Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ހިޒްބުﷲ އަކީ އީރާނުގެ ޕަޕެޓެއް ނޫން ކަން އެނގި އިޒުރޭލް ކުޑަކަކޫ މައްޗަށް!

ހިޒްބުﷲ އަކީ އީރާނުގެ ޕަޕެޓެއް ނޫން ކަން އެނގި އިޒުރޭލް ކުޑަކަކޫ މައްޗަށް!

ހުސައިން އިސްމާއިލް
16 ގަޑިއިރު ކުރިން - 7 އޯގަސްޓް 2026 16:45
ހިޒްބުﷲ އިން މިސައިލެއް ފޮނުވާލަނީ: މި ޖަމާޢަތަކީ ދުނިޔޭގައިވާ އެންމެ ވަރުގަދަ ހަނގުރާމަވެރި ޖަމާޢަތް ކަމަށް އިޒުރޭލުން އެއްބަސްވޭ.
ހިޒްބުﷲ އިން މިސައިލެއް ފޮނުވާލަނީ: މި ޖަމާޢަތަކީ ދުނިޔޭގައިވާ އެންމެ ވަރުގަދަ ހަނގުރާމަވެރި ޖަމާޢަތް ކަމަށް އިޒުރޭލުން އެއްބަސްވޭ.
ޚުލާސާ

ހިޒްބުﷲގެ ހަމަލާތަކުގެ ސަބަބުން އިޒްރޭލުގެ 96,000 އަށްވުރެ ގިނަމީހުން ގެދޮރު ދޫކޮށް ފިލަން ޖެހުނުއިރު، މިވީ ވިއްސަކަށް އަހަރުތެރޭ އެކަނިވެސް ހިޒްބުﷲ ނައްތާލަން 150ބިލިއަން ޑޮލަރު އިޒުރޭލުން ހޭދަކުރި. ނަމަވެސް ހިޒްބުﷲގެ ބާރު ދުވަހަށްވުރެ ދުވަހަކު ދަނީ ގަދަވަމުން. އެއީ މިނިވަން ޖަމާއަތެއްކަން އިޒުރޭލު އިންޓެލިޖެންސަށް އެނގިއްޖެ.

އިސްރާއީލުގެ ސަލާމަތީ އަދި ޖާސޫސީ އިދާރާތަކުން ކުރިން ދެކެމުން އައީ ހިޒްބުﷲ އަކީ ހަމައެކަނި އީރާނުގެ ސީދާ ކޮންޓްރޯލްގެ ދަށުން، ތެހެރާނުން ދޭ އަމުރުތަކަށް ހަރަކާތްތެރިވާ "ޕްރޮކްސީ" ނުވަތަ ބާރެއްގެ ގޮތުގައެވެ. ނަމަވެސް، އިސްރާއީލުގެ އެންމެ ނުފޫޒުގަދަ ނޫސް ކަމަށްވާ "ޔެދިއޮތް އަހްރޮނޮތް" ގައި ހާމަކުރި ސަލާމަތީ ރިޕޯޓާއެކު އެ ތަޞައްވުރު މުޅިން ބަދަލުވެ، އިސްރާއީލަށް މިއަދު ވަނީ ހިތްދަތި ހަގީގަތަކާ ކުރިމަތިލާން ޖެހިފައެވެ. އެއީ، ހިޒްބުﷲ އަކީ ސަރަހައްދީ ސިޔާސީ އަދި އަސްކަރީ މައިދާނުގައި އަމިއްލަ ފައިމައްޗަށް ތެދުވެ، މިނިވަންކަމާއެކު ނިންމުންތައް ނިންމުމުގެ ފުރިހަމަ ގާބިލުކަން ލިބިގެންވާ، މެދުއިރުމަތީގައި އޮތް އެންމެ ބާރުގަދަ މިނިވަން ބާރު ކަމެވެ.

