Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ކޮރަޕްޝަނުގެ މައްސަލަތަކާހެދި ފެނަކައިގެ ކުރީގެ އެމްޑީ ސަޢީދުގެ ޕާސްޕޯޓު ހިފަހައްޓައިފި

ކޮރަޕްޝަނުގެ މައްސަލަތަކާހެދި ފެނަކައިގެ ކުރީގެ އެމްޑީ ސަޢީދުގެ ޕާސްޕޯޓު ހިފަހައްޓައިފި

އުސްތާޛް މުޙައްމަދު ޢަލީ
626 ދުވަސް ކުރިން - 29 އޮކްޓޫބަރު 2024 23:19
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އާއި ފެނަކައިގެ އޭރުގެ އެމްޑީ ސަޢީދު އަދި އޭނާގެ ކަނާތްފަރާތުގައި އޭރުގެ ހޯމްމިނިސްޓަރު ޢިމްރާން ޢަބްދުﷲ - ފެނަކައިގެ ކޮރަޕްޝަން މައްސަލަތަާހެދި ސަޢީދުގެ ޕާސްޕޯޓު މިހާރު ވަނީ ހިފަހައްޓާފަ / ފޮޓޯ: ރައީސް އޮފީސް
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އާއި ފެނަކައިގެ އޭރުގެ އެމްޑީ ސަޢީދު އަދި އޭނާގެ ކަނާތްފަރާތުގައި އޭރުގެ ހޯމްމިނިސްޓަރު ޢިމްރާން ޢަބްދުﷲ - ފެނަކައިގެ ކޮރަޕްޝަން މައްސަލަތަާހެދި ސަޢީދުގެ ޕާސްޕޯޓު މިހާރު ވަނީ ހިފަހައްޓާފަ / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ކޮރަޕްޝަނުގެ މައްސަލަތަކާހެދި ފެނަކައިގެ ކުރީގެ އެމްޑީ ސަޢީދުގެ ޕާސްޕޯޓު ހިފެހެއްޓިއިރު، އޭނާގެ ވެރިކަމުގައި އެ ކުންފުނި ވަނީ މާލީ އަނދަވަޅަކަށް ވައްޓާލާފައި. ދަރަނިތައް ޚަލާޞްކުރަން ފެށީ މިސަރުކާރުން.

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދުގެ ޕާސްޕޯޓު، ކޮރަޕްޝަންގެ މައްސަލައަކާ ގުޅިގެން ހިފަހައްޓައިފިއެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން އަޙްމަދު ސަޢީދުގެ ޕާސްޕޯޓު ހިފެހެއްޓީ މި މަހުގެ 9 ވަނަ ދުވަހުއެވެ.

ފެނަކަ ކޯޕަރޭޝަންގައި ހިނގާފައިވާ ކަމަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް މި ސަރުކާރުން ވަނީ އޭސީސީއަށް ހުށަހަޅާފައެވެ. މި ސަރުކާރު ވެރިކަމާއި ޙަވާލުވެ ސަރުކާރުގެ ކުންފުނިތައް އޮޑިޓްކުރުމުގެ ތެރެއިން ފެނަކަ ކޯޕަރޭޝަނުން ކޮރަޕްޝަންގެ ބޮޑެތި ކަންތައްތަކެއް ހިންގައި، އެ ކުންފުނި ވަނީ 1.7 ބިލިއަން ރުފިޔާއިން ދަރުވާލައިފައި އޮތްކަން އެނގުނެވެ.

އަޙްމަދު ސަޢީދުގެ މައްޗަށް ތުހުމަތު ކުރެވެނީ، ކުންފުނި ހިންގުމުގައި މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ މައްސަލަތަކާއި، އުޞޫލުން ބޭރުން މީހުންނަށް ވަޒީފާ ދިނުމާއި، ކުންފުނީގެ ޕްރޮކިއުމަންޓް އުޞޫލުތަކާއި ޚިލާފުވުމާއި، އުޞޫލުތަކާ ޚިލާފަށް ކުންފުނިން ފައިސާ ދޫކުރި މައްސަލަތަކެވެ.

Advertisement

Advertisement 1

އޭސީސީން ވަނީ ފެނަކައިގެ މައްސަލަތައް ބަލައި 20,504,491.54 ރުފިޔާ އަނބުރާ ހޯދަން އެ ކުންފުންޏަށް އަންގާފައެވެ. އަދި ބެލި މައްސަލަތަކުގެ ތެރެއިން 92 ކަމެއް އިޞްލާޙުކުރުމަށް އޭސީސީން ވަނީ ފެނަކައަށް އަންގާފައިކަން ވެސް ފާހަގަ ކުރެވެއެވެ.

މި ސަރުކާރުން ވަނީ ފެނަކައިގެ ދަރަނީގެ ތެރެއިން 300 މިލިއަން ރުފިޔާ ދައްކާފައެވެ. ފެނަކައިގެ ހިންގުން ރަނގަޅުކޮށް މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ހަތް މިލިއަން ރުފިޔާ ފައިދާ ވެފައިވާކަން ފާހަގަ ކުރެވެއެވެ. އަދި ފައިސާ ދޫކޮށް ޚަލާސްކުރި ފަރާތްތަކުގެ ތެރޭގައި 278 ވެންޑަރުން ހިމެނޭ ކަމަށް ވެސް ފެނަކައިން ވަނީ ބުނެފައެވެ.

މުއާޒް މުހައްމަދު ރަޝީދުއެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ޕޮޕިއުލާ މޯލްޑިވްސް އަށް ދައުވާކުރަން ފޮނުވައިފި

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަގައި ކުންފުންޏަކަށް ދައުވާކުރަނީ

68 ދުވަސް ކުރިން - 17:52

ސީޕީއައި އަކީ ކޮރަޕްޝަން އޮތް މިންވަރު ބަލާ ދިރާސާއެއް ނޫން: އޭސީސީ

"ސީޕީއައި އަކީ ކޮރަޕްޝަން މިންވަރު ބަލާ ދިރާސާއެއްނޫން"

157 ދުވަސް ކުރިން - 22:04

ދަރުމަވަންތަ އާ ގުޅޭ ކޮރަޕްޝަނުގެ މައްސަލައެއްގައި ރިޝްވާނަށް ދައުވާކުރަން ޕީޖީ އަށް ހުށަހަޅައިފި

ރިޝްވާނަށް ތުހުމަތުކުރެވޭ ކޮރަޕްޝަނުގެ މައްސަލައެއް ޕީޖީ އަށް

174 ދުވަސް ކުރިން - 12:34

ތާއީދު ހޯދުމަށް ރިޝްވަތު ހުށަހަޅާނަމަ ރިޕޯޓުކުރަން އޭސީސީން އެދިއްޖެ

ތާއީދު ހޯދުމަށް ރިޝްވަތު ހުށަހަޅާނަމަ ރިޕޯޓުކުރޭ: އޭސީސީ

186 ދުވަސް ކުރިން - 20:27

ޝާމާހުއާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް އޭސީސީން ބަލަން ފަށައިފި

ޝާމާހުއާ ގުޅޭ މައްސަލައެއް އޭސީސީން ބަލަން ފަށައިފި

186 ދުވަސް ކުރިން - 12:36

މި ސަރުކާރުން ކޮރަޕްޝަނަށް އެއްވެސް ޖާގައެއް ނުދެއްވާނެ: ރައީސް

މިސަރުކާރުން ކޮރަޕްޝަނަށް އެއްވެސް ޖާގައެއް ނުދެއްވާނެ: ރައީސް

219 ދުވަސް ކުރިން - 06:16