ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލަމެންޓްރީ ގުރޫޕްގެ ވަޓްސްއެޕް ގުރޫޕުން ދިއްގަރު ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ބޭރުކޮށްލައިފިއެވެ.
ނާޒިމާއި މެދު ޕީއެންސީގެ ގިނަ މެންބަރުންގެ މެދުގައި އިތުބާރު ގެއްލިފައި ވާއިރު، މަޖިލީހުގައި މީގެ ކުރިން އިންނެވި މާލިއްޔަތު ކޮމެޓީ އާއި ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އިން ވެސް މިފަހުން ވަނީ އޭނާ ބަދަލުކޮށްފައެވެ. ނާޒިމް މިހާރު އިންނަވަނީ މަޖިލީހުގެ އެންވަޔަރްމެންޓް ކޮމިޓީގައެވެ.
މަޖިލީހުގެ މެންބަރުންގެ 80 ޕަސަންޓް ވޯޓާއި އެކު އެތަނުގެ ނައިބު ރައީސް ކަމުގެ މަޤާމަށް ނާޒިމް އިންތިޚާބުކުރީ 2024 މޭ 28 ގައެވެ. ނާޒިމާއި ވާދަކުރެއްވި އެމްޑީޕީގެ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ އަށް ލިބިވަޑައިގަތީ 12 ވޯޓެވެ.









