މުއައްސަސާތަކުގެ އިސްވެރިން އައްޔަންކުރެއްވުމުގެ ބާރު ރައީސަށް ދިނުމަށް އިސްލާޙު ހުށަހެޅީ އެ މުއައްސަސާތަކުން - ހަބީބު

އުސްތާޛް މުޙައްމަދު ޢަލީ | 397 ދުވަސް ކުރިން - 30 އޮކްޓޯބަރު 2024 09:39
ކޮމިޝަނުގެ ކުރީގެ ނައިބު ރައީސް އިސްމާއިލް ހަބީބު
ކޮމިޝަނުގެ ކުރީގެ ނައިބު ރައީސް އިސްމާއިލް ހަބީބު
ޚުލާސާ

މި އިޞްލާޙަކީ 2023 ގައި އޭސީސީ، އީސީ، އެޗްއާރުސީއެމް އަދި ސީއެސްސީގެ މެންބަރުން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށާއި، އެޓަރނީ ޖެނެރަލްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހުށަހެޅި ޕޭޕަރުގައި ހިމެނިފައިވާ ކަމެއް.

އޭސީސީ އަދި އިލެކްޝަންސް ކޮމިޝަނުގެ ރައީސާއި ނާއިބު ރައީސް ސީދާ ރައީސުލްޖުމްހޫރިއްޔާއަށް އައްޔަނުކުރެވޭ ގޮތަށް މަޖިލީހަށް ހުށަހަޅާފައިވާ އިޞްލާޙުތަކަކީ މިނިވަން މުއައްސަސާތަކުން ހުށަހެޅި ހުށަހެޅުމެއް ކަމަށް އެޗްއާރުސީއެމްގެ މެންބަރު އަދި އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވެއްޖެއެވެ.

ހަބީބު ވިދާޅުވި ގޮތުގައި މި އިޞްލާޙަކީ 2023 ގައި އޭސީސީ، އީސީ، އެޗްއާރުސީއެމް އަދި ސީއެސްސީގެ މެންބަރުން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށާއި، އެޓަރނީ ޖެނެރަލްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހުށަހެޅި ޕޭޕަރުގައި ހިމެނިފައިވާ ކަމެކެވެ. އަދި މިއީ އެމެރިކާ ފަދަ ކުރިއަރާފައިވާ ޤައުމުތަކުން ވެސް ޢަމަލުކުރަމުން އަންނަ ގޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

މި އިޞްލާޙުތަކަކީ ރައީސުލްޖުމްހޫރިއްޔާ އިސްނަންގަވައިގެން ނުވަތަ އެމަނިކުފާނުގެ ނުފޫޒަކުން ހުށަހެޅުއްވި އިޞްލާޙުތަކެއް ނޫންކަން ފާހަގަކޮށްލަން ޖެހެއެވެ. މިއީ މިނިވަން މުއައްސަސާތަކުން އަމިއްލައަށް ހުށަހެޅުއްވި ހުށަހެޅުމެއްކަން ހަބީބުގެ ބަސްފުޅުން އެނގެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%