2027 އިން 2029 އަށް އޮންނަ މި ދައުރަށް ރާއްޖެ އިންތިހާބުވުމާ ގުޅިގެން ރައީސް ވަނީ މިއީ ފަހުރުވެރި ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރައްވާފަ. މިއީ ދުނިޔޭގެ ފެންވަރުގައި ނިންމާ މުހިންމު ނިންމުންތަކުގައި ރާއްޖޭގެ ދައުރު ބޮޑުވެގެންދިޔަ ކަމެއް.
133 ދުވަސް ކުރިން - 21:58
މި ކޯޕަރޭޝަންތައް ހިންގުމަށްޓަކައި، އެ ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން އިންތިހާބުކުރާ މެނޭޖްމަންޓް ކައުންސިލެއް އޮންނަންޖެހޭ. މީގެ މއިގަނޑު މަގުސަދަކީ އެއްމެދު އިމާރާތްތަކުން ދޭ އާންމު ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުން.
134 ދުވަސް ކުރިން - 17:15
ކުންފުނީގެ އާމްދަނީ އިތުރުކުރުމަށް އައު މާކެޓުތަކާއި ވެލިއު އެޑެޑް އުފެއްދުންތަކަށް އިސްކަންދީ، މުވައްޒަފުންގެ މުސާރައާއި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނެ ކަމުގެ ޔަގީންކަން ސީއީއޯ ވަނީ ދެއްވާފައި. ސީއީއޯ ވިދާޅުވި މިފްކޯ ޒަމާނީ ކުންފުންޏަކަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް މިހާރު ފެށިފައިވާ ކަމަށް.
134 ދުވަސް ކުރިން - 16:11
ފްލެޓް ލިބުނު މީހުންނާއި އެފްޑީސީއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ފްލެޓްތައް ކުއްޔަށް ދޫކުރުމަކީ ފްލެޓް އަތުލެވިދާނެ ހާލަތެއް ކަމަށް އެއްބަސްވުގައި ބަޔާން ކޮށްފައި އޮވޭ.
134 ދުވަސް ކުރިން - 15:12
ދަ ޑިމޮކްރެޓްސް އާއި އެމްއެލްއެސްޑީޕީ އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމީ ގާނޫނީ އަދަދު ހަމަނުވުމުން. ރައީސް ނަޝީދު މިހާރު އެމްޑީޕީއާ ގުޅިވަޑައިގެންފައިވާއިރު، އެންމެ މެންބަރުން ގިނަ ޕާޓީއަކީ ޕީއެންސީ. ޕީއެންއެފްގައި ތިބީ 3،012 މެންބަރުން.
135 ދުވަސް ކުރިން - 18:13
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުނު ނަމަވެސް، ރައީސްގެ މަސްވެރިންނަށް ތެޔޮ ލިބުމުގައި ލުއިގޮތްތަކެއް ހަމަޖައްސައިދިނުން. މިގޮތުން ރާއްޖޭގެ 15 ސަރަހައްދަކުން މިހާރު ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފަ. ސަރުކާރުން މިފްކޯ މެދުވެރިކޮށް ތެޔޮ ދޫކުރަނީ އުޅަނދުގެ ބޮޑުމިނަށް ބަލާފަ
135 ދުވަސް ކުރިން - 17:27
ޖޫން 25 އިން 29 އަށް ހައްޖުވެރިން ރާއްޖެ އަންނާތީ، އެއަރޕޯޓުގެ ޓްރެފިކް ކުޑަކުރުމަށްޓަކައި