Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

5.1 ބިލިއަންގެ ސަޕްލިމެންޓްރީ ބަޖެޓް މަޖިލީހުން ފާސްކޮށްފި

5.1 ބިލިއަންގެ ސަޕްލިމެންޓްރީ ބަޖެޓް މަޖިލީހުން ފާސްކޮށްފި

އަައިޝަތު ޒީނާ
587 ދުވަސް ކުރިން - 29 އޮކްޓޫބަރު 2024 14:36
ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު. / ފޮޓޯ: މަޖިލިސް
ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު. / ފޮޓޯ: މަޖިލިސް
ޚުލާސާ

ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު މި ބަޖެޓު މަޖިލީހަށް ހުށަހެޅުއްވީ މިދިޔަ ބުރާސްފަތި ދުވަހު. އެ ބަޖެޓު މަޖިލީހުން މިއަދު ފާސްކޮށްފައިވަނީ 75 މެންބަރުންގެ ވޯޓުން.

ސަރުކާރުން ހުށަހެޅި 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު މި ބަޖެޓު މަޖިލީހަށް ހުށަހެޅުއްވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މަޖިލީހުން މިއަދު އެ ބިލު ފާސްކޮށްފައިވަނީ ސަރުކާރުން ހުށަހެޅި ގޮތަށެވެ.

ބަޖެޓުގެ މަސައްކަތަށް އެއް ދުވަހުގެ މުއްދަތެއް އިތުރުކޮށްދިނުމަށް ކޮމިޓީން އެދުމުން މަޖިލީހުން އެ ފުރުސަތު ދީފައިވާއިރު، ކޮމިޓީން ދިރާސާކުރުމަށްފަހު މަޖިލީހުގެ ތަޅުމުގައި ރިޕޯޓު ހުށަހަޅާފައިވަނީ މިއަދުއެވެ.

Advertisement

Advertisement 1

ރިޕޯޓު ހުށަހަޅައްވަމުން ބަޖެޓު ކޮމިޓީގެ މުގައްރިރު، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ވިދާޅުވެފައިވަނީ އެ ބަޖެޓާ ގުޅިގެން އެމްއެމްއޭއާއި އޮޓިޑަރ ޖެނެރަލްގެ އޮފީހާއި ފިނޭންސް މިނިސްޓަރުގެ ލަފާ ކޮމިޓީން ހޯދާފައިވާ ކަމަށާއި، ފިނޭންސް މިނިސްޓަރާއި އޮޓިޑަރ ޖެނެރަލް މަޖިލީހުގެ ކޮމިޓީއަށް ހާޒިރުވެވަޑައިގެން ބަޖެޓާ ގުޅޭ ގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވާ ކަމަށެވެ.

އެ ބަޖެޓު މަޖިލީހުން މިއަދު ފާސްކޮށްފައިވަނީ 75 މެންބަރުންގެ ވޯޓުންނެވެ. ބަޖެޓު ފާސްކުރުމަށް ނުފެންނަ ކަމަށް ވޯޓު ދެއްވާފައިވަނީ 11 މެންބަރުންނެވެ.

ސަޕްލިމެންޓަރީ ބަޖެޓުގައި ޤައުމީ ތަރައްޤީއަށް އަމާޒުކޮށްގެން ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) މަޝްރޫޢުތަކަށް ދެ ބިލިއަން ރުފިޔާ ހިމެނޭ ގޮތަށް ބޮޑެތި އެލޮކޭޝަންތަކެއް ވަނީ ކަނޑައަޅާފައެވެ. އަދި ތެލާއި ކަރަންޓާއި ފެން ފަދަ ޒަރޫރީ ޚިދުމަތްތަކަށް ސަބްސިޑީ ފަދަ އަވަސް ބޭނުންތަކަށް ޙައްލެއް ހޯދައި، އިތުރު އެއް ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، މިއަހަރު ޖުމްލަ ސަބްސިޑީ ދޫކުރާ މިންވަރު 3.8 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ.

