Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ބޯޑަރުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް 241 ކޮމިޓީއަށް

ބޯޑަރުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް 241 ކޮމިޓީއަށް

އުސްތާޛް މުޙައްމަދު ޢަލީ
624 ދުވަސް ކުރިން - 29 އޮކްޓޫބަރު 2024 16:08
މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން: ބޯޑަރުގެ ރައްކާތެރިކަމާމެދު ސުވާލު އުފެދިފައިވާއިރު ދައުލަތަށް ލިބެންޖެހޭ އެތައް މިލިއަން ރުފިޔާއެއް ވަނީ ގެއްލިފަ. އެހެންކަމުން މައްސަލަ 241 ކޮމިޓީއަށް.
މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން: ބޯޑަރުގެ ރައްކާތެރިކަމާމެދު ސުވާލު އުފެދިފައިވާއިރު ދައުލަތަށް ލިބެންޖެހޭ އެތައް މިލިއަން ރުފިޔާއެއް ވަނީ ގެއްލިފަ. އެހެންކަމުން މައްސަލަ 241 ކޮމިޓީއަށް.
ޚުލާސާ

މި މައްސަލަ ހުށަހެޅުއްވީ ދިއްގަރު ދާއިރާގެ މެންބަރު ނާޒިމް. ކޮމިޓީގެ މުޤައްރިރު މެންބަރު އަޙްމަދު ސަލީމް ވިދާޅުވީސިނގިރެޓް ސުމަގުލް ކުރުމަކީ ދައުލަތަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށް.

ސިނގިރެޓް ވަގަށް އެތެރެކުރާތީ ރާއްޖޭގެ ބޯޑަރުގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ މައްސަލަ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ފޮނުވުމަށް ނިންމައިފިއެވެ.

މި މައްސަލަ ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމްއެވެ. ނާޒިމް ވިދާޅުވީ ދުންފަތާ ބެހޭ ޤާނޫނާއި އިމްޕޯޓް އެކްސްޕޯޓް ޤާނޫނަށް ގެނެވޭ އިޞްލާޙުތަކާ ގުޅިގެން އިތުރު މައްސަލަތައް އުފެދޭނެކަން ކުރިން ވެސް ފާހަގަކޮށްފައިވާ ކަމަށެވެ.

ނާޒިމް ވިދާޅުވި ގޮތުގައި މިހާރު ސިނގިރެޓް ސްމަގްލްކުރުމުގެ މައްސަލަތައް ދިމާވަމުންދާތީ، މިކަމުން ދައުލަތަށް ލިބެން އޮތް އާމްދަނީއެއް ގެއްލުމުގެ އިތުރުން ބޯޑަރުގެ ރައްކާތެރިކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.

Advertisement

Advertisement 1

ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު ޢަބްދުލްޣަފޫރު މޫސާ (ގަޕޯ) އާއި އެމްޑީޕީ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ވެސް މި މައްސަލައަށް ތާއީދުކުރެއްވިއެވެ.

241 ކޮމިޓީގެ މުޤައްރިރު އަދި އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ވިދާޅުވީ މިހާރަކަށް އައިސް ސިނގިރެޓް އެތެރެކުރާ މިންވަރު އިތުރުވެފައިވާ ކަމަށާއި، މިއީ ދައުލަތަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.

ޖޮއިންޓް ކޮމިޓީން ވަނީ ނާޒިމްގެ ހުށަހެޅުން ފާސްކޮށް، މި މައްސަލަ ބެލުމަށް 241 ކޮމިޓީއަށް ފޮނުވާފައެވެ.

މަޖިލިސް ނައިބު ރައީސް އަހްމަދު ނާޒިމް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ނާޒިމް އިސްތިއުފާ ދެއްވައިފި؛ ނައިބު ރައީސަކު ހޮވުމަށް ބާއްވާ ޖަލްސާ މާދަމާ

ނާޒިމް އިސްތިއުފާ ދެއްވައިފި؛ ނައިބު ރައީސަކު ހޮވުމަށް ބާއްވާ ޖަލްސާ މާދަމާ

45 ދުވަސް ކުރިން - 14:31

ނާޒިމް ވަކިކުރަން މާދަމާ ހެނދުނަށް އެޖެންޑާކޮށްފި

ނާޒިމް ވަކިކުރަން މާދަމާ ހެނދުނަށް އެޖެންޑާކޮށްފި

46 ދުވަސް ކުރިން - 18:38

މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ނާޒިމް ވަކިކުރުމުގެ މައްސަލަ އެޖެންޑާ ކޮށްފި

މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ނާޒިމް ވަކިކުރުމުގެ މައްސަލަ އެޖެންޑާ ކޮށްފި

48 ދުވަސް ކުރިން - 22:30

ނާޘިމް ވަކިކުރާ ޤަރާރަށް ޢަމަލު ކުރަން ނިންމައިފި

ނާޘިމް ވަކިކުރާ ޤަރާރަށް ޢަމަލު ކުރަން ނިންމައިފި

62 ދުވަސް ކުރިން - 12:54

މަޖިލީހުގެ ނައިބު ރައީސް ނާޒިމް ވަކިކުރުމުގެ މައްސަލަ މާދަމާގެ ޖަލްސާއަށް

ނާޒިމް ވަކިކުރުމުގެ މައްސަލަ މާދަމާ މަޖިލިސް ޖަލްސާއަށް

63 ދުވަސް ކުރިން - 16:39

ޕީއެންސީގެ ޕީޖީ ވަޓްސްއެޕް ގްރޫޕުން ނާޒިމް ބޭރުކޮށްލައިފި

ޕީއެންސީގެ ޕީޖީ ވަޓްސްއެޕް ގްރޫޕުން ނާޒިމް ބޭރުކޮށްލައިފި

63 ދުވަސް ކުރިން - 11:01