Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އިސްރާއީލުގެ ހަމަލާތަކުން ގައުމާއި ރައްޔިތުން ދިފާއުކުރާނެ ކަމަށް ހިޒްބުﷲ އިން ބުނެފި

އިސްރާއީލުގެ ހަމަލާތަކުން ގައުމާއި ރައްޔިތުން ދިފާއުކުރާނެ ކަމަށް ހިޒްބުﷲ އިން ބުނެފި

ހުސައިން އިސްމާއިލް
46 ދުވަސް ކުރިން - 19 ޖޫން 2026 21:46
ހިޒްބުﷲ ގެ ހަނގުރާމަވެރިން---
ހިޒްބުﷲ ގެ ހަނގުރާމަވެރިން---
ޚުލާސާ

ހިޒްބުﷲ އިން ބުނީ އެ ޖަމާއަތުގެ މުޖާހިދުން ތިބީ ކޮންމެ ފަދަ އުދުވާނަކާ ކުރިމަތިލާންވެސް ވަރަށް ފަރުވާތެރިކަމާއެކު ތައްޔާރަށް ކަމަށް. ހިޒްބުﷲ އިން ބުނި ގޮތުގައި، ހަނގުރާމަ ހުއްޓާލުމުގެ އެއްވެސް އެއްބަސްވުމަކަށް އިސްރާއީލުން ދުވަހަކުވެސް އިހުތިރާމެއް ނުކުރޭ.

ލުބުނާނުގެ ވަރުގަދަ ޖަމާއަތެއް ކަމަށްވާ ހިޒްބުﷲ އިން، އިސްރާއީލުގެ އުދުވާނީ ހަމަލާތަކުން އެ ގައުމުގެ ބިމާއި ރައްޔިތުން ދިފާއުކުރާނެ ކަމުގެ ވަރުގަދަ އިންޒާރެއް ދީފިއެވެ.

ހިޒްބުﷲ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ޖަމާއަތުގެ މުޖާހިދުން ތިބީ ކޮންމެ ފަދަ އުދުވާނަކާ ކުރިމަތިލާންވެސް ވަރަށް ފަރުވާތެރިކަމާއެކު ތައްޔާރަށް ކަމަށެވެ. އަދި އޭޕްރީލް 16 އިން ފެށިގެން ގާއިމުކޮށްފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހިޒްބުﷲ އިން ޚިލާފުވެފައިވާ ކަމަށް ބުނެ އިސްރާއީލުން ކުރާ ތުހުމަތުތައް އެ ޖަމާއަތުން ވަނީ ދޮގުކޮށްފައެވެ.

ހިޒްބުﷲ އިން ބުނި ގޮތުގައި، ހަނގުރާމަ ހުއްޓާލުމުގެ އެއްވެސް އެއްބަސްވުމަކަށް އިސްރާއީލުން ދުވަހަކުވެސް އިހުތިރާމެއް ނުކުރެއެވެ. އަދި އެއްބަސްވުމާ ޚިލާފުވަނީ އިސްރާއީލުން ކަމަށްވެސް އެ ޖަމާއަތުން ބުނެފައިވެއެވެ.

Advertisement

Advertisement 1

މި މައްސަލައިގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފައިވަނީ، "ބޭނުންވާ މިންވަރަކަށް" އިސްރާއީލުގެ ސިފައިން ލުބުނާނުގައި މަޑުކުރާނެ ކަމަށެވެ. އަދި ހިޒްބުﷲ އިން ދެމުންދާ ހަމަލާތަކުގެ ބަދަލުގައި އެ ޖަމާއަތުން "ބޮޑު އަގެއް" ދައްކަން ޖެހޭނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އެމެރިކާއާއި އީރާނާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ލުބުނާނަށް ދޭ ހަމަލާތައް ހުއްޓާލުމަށް ގޮވާލާފައިވީ ނަމަވެސް، އިސްރާއީލުގެ އަސްކަރިއްޔާއިން ބުނަމުންދަނީ ލުބުނާނުގެ ދެކުނުގައިވާ ހިޒްބުﷲގެ މަރުކަޒުތަކަށާއި ހަނގުރާމަވެރިންނަށް އަމާޒުކޮށް ދޭ ހަމަލާތައް ކުރިއަށް ގެންދާނެ ކަމަށެވެ.

މި ހަމަނުޖެހުންތަކުގެ ސަބަބުން މުޅި ސަރަހައްދުގެ މަސްލަހަތު އިތުރަށް ގޯސްވެ، ބޮޑު ހަނގުރާމައަކަށް ބަދަލުވެދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.

ހިޒްބުاللهއިސްރާއީލްލުބްނާން ހަނގުރާމަލުބްނާން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރިޕޯޓު: ދިވެހިރާއްޖޭގެ އިސްލާމީ އައިޑެންޓިޓީއަށް ނަޝީދު ދެއްވި ހަމަލާ

ރިޕޯޓު: ދިވެހިރާއްޖޭގެ އިސްލާމީ އައިޑެންޓިޓީއަށް ނަޝީދު ދެއްވި ހަމަލާ

4 ދުވަސް ކުރިން - 14:29

ކަންކަމުން ރެކެން ވެގެން ނަތަންޔާހޫގެ ދަރި އޭނާގެ ނަން ބަދަލުކޮށްފި

ކަންކަމުން ރެކެން ވެގެން ނަތަންޔާހޫގެ ދަރި އޭނާގެ ނަން ބަދަލުކޮށްފި

6 ދުވަސް ކުރިން - 06:15

މަމްދާނީ އަށް ގޮންޖަހާލައި، އދ. ގެ ބައްދަލުވުމަށް ދާނެ ކަމަށް ނަތަންޔާހޫ ބުނެފި

މަމްދާނީ އަށް ގޮންޖަހާލައި، އދ.ގެ ބައްދަލުވުމަށް ދާނެ ކަމަށް ނަތަންޔާހޫ ބުނެފި

7 ދުވަސް ކުރިން - 12:57

އީރާނުގެ މައްސަލައިގައި މަޝްވަރާކުރަން ނަތަންޔާހޫ ސިއްރު އެއާބޭސްއަކުން އެމެރިކާއަށް ފުރައިފި

އީރާނުގެ މައްސަލައިގައި މަޝްވަރާކުރަން ނަތަންޔާހޫ ސިއްރު އެއާބޭސްއަކުން އެމެރިކާއަށް ފުރައިފި

7 ދުވަސް ކުރިން - 02:21

ޔަހޫދީ ސިފައިން ބުލްޑޯޒަރު ތަކުގައި ފަލަސްތީނުގެ ގެތައް ތަޅަނީ

ޔަހޫދީ ސިފައިން ފަލަސްތީނުގެ ގެތައް ތަޅަނީ

14 ދުވަސް ކުރިން - 13:45

ޔަހޫދީ ސިފައިން ފަލަސްތީނުގެ 19 މީހުން ޝަހީދުކޮށް، 60 މީހުން ޒަޚަމްކޮށްލައިފި

ޔަހޫދީ ސިފައިން ފަލަސްތީނުގެ 19 މީހުން ޝަހީދުކޮށް، 60 މީހުން ޒަޚަމްކޮށްލައިފި

16 ދުވަސް ކުރިން - 13:36