ޙިޛްބުالله އާއި ދެކޮޅަށް ހަނގުރާމަ ކުރުން ހުއްޓާލައިފި ކަމަށް އިސްރާއީލާއި ޙަވާލާދީ އެމެރިކާގެ އޮފިޝަލަކު ބުނެފިއެވެ.
މަސްދަރުތަކުން އެމެރިކާގެ އިސް އޮފިޝަލަކާއި ޙަވާލާދީ ބުނީ ލުބުނާނުގެ ގަޑިން ހަވީރު 4 ޖެހިއިރު (ރާއްޖެއަށް މިއަދު އިރު އޮއްސެނިކޮށް) ހަމަލާތައް ދިނުން ހުއްޓާލާފައިވާ ކަމަށެވެ.
އެމެރިކާގެ އޮފިޝަލުން ވިދާޅުވީ ހަމަލާ ދިނުން އިސްރާއީލުން ހުއްޓައިލީ، އިސްރާއީލާއި ލުބުނާނުގެ ބޯޑަރު ހަމައަކަށް އެޅުވުމަށާއި ހަމަނުޖެހުން އިތުރަށް ފުޅާވުން ހުއްޓުވުމަށް އެމެރިކާ އިސްނަގައިގެން ކުރި މަސައްކަތުން ކަމަށެވެ.








