މި ވެބްސައިޓުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ނެރުއްވާފައިވާ ފަތުވާތަކާއި، އިސްތިރާޝީ ލަފާތަކާއި، ފަތުވާ ފޮތްތައް ހިމެނޭ އޮންލައިން ލައިބްރަރީއަކާއި ފަތުވާ މަޖިލީހާއި ގުޅޭ އެންމެ ފަހުގެ ޚަބަރާއި މަޢުލޫމާތު ލިބޭނެ.
708 ދުވަސް ކުރިން - 13:46
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިންޑިއާއަށް އާއިޝަތު ޢަޒީމާ އަދި ސަޢޫދީ ޢަރަބިއްޔާއަށް އަޙްމަދު ސަރީރު، ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ސަފީރުންގެ ގޮތުގައި މިއަދު ޢައްޔަންކުރައްވައިފި.
708 ދުވަސް ކުރިން - 12:52
މިސް ޔުނިވާސް މުބާރާތުގައި ދިވެއްސަކު ބައިވެރިވާތީ އެއީ ރާއްޖެ ތަމްސީލުކުރަން ދިވެހި ސަރުކާރުން ފޮނުވާ ފަރާތެއްކަމަށް ދޭހަވާގޮތަށް އާންމުވަމުންދާ ޚަބަރުތައް ދޮގުކޮށް މިނިސްޓްރީން ބަޔާނެއް ނެރެފި.
708 ދުވަސް ކުރިން - 12:45
މަސްވެރިންނަށް މިއަދާއި ހަމައަށް ނުދެވިހުރި ފައިސާގެ ޖުމުލަ އަދަދު އެފަރާތްތަކަށް ރައްދުކުރުމަށާއި 48 ގަޑިއިރު ތެރޭގައި ދެމެހެއްޓެނިވި ގޮތެއްގައި ފައިސާ ދެވޭނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވެއްޖެ.
708 ދުވަސް ކުރިން - 12:22
ވެހިންގެ ގެތަކުގައި ސޯލާ ޕެނަލް ހަރުކޮށްގެން ކަރަންޓު އުފެއްދުމަށް ސަރުކާރުން ފަށާ "މަގޭ ސޯލާ" ޕްރޮގްރާމްގެ އަމަލީ މަސައްކަތް އަންނަ މަހު ފެށޭނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެ.
708 ދުވަސް ކުރިން - 12:14
އިއްޔެއަކީ އެ އިދާރާގެ ތާރީޚުގައި އެއްދުވަހުން އެންމެ ގިނައިން ވޯކް ވިސާ ދޫކުރި ދުވަސް ކަމަށާއި އިއްޔެއިން ފެށިގެން ވޯކް ވިސާއަށް އެދި ޕާސްޕޯޓު ހުށަހެޅުމުޅުމުގައި އައު އުޞޫލެއް ތަޢާރަފުކޮށްފައިވޭ.
708 ދުވަސް ކުރިން - 11:26
މިމަސައްކަތް ފަށައި ނިންމާނެ ކަމަށް ކުރީގެ ސަރުކާރުން ބުނި ކަމުގައިވިޔަސް އެކަމެއް އައްޑޫއަކަށް ނުކޮށްދިން. ނަމަވެސް މިސަރުކާރުން އަންނަ އަހަރު އެ މަސައްކަތް ފަށާނެ. ފައިސާވެސް މިހާރު ވަނީ ހަމަޖެހިފައި.
708 ދުވަސް ކުރިން - 11:16
މިހާރު 8،500 ޓަނު. މަހުގެ ސްޓޯރޭޖް ކެޕޭސިޓީ 25،000 ޓަނަށް އިތުރުކުރާނެ ކަމަށާއި މަސްވެރިންނަށް ފައިސާ ދިނުމުގެ ވައުދު ފުއްދުމަށް މަސައްކަތްކުރާ ކަމަށް މިނިސްޓަރ ޝިޔާމް ވިދާޅުވި.
708 ދުވަސް ކުރިން - 10:53
މި އިޞްލާޙަކީ 2023 ގައި އޭސީސީ، އީސީ، އެޗްއާރުސީއެމް އަދި ސީއެސްސީގެ މެންބަރުން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށާއި، އެޓަރނީ ޖެނެރަލްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހުށަހެޅި ޕޭޕަރުގައި ހިމެނިފައިވާ ކަމެއް.
708 ދުވަސް ކުރިން - 09:39
މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ގެ ޞިއްޙީ ޙާލަތު ރަނގަޅުވަމުން އަންނަ ކަމަށާ ހޮސްޕިޓަލަށް ވަޑައިގެންނެވީ މޭފުޅަށް ތަދުވުމާ ގުޅިގެން ކަމަށް މަޖިލީހުގެ އިދާރާއިން ބުނޭ. އެމަނިކުފާނު މިހާރު ވަނީ ގެއަށް ވަޑައިގެންފައި.
709 ދުވަސް ކުރިން - 23:56
ކޮރަޕްޝަނުގެ މައްސަލަތަކާހެދި ފެނަކައިގެ ކުރީގެ އެމްޑީ ސަޢީދުގެ ޕާސްޕޯޓު ހިފެހެއްޓިއިރު، އޭނާގެ ވެރިކަމުގައި އެ ކުންފުނި ވަނީ މާލީ އަނދަވަޅަކަށް ވައްޓާލާފައި. ދަރަނިތައް ޚަލާޞްކުރަން ފެށީ މިސަރުކާރުން.
709 ދުވަސް ކުރިން - 23:19
މިނިސްޓަރު ވިދާޅުވީ ޚިދުމަތްދޭނީ މުޅިން އައު ޓެކްސީ ތަކުގައި ކަމަށާއި މުވައްޒަފުންގެ 50 ޕަސެންޓަކީ ދާއިމީ މުވައްޒަފުންނަށް ހަދާނެ ކަމަށާއި، ބާކީ 50 ޕަސެންޓް ޖާގަ ވަޒީފާގައި އުޅެމުން ޓެކްސީކުރަން ބޭނުންވާ ފަރާތްތަކަށް ކަމަށް.
709 ދުވަސް ކުރިން - 21:18