މިދިޔަ މާޗު މަހު އިސްރާއީލާ ދެކޮޅަށް ފެށި ވަރުގަދަ އަސްކަރީ ހަރަކާތްތަކަކީ އީރާނުގެ އެއްވެސް މަޖުބޫރުކަމެއް ނެތް، އެ ޖަމާއަތުގެ އަމިއްލަ މިނިވަން ނިންމުމެއްކަން ހާމަވުމުން، ހިޒްބުﷲގެ މިނިވަން ނިންމުންތަކުގެ ކުރިމަތީގައި އިސްރާއީލުގެ ސަލާމަތީ ބާރުތައް ވަނީ ސިހުމެއްގެ ތެރޭގައެވެ.

ފާއިތުވި 20 އަހަރުގެ ތާރީޚަށް ބަލާއިރު އެކަނިވެސް ހިޒްބުﷲ ނައްތާލުމަށް އިސްރާއީލުން ކުރި އެއްވެސް މަސައްކަތެއް ކާމިޔާބުވެފައެއް ނުވެއެވެ. 2006 ވަނަ އަހަރުގެ ލުބުނާން ހަނގުރާމައިން ފެށިގެން، މިއަދާހަމައަށް ހިޒްބުﷲ އިން ފޮނުވާލި އެތައް ހާސް ރޮކެޓްތަކާއި، މިސައިލް އަދި ޑްރޯން ޙަމަލާތަކުގެ ސަބަބުން އިސްރާއީލުގެ އުތުރުގެ ސިޓީތަކާއި ތަންތަނަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މި ޙަމަލާތަކުގައި އިސްރާއީލުގެ 340 އަށްވުރެ ގިނަ މީހުން (އާންމުންނާއި ސިފައިން ހިމެނޭހެން) މަރުވެ، 3,500 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވާއިރު، އުތުރުގެ ދަނޑުވެރިކަމާއި ޓޫރިޒަމް މުޅިން ހުއްޓުމަކަށް އައެވެ.

Advertisement

Advertisement 1

އެންމެ ފާހަގަކޮށްލެވޭ ކަމަކީ، ހިޒްބުﷲގެ ހަމަލާތަކުގެ ސަބަބުން އުތުރު ބޯޑަރު ސަރަހައްދުން 96,000 އަށްވުރެ ގިނަ އިޒުރޭލު ރައްޔިތުން ގެދޮރު ދޫކޮށް ރެފިއުޖީންގެ ގޮތުގައި އެހެން ހިސާބުތަކަށް ބަދަލުވާން މަޖުބޫރުވުމެވެ. މިއީ އިސްރާއީލުގެ ތާރީޚުގައިވެސް އުތުރުގެ ސަރަހައްދެއް މިގޮތަށް މުޅިން ހުސްކުރަން ޖެހުނު ފުރަތަމަ ފަހަރެވެ.

މި ނުރައްކާތަކުން ސަލާމަތްވުމަށާއި ހިޒްބުﷲ ނައްތާލުމަށްޓަކައި، ފާއިތުވި 20 އަހަރުގެ ތެރޭގައި އެކަނިވެސް އިސްރާއީލުން 150 ބިލިއަން އެމެރިކާ ޑޮލަރު ހޭދަކޮށްފައިވެއެވެ.

ހިޒްބުﷲ އަށް ހަނގުރާމައިގެ މައިދާނުގައި ފުރިހަމަ މިނިވަންކަމާއެކު ހަރަކާތްތެރިވުމުގެ ފުރުސަތު އޮތްއިރުވެސް، އީރާނުން ދޭ މާލީ އަދި އަސްކަރީ އެހީތެރިކަން މެދުކެނޑުމެއް ނެތް ގޮތުގައި ކުރިއަށްދެއެވެ.