މުހިންމު އެހެން އެލޮކޭޝަންތަކުގެ ތެރޭގައި ކޮންޓިންޖެންސީ ފަންޑަށް 650 މިލިއަން ރުފިޔާ، ސްޓޫޑެންޓް ލޯނަށް 458 މިލިއަން ރުފިޔާ، އަދި ސަރުކާރު ޙިއްސާވާ ކުންފުނިތަކަށް އެހީތެރިވުމަށް 441 މިލިއަން ރުފިޔާ ހިމެނެއެވެ. ސަޕްލިމެންޓަރީ ބަޖެޓަށް ފައިނޭންސް ކުރުމަށް ސަރުކާރުން ރާވާފައި ވަނީ ބޭރުގެ ލޯނުގެ އެހީގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ އާއި ޑޮމެސްޓިކް މާކެޓުން ލިބޭނެ ކަމަށް ލަފާކުރެވޭ ތިން ބިލިއަން ރުފިޔާ މެދުވެރިކޮށެވެ.

ބަޖެޓުގެ %70 ރިކަރަންޓް ޚަރަދަށް ޚަރަދުކުރާއިރު، ރިކަރަންޓް ޚަރަދުގެ ޖުމްލަ މިހާރު 36.4 ބިލިއަން ރުފިޔާއަށް އިތުރުވާނެއެވެ. މީގެ އިތުރުން މައިގަނޑު ގޮތެއްގައި ޕީއެސްއައިޕީގެ މަޝްރޫޢުތަކުގެ ސަބަބުން ކުރާ ކެޕިޓަލް ޚަރަދުތައް 15 ބިލިއަން ރުފިޔާއިން 19 ބިލިއަން ރުފިޔާއަށް އިތުރުވާނެއެވެ.

ސަބްސިޑީގެ ޚަރަދު އިތުރުވުމަކީ ފުރަތަމަ ރާވާފައިވާ ގޮތަށް ޚަރަދުތައް ކުޑަ ނުކުރެވި، ބަޖެޓް ޑެފިސިޓަށް އިތުރު ޕްރެޝަރެއް ކުރިމަތިވާ ކަމެކެވެ. ސަޕްލިމެންޓަރީ ބަޖެޓުގެ މަޤުސަދަކީ މިހާރު ހިނގަމުންދާ ތަރައްޤީގެ މަޝްރޫޢުތަކަށް ގެއްލުމެއް ނުދީ ޒަރޫރީ ދާއިރާތައް ކަވަރު ކުރުމެވެ.

ސަޕްލިމެންޓަރީ ބަޖެޓުގައިވާ ގޮތުން މި އަހަރަށް ލަފާކުރާ ޖުމުލަ އާމްދަނީއާއި ހިލޭ އެހީއަށް އިތުރު 640.1 މިލިއަން ރުފިޔާ ލިބޭނެއެވެ. އަދި މިއަހަރު ޖުމުލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 34.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބެލެވޭ ކަމަށް ބުނެފައިވެއެވެ.

ރައްޔިތުންގެ މަޖިލިސްމިނިސްޓަރު މޫސާ ޒަމީރު
Ad
Ad

ގުޅޭ ޚަބަރުތައް

ފިނޭންސް މިނިސްޓަރުގެ މަގާމަށް ތަޖުރިބާކާރު ބޭފުޅެއް ކަމަށްވާ ހަސަން ޒަރީރު އައްޔަނުކުރައްވައިފި

ފިނޭންސް މިނިސްޓަރުގެ މަގާމަށް ތަޖުރިބާކާރު ބޭފުޅެއް ކަމަށްވާ ހަސަން ޒަރީރު އައްޔަނުކުރައްވައިފި

10 ގަޑިއިރު ކުރިން - 15:01

ފިނޭންސް މިނިސްޓަރު ކަމުން މޫސާ ޒަމީރު މިއަދު އިސްތިއުފާ ދެއްވައިފި

ފިނޭންސް މިނިސްޓަރު ކަމުން މޫސާ ޒަމީރު މިއަދު އިސްތިއުފާ ދެއްވައިފި

13 ގަޑިއިރު ކުރިން - 11:49

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

2 ދުވަސް ކުރިން - 10:25

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މާދަމާ!

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މާދަމާ!

3 ދުވަސް ކުރިން - 12:12

މަޖިލީހުގެ ނައިބު ރައީސްކަމަށް ސަލީމް އިންތިހާބުކޮށްފި

މަޖިލީހުގެ ނައިބު ރައީސްކަމަށް ސަލީމް އިންތިހާބުކޮށްފި

7 ދުވަސް ކުރިން - 10:21

އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު މުރާޖައާކުރުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް އަނބުރާ ފޮނުއްވައިފި

އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު މުރާޖައާކުރުމަށް އަނބުރާ ފޮނުއްވައިފި

7 ދުވަސް ކުރިން - 02:25

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%