Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ހިޒްބުﷲގެ އައު ވެރިޔަކަށް ޝައިޚް ނައީމް ޤާސިމް މިއަދު އައްޔަންކޮށްފި

ހިޒްބުﷲގެ އައު ވެރިޔަކަށް ޝައިޚް ނައީމް ޤާސިމް މިއަދު އައްޔަންކޮށްފި

ޖަވާދު
680 ދުވަސް ކުރިން - 29 އޮކްޓޫބަރު 2024 17:32
އައްޝައިޚް ނަޢީމް ޤާސިމް- އޭނާ ވަނީ ހިޒްބުﷲގެ އައު ވެރިމީހާކަމަށް މިއަދު އައްޔަން ކޮށްފައި /ފޮޓޯ: އޭޕީ ފޮޓޯ
އައްޝައިޚް ނަޢީމް ޤާސިމް- އޭނާ ވަނީ ހިޒްބުﷲގެ އައު ވެރިމީހާކަމަށް މިއަދު އައްޔަން ކޮށްފައި /ފޮޓޯ: އޭޕީ ފޮޓޯ
ޚުލާސާ

ލުބުނާނުގެ ހިޒްބުﷲ ގެ އައު ވެރިޔަކަށް ޝައިޚް ނައީމް ޤާސިމް އައްޔަންކޮށްފި. 60 އަހަރުގެ ޤާސިމްއަކީ 30 އަހަރަށްވުރެ ގިނަ ދުވަހު ހިޒްބުﷲގެ އިސް މަޤާމެއްގައި ހުންނެވި ބޭފުޅެއް.

އިސްރާއީލުން ދިން ޙަމަލާގައި ހިޒްބުﷲގެ އޭރުގެ ވެރިޔާ އަވަހާރަވުމާއި ގުޅިގެން ޝޫރާ ކައުންސިލުން މިއަދު އެ ޖަމާޢަތުގެ އައު ލީޑަރަކަށް ނަޢީމް ޤާސިމް އައްޔަން ކޮށްފިއެވެ.

60 އަހަރުގެ ދީނީ އިލްމުވެރިއެއް ކަމަށްވާ ޤާސިމް މި މަޤާމަށް އައްޔަންކުރީ، ސެޕްޓެމްބަރު މަހު ބެއިރޫތުގައި އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގައި އެ ޖަމާޢަތުގެ ކުރީގެ ވެރިޔާ ހަސަން ނަސްރުﷲ އަވަހާރަވުމާ ގުޅިގެންނެވެ. ނަސްރުﷲ އަވަހާރަވުމަށްފަހު ވަގުތީ ވެރިޔާގެ ޒިންމާތައް މިހާތަނަށް އަދާކުރަމުން ގެންދިޔައީ ވެސް ޝެއިޚް ނައީމް ޤާސިމްއެވެ.

ޝައިޚް ނައީމް ޤާސިމްއަކީ 1953 ވަނަ އަހަރު ބެއިރޫތުގައި އުފަންވި، 30 އަހަރަށްވުރެ ގިނަ ދުވަހު ހިޒްބުﷲގެ އިސް މަޤާމެއްގައި ހުންނެވި ބޭފުޅެކެވެ. އޭނާ 1991 ގައި އެ ޖަމާޢަތުގެ ވެރިޔާގެ ނައިބުގެ މަޤާމަށް އައްޔަންކުރެވުނެވެ. އަދި އޭގެ އަހަރެއް ފަހުން ހަސަން ނަސްރުﷲ އަށް ހިޒްބުﷲ ގެ އެންމެ އިސް މަޤާމު ލިބިވަޑައިގަތުމުންވެސް ނައިބުގެ މަޤާމުގައި ޤާސިމް ދެމިހުންނެވިއެވެ.

