Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

މަޖިލީހުގެ ނައިބު ރައީސް ނާޒިމް ވަކިކުރުމުގެ މައްސަލަ މާދަމާގެ ޖަލްސާއަށް

އައިޝަތު ރުވާ ރިފްޢަތު
156 ދުވަސް ކުރިން - 13 މެއި 2026 16:39
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް/ފޮޓޯ: މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް/ފޮޓޯ: މަޖިލިސް
ޚުލާސާ

ޕީއެންސީގެ ޕާލަމަންޓްރީ ގްރޫޕުން މިގޮތަށް ފާސްކުރުމާ ގުޅިގެން، ނާޒިމް ވަކިކުރުމުގެ މައްސަލަ ހުށަހެޅުމަށް ބޭނުންވާ ގަރާރުގައި އެޕާޓީގެ 40އަށްވެރެ ގިނަ މެންބަރުން ވަނީ ސޮއިކޮށްފައި.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒާއި ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވާ ކަމުގެ ތުހުމަތުގައި، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް އެ މަގާމުން ވަކިކުރުމުގެ މައްސަލަ މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުމަށް ނިންމައިފި އެވެ.

މި މައްސަލަ ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕީއެންސީގެ ޕާލަމަންޓްރީ ގްރޫޕުން މިއަދު ބޭއްވި ބައްދަލުވުމެއްގަ އެވެ. މި ބައްދަލުވުމުގައި މަޖިލީހުގެ ނައިބު ރައީސް ކަމުން ނާޒިމް ވަކިކުރުމަށް ވަނީ ފާސްކޮށްފަ އެވެ. ނަމަވެސް، މި ބައްދަލުވުމުގައި ނާޒިމް ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ.

ޕީއެންސީގެ ޕާލަމަންޓްރީ ގްރޫޕުން މިގޮތަށް ފާސްކުރުމާ ގުޅިގެން، ނާޒިމް ވަކިކުރުމުގެ މައްސަލަ ހުށަހެޅުމަށް ބޭނުންވާ ސޮއި ހޯދުމުގެ މަސައްކަތް ވަނީ ވަގުތުން ފަށާފައެވެ. އެގޮތުން، ބައްދަލުވުން ނިމުނުތާ ކުޑައިރުކޮޅެއްގެ ތެރޭގައި ޕީއެންސީގެ 40 އަށް ވުރެ ގިނަ މެންބަރުން ވަނީ މި ގަރާރުގައި ސޮއިކުރައްވާފަ އެވެ.

Advertisement

Advertisement 1

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބުނާގޮތުން، މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކިކުރެވޭނީ މަދުވެގެން މަޖިލީހުގެ ހަތަރުބައިކުޅަ އެއްބައި މެންބަރުންގެ ސޮޔާއެކު ހުށަހަޅާ ގަރާރަކުންނެވެ. އެއީ މަދުވެގެން 24 މެންބަރުންގެ ސޮޔެވެ. އަދި ނައިބު ރައީސް މަގާމުން ވަކިކުރެވޭނީ ޖަލްސާއަށް ހާޒިރުވެވަޑައިގަންނަވާ މެންބަރުންގެ އައުލަބިއްޔަތުންނެވެ. މަޖިލީހުގައި ތިއްބަވާ 93 މެންބަރުންގެ ތެރެއިން 74 މެންބަރުންނަކީ ޕީއެންސީއަށް ނިސްބަތްވާ މެންބަރުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މި މައްސަލަ މާދަމާގެ ޖަލްސާއަށް ހުށަހެޅުމަށް މިހާރު ވަނީ ތާވަލުކޮށްފަ އެވެ. މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް އަބްދުﷲ މިވަގުތު ރާއްޖެއިން ބޭރުގައި ހުންނެވި ނަމަވެސް، އެމަނިކުފާނު މާދަމާ ރާއްޖެ ވަޑައިގަންނަވާނެ އެވެ. ޖަލްސާ ބާއްވާނެ ސީދާ ގަޑިއެއް އަދި ކަށަވަރު ނުވި ނަމަވެސް، މާދަމާ މެންދުރުފަހު ނުވަތަ ރޭގަނޑު ޖަލްސާއެއް ބާއްވައިގެން މި މައްސަލަ ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ.

ރައްޔިތުންގެ މަޖިލިސްމަޖިލިސް ނައިބު ރައީސް އަހްމަދު ނާޒިމް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނަގައި ބަދަލުދޭން ހުށަހަޅައިފި

ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނަގައި ބަދަލުދޭން ހުށަހަޅައިފި

10 ދުވަސް ކުރިން - 13:22

މަޖިލީހުގެ ރައީސް އައިޕީޔޫ އެސެމްބްލީއަށް ޓެންޒޭނިއާއަށް ފުރާވަޑައިގެންފި

މަޖިލީހުގެ ރައީސް އައިޕީޔޫ އެސެމްބްލީއަށް ޓެންޒޭނިއާއަށް ފުރާވަޑައިގެންފި

12 ދުވަސް ކުރިން - 10:37

ރާއްޖެއާއި ޕާކިސްތާނާ ދެމެދު ގާނޫނު ހަދާ މަޖިލީހުގެ ދާއިރާއިން ގުޅުން ބަދަހިކުރަނީ

23 ދުވަސް ކުރިން - 14:44

ސީޕީސީ ކޮންފަރެންސްގައި ބައިވެރިވުމަށް މަޖިލީހުގެ ވަފުދެއް ސައުތު އެފްރިކާއަށް ފުރައިފި

ސީޕީސީ ކޮންފަރެންސްގައި ބައިވެރިވުމަށް މަޖިލީހުގެ ވަފުދެއް ސައުތު އެފްރިކާއަށް ފުރައިފި

31 ދުވަސް ކުރިން - 10:47

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

50 ދުވަސް ކުރިން - 14:25

މޫސުމީ މައްސަލައަކީ ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

މޫސުމީ މައްސަލައަކީ ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

50 ދުވަސް ކުރިން - 14:10