކްޑް ނުވަތަ އެސެޓް ބެކްޑް އޮންލައިން ފައިސާ ރާއްޖޭގައި ބޭނުންކުރުމާ ގުޅޭ ޖޮއިންޓް ރެގިއުލޭޓަރީ ފްރޭމްވޯކެއް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އާ ގުޅިގެން އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އެސެޓެއް ބެކްޓު ކޮއިންސްއަށް މި ފުރުޞަތުދެނީ، މި ޤަވާޢިދާއި އެކު ރާއްޖޭގެ މަރކެޓަށް ވަރޗުއަލް އެސެޓްސް ފޯރުކޮށްދޭނެ މެކޭނިޒަމެއް ނުވަތަ ލައިސެންސިންގ މެކޭނިޒަމެއް، ކުރިއޭޓުވެގެން އަންނާނީ،" އިމާދު ވިދާޅުވިއެވެ.

Advertisement

Advertisement 1

އިމާދު އިތުރަށް ވިދާޅުވީ ރާއްޖޭގެ މާލީ ނިޒާމު ޑިޖިޓަލްކުރުމަށް އެމްއެމްއޭއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން މަދު ސިކުންތުކޮޅެއްގެ ތެރޭގައި އެއް ބޭންކުން އަނެއް ބޭންކަށް ފައިސާ ޖަމާކުރެވޭނެ ނިޒާމެއް ކަމަށްވާ މޯލްޑިވްސް އިންސްޓަންޓް ޕޭމަންޓް ސިސްޓަމް "ފަވަރަ" ވަނީ ގާއިމްކޮށްފައެވެ.

ނަމަވެސް އިމާދު ވިދާޅުވީ އަމިއްލަ ފަރާތްތަކުން ރުފިޔާ ނުވަތަ އެސެޓަކަށް ބެކް ނުކޮށް ފޯރުކޮށްދޭ ކްރިޕްޓޯ ކަރަންސީއަށް މަރުކަޒީ ބޭންކުން ހިތްވަރުނުދޭނެ ކަމަށެވެ. އެއީ ކްރިކްރިޕްޓޯ ކަރަންސީއަކީ އެއްވެސް ބައެއްގެ ކޮންޓްރޯލެއް އޮންނަ ފައިސާއެއް ނޫން ކަމަށް ވާތީއެވެ.

އެމްއެމްއޭ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރިސޯޓު މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުމަށް އެއްވެސް ހުރަހެއް ނެތް: އެމްއެމްއޭ

ރިސޯޓު މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުމަށް އެއްވެސް ހުރަހެއް ނެތް: އެމްއެމްއޭ

3 ދުވަސް ކުރިން - 11:46

ބިދޭސީ މުވައްޒަފުންގެ މުސާރަ އެ މުވައްޒަފެއްގެ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމްކޮށްފި

ބިދޭސީ މުވައްޒަފުންގެ މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމްކޮށްފި

6 ދުވަސް ކުރިން - 11:40

ރިޕޯޓް: ޒަރޫރީ ބޭނުންތަކަށް ރަސްމީ ރޭޓުގައި ދިވެހިންނަށް ޑޮލަރު ލިބޭ

ރިޕޯޓް: ޒަރޫރީ ބޭނުންތަކަށް ރަސްމީ ރޭޓުގައި ދިވެހިންނަށް ޑޮލަރު ލިބޭ

7 ދުވަސް ކުރިން - 14:50

ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން 40 ޕަސެންޓު ބޭންކުތަކަށް މާރުކުރަންޖެހޭ ގޮތަށް ގާނޫނު އިސްލާހު ކުރަނީ

40 ޕަސެންޓު ބޭންކުތަކަށް މާރުކުރަންޖެހޭ ގޮތަށް ގާނޫނު އިސްލާހު ކުރަނީ

7 ދުވަސް ކުރިން - 13:54

ބޭރު ފައިސާ މާރުކުރުމުގެ ގަވާއިދަށް އެއްވެސް ވަރަކަށް އަމަލުނުކުރާ ދެ ރިސޯޓެއްގެ ނަން އެމްއެމްއޭ އިން އާންމުކޮށްފި

ބޭރު ފައިސާ މާރުކުރުމުގެ ގަވާއިދަށް އަމަލުނުކުރާ ދެ ރިސޯޓެއްގެ ނަން އާންމުކޮށްފި

8 ދުވަސް ކުރިން - 18:51

ގަވާއިދާ ޚިލާފަށް ޑޮލަރު މާރުކުރި އެކްސްޗޭންޖެއްގެ ލައިސަންސް އެމްއެމްއޭއިން ބާތިލްކޮށްފި!

ގަވާއިދާ ޚިލާފަށް ޑޮލަރު މާރުކުރި އެކްސްޗޭންޖެއްގެ ލައިސަންސް އެމްއެމްއޭއިން ބާތިލްކޮށްފި!

10 ދުވަސް ކުރިން - 16:40