Advertisement

Advertisement 1

އިސްރާއީލާއި ފަލަސްތީނުގެ އިސްލާމިސްޓް ޖަމާއަތް ހަމާސްއާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރޭގައި ޣައްޒާގައި ފަލަސްތީނަށް ތާއީދުކުރާ އެއްވުމެއްގައި ލުބުނާނުގެ ހިޒްބުاللهގެ އޭރުގެ ނައިބު ލީޑަރު ޝެއިޚް ގާސިމް ވާހަކަ ދައްކަވަނީ. އޭނާ މިއަދު ވަނީ އެ ޖަމާޢަތުގެ އެންމެ އިސް މީހާ ކަމަށް ހަމަޖައްސާފައި / ފޮޓޯ: ރޮއިޓާސް

ޝައިޚް ޤާސިމްގެ ސިޔާސީ މައިދާނުގައި މަސައްކަތް ފެއްޓެވީ 1974 ގައި އުފެދުނު ލުބުނާނުގެ އަމަލް މޫވްމަންޓުންނެވެ. 1979 ގައި އޭނާ އަމަލް ދޫކޮށްލެއްވީ އީރާނުގެ އިސްލާމީ އިންޤިލާބަށް ފަހުގައެވެ. އަދި 1982 ގައި ހިޒްބުﷲ އުފެދުމަށް ބޭއްވި ބައްދަލުވުންތަކުގައި އޭނާ ބައިވެރިވެވަޑައިގަތެވެ.

ޝައިޚް ޤާސިމްއަކީ ހިޒްބުﷲ ގެ އިސް ބަސްބުނާ ފަރާތްތަކުގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. އޭނާވަނީ ބޭރުގެ މީޑިއާތަކަށް އެ ޖަމާޢަތުގެ ނަމުގައި ގިނަ އިންޓަވިއުތައް ދެއްވާފައެވެ.

ހިޒްބުالله
Advertisement
Advertisement

ގުޅޭ ޚަބަރުތައް

ހިޒްބުﷲ އަކީ އީރާނުގެ ޕަޕެޓެއް ނޫން ކަން އެނގި އިޒުރޭލް ކުޑަކަކޫ މައްޗަށް!

ހިޒްބުﷲއަކީ އީރާނުގެ ޕަޕެޓެއް ނޫން ކަން އެނގި އިޒުރޭލް ކުޑަކަކޫ މައްޗަށް!

33 ދުވަސް ކުރިން - 16:45

އިސްރާއީލުގެ ހަމަލާތަކުން ގައުމާއި ރައްޔިތުން ދިފާއުކުރާނެ ކަމަށް ހިޒްބުﷲ އިން ބުނެފި

އިސްރާއީލުގެ ހަމަލާތަކުން ގައުމާއި ރައްޔިތުން ދިފާއުކުރާނެ ކަމަށް ހިޒްބުﷲ އިން ބުނެފި

81 ދުވަސް ކުރިން - 21:46

ޙިޛްބުالله އާއި ދެކޮޅަށް އިޒުރޭލުން ހަނގުރާމަ ކުރުން ހުއްޓާލައިފި: އެމެރިކާ

ޙިޛްބުالله އާއި ދެކޮޅަށް ހަނގުރާމަ ކުރުން އިޒުރޭލުން ހުއްޓާލައިފި: އެމެރިކާ

82 ދުވަސް ކުރިން - 18:49

ނަތަންޔާހޫގެ ކެބިނެޓުގެ އިންޒާރަކަށް ފަހު ބެއިރޫތަށް ވަރުގަދަ ޙަމަލާތަކެއް ދޭން ފަށައިފި

ނަތަންޔާހޫގެ ކެބިނެޓުގެ އިންޒާރަކަށް ފަހު ބެއިރޫތަށް ވަރުގަދަ ޙަމަލާތަކެއް ދޭން ފަށައިފި

87 ދުވަސް ކުރިން - 17:59

އިޒުރޭލު “ނަރަކައަކަށް” ހަދާލަން ތައްޔާރު: އީރާން

އިޒުރޭލު “ނަރަކައަކަށް” ހަދާލަން ތައްޔާރު: އީރާން

95 ދުވަސް ކުރިން - 10:43

ލުބުނާނުގެ ހަނގުރާމަ ހުއްޓާލުމަށް އާ އޮނިގަނޑެއް އިއުލާންކޮށްފި

ލުބުނާނުގެ ހަނގުރާމަ ހުއްޓާލުމަށް އާ އޮނިގަނޑެއް އިއުލާންކޮށްފި

97 ދުވަސް ކުރިން - 11:09

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%