އައިޖީއެމްއެޗްގައި އައިވީއެފްގެ ޚިދުމަތް މިއަހަރު ފެށުމަށް ފާޓިލިޓީ ސެންޓަރު މިހށރު ވަނީ ތަރައްގީކޮށް ނިމިފައި. މި ޚިދުމަތަކީ ރައީސްގެ ވަޢުދުފުޅެއް.
709 ދުވަސް ކުރިން - 19:19
ޚަރަދު ރިކޯޑުކުރުމުގެ މައްސަލަ ހައްލުކޮށް މާލީ ހިސާބުތައް ޢާއްމުކޮށްފި. މީގެ އިތުރުން، 2023 ގެ ޚަރަދު އެ އަހަރުގެ ހިސާބުތަކުގައި ހިމެނުމަށާއި ގެއްލިފައިވާ ޚަރަދުތަކުގެ ތަފްޞީލް ހޯދުމަށްވެސް ވަނީ ހުށަހަޅާފަ.
709 ދުވަސް ކުރިން - 18:07
ލުބުނާނުގެ ހިޒްބުﷲ ގެ އައު ވެރިޔަކަށް ޝައިޚް ނައީމް ޤާސިމް އައްޔަންކޮށްފި. 60 އަހަރުގެ ޤާސިމްއަކީ 30 އަހަރަށްވުރެ ގިނަ ދުވަހު ހިޒްބުﷲގެ އިސް މަޤާމެއްގައި ހުންނެވި ބޭފުޅެއް.
709 ދުވަސް ކުރިން - 17:32
މި މައްސަލަ ހުށަހެޅުއްވީ ދިއްގަރު ދާއިރާގެ މެންބަރު ނާޒިމް. ކޮމިޓީގެ މުޤައްރިރު މެންބަރު އަޙްމަދު ސަލީމް ވިދާޅުވީސިނގިރެޓް ސުމަގުލް ކުރުމަކީ ދައުލަތަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށް.
709 ދުވަސް ކުރިން - 16:08
ސަރުކާރުގެ އަމާޒަކީ އެކިގޮތްގޮތުން ފައިނޭންސް ހޯދައިގެން ވެސް ވީހާވެސް އަވަހަށް ގުޅީފަޅުގެ 85 ހެކްޓަރުގެ ބިން ހިއްކުން ކަމަށް މިނިސްޓަރ ވިދާޅުވި. ގުޅީފަޅުން ޖުމްލަ 3,520 ގޯތި ދޫކުރަން ސަރުކާރުން ވަނީ ނިންމާފައި.
709 ދުވަސް ކުރިން - 15:27
ފުލުހުން ބުނީ މި ހަރަކާތުގައި، އިންޓަނެޓް ބޭނުންކުރާއިރު ވިސްނަންޖެހޭ ކަންކަމާއި، އިންޓަނެޓް މެދުވެރިކޮށް ހިންގާ ކުށްތަކާއި، ސްކޭމްގެ މައްސަލަތަކާއި، ރައްކާތެރިގޮތުގައި އިންޓަނެޓް ބޭނުންކުރާނެ ގޮތްތަކާ ގުޅޭގޮތުން މަޢުލޫމާތު ޙިއްސާކޮށްފައިވާ ކަމަށް.
709 ދުވަސް ކުރިން - 15:22
އަލުން ގުރު ނަގަނީ "ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން" އަށް އައި ބަދަލާ ގުޅިގެން، ކުރިން ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ލޮކޭޝަނަށް ބަދަލު އައިސްފައިވާތީ.
709 ދުވަސް ކުރިން - 15:11
ފޭދޫ ސްކޫލު، މަރަދޫ ސްކޫލް އަދި އިރުޝާދިއްޔާ ސްކޫލުގެ ދަރިވަރުންނަށް މައިގަނޑު ގޮތެއްގައި މަޢުލޫމާތު ފޯރުކޮށްދީފައިވަނީ، ސައިބަރ އެވެއާނަސް މަހަށް ޚާއްސަކޮށްގެން ހޭލުންތެރިކަން އިތުރުކުރެވޭ ދާއިރާތަކަށް ފޯކަސް ކޮށްގެން.
709 ދުވަސް ކުރިން - 14:58
ރާއްޖެއިން ސައުދީ އަރަބިޔާއަށް ކަނޑައަޅާ ސަފީރަކަށް ސަރީރު އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފައިވަނީ 86 މެމްބަރުންގެ އިއްތިފާގުން. ސަރީރަކީ ޚާރިޖީ ގުޅުންތަކާ ގުޅުން ހުރި ގިނަ މަޤާމުތަކެއް ފުރުއްވާފައިވާ ބޭފުޅެއް.
709 ދުވަސް ކުރިން - 14:51
ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު މި ބަޖެޓު މަޖިލީހަށް ހުށަހެޅުއްވީ މިދިޔަ ބުރާސްފަތި ދުވަހު. އެ ބަޖެޓު މަޖިލީހުން މިއަދު ފާސްކޮށްފައިވަނީ 75 މެންބަރުންގެ ވޯޓުން.
709 ދުވަސް ކުރިން - 14:36
ޚާރިޖީ ވަޒީރުކަމަށް ޑރ. ޢަބްދުﷲ ޚަލީލާއި، މާލީ ވަޒީރުކަމަށް މޫސާ ޒަމީރު އަދި ސިއްޙަތާ ބެހޭ ވަޒީރުކަމަށް ޢަބްދުﷲ ނާޒިމް އިބްރާހީމަށް ރުހުން ދިނުމަށް ފާސްކޮށްފައިވަނީ 86 މެންބަރުންގެ އިއްތިފާގުން.
709 ދުވަސް ކުރިން - 14:19
ޝާދިޔާއާއި ޝަޒްރާގެ މައްސަލައިގައި ދަޢުވާ އުފުކުމަށް ޖިނާޢީ އިޖުރާތުގައިވާ މުއްދަތު އަދި ފަހަނައަޅައިގޮސްފައި ނުވާއިރު، މި ހަފްތާގައި އެކަމުގައި ގޮތެއް ނިންމާނެ ކަމަށް ޕީޖީ އޮފިޝަލް ވިދާޅުވި.
709 ދުވަސް ކުރިން - 13:49