ހިޒްބުﷲ އަކީ އީރާނުގެ "ޕަޕެޓެއް" ކަމަށް ބަޔަކު ސިފަކުރި ނަމަވެސް، އެ ޖަމާއަތުން ވަނީ އަމިއްލަ މިނިވަން އަސްކަރީ ބާރެއްގެ ގޮތުގައި ތެދުވެ އިސްރާއީލް ސިއްސުވާލާފައެވެ. މީގެ އެންމެ ބޮޑު ހެއްކަކީ، އީރާނުގެ ސީދާ އެހީތެރިކަމެއް ނެތިވެސް، ލުބުނާނުގެ ބިމުގައި ހިޒްބުﷲގެ ހަނގުރާމަވެރިން އަމިއްލަ އަށް ޑްރޯންތަކާއި ރޮކެޓްތައް އުފައްދައިގެން އޭގެ ބޭނުންކޮށްގެން އިސްރާއީލުގެ އެންމެ އެތެރޭގެ އަސްކަރީ މަރުކަޒުތަކަށް ކާމިޔާބު ހަމަލާތަކެއް ދީފައިވުމެވެ. މީގެ އިތުރުން، އިސްރާއީލުގެ އަމިއްލަ އިންޓެލިޖެންސް ރިޕޯޓުތަކުން ވެސް އެއްބަސްވާ ގޮތުގައި، ހިޒްބުﷲގެ ނިންމުންތަކަކީ ހަމައެކަނި ތެހެރާނުން އަންގާ އެންގުންތަކެއް ނޫން ކަމަށާއި، އެއީ ލުބުނާނުގެ މަސްލަހަތަށާއި އިސްރާއީލާ ދެކޮޅަށް އަމިއްލައަށް ރާވައި ހިންގާ ވަރުގަދަ ޖަމާއަތެއް ކަމެވެ.

ހިޒްބުاللهރިޕޯޯޓްދުނިޔެ
Advertisement
Advertisement

3 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އީރާނު މިސައިލުގެ ގާބިލްކަމުން ސުޕަޕަވަރުގެ ނިދި ނަގާލައިފި

އީރާނު މިސައިލުގެ ގާބިލްކަމުން ސުޕަޕަވަރުގެ ނިދި ނަގާލައިފި

2 ދުވަސް ކުރިން - 09:34

މިސްރަށް ބިންހެލުމެއް އައިސްފި

މިސްރަށް ބިންހެލުމެއް އައިސްފި

4 ދުވަސް ކުރިން - 09:36

އެޓްލާންޓިކް ކަނޑަށް ބޯޓެއް ބަންޑުންވެ 140 އަށްވުރެ ގިނަ ހިޖުރަވެރިން މަރުވެއްޖެ!

އެޓްލާންޓިކް ކަނޑަށް ބޯޓެއް ބަންޑުންވެ 140 އަށްވުރެ ގިނަ ހިޖުރަވެރިން މަރުވެއްޖެ!

11 ދުވަސް ކުރިން - 10:04

ހަނގުރާމަ ހުއްޓާލުމަށް އެމެރިކާ އިން އެދިއްޖެ، އީރާނުން ބުނީ ނޫނެކޭ

ހަނގުރާމަ ހުއްޓާލުމަށް އެމެރިކާ އިން އެދިއްޖެ، އީރާނުން ބުނީ ނޫނެކޭ

14 ދުވަސް ކުރިން - 16:04

ކުވެއިތުން ބޭނުންވަނީ ޕާކިސްތާނުގެ ހަތިޔާރާއި އެތައް ހާސް ސިފައިންގެ އެހީތެރިކަން

ކުވެއިތުން ބޭނުންވަނީ ޕާކިސްތާނުގެ ހަތިޔާރާއި އެތައް ހާސް ސިފައިންގެ އެހީތެރިކަން

19 ދުވަސް ކުރިން - 13:25

ޣައްޒާ ހަނގުރާމަ އަށް 1000 ދުވަސް، އިޒުރޭލުގެ މަޤްޞަދު ޙާޞިލެއް ނުވި

ޣައްޒާ ހަނގުރާމަ އަށް 1000 ދުވަސް، އިޒުރޭލުގެ މަޤްޞަދު ޙާޞިލެއް ނުވި

34 ދުވަސް ކުރިން - 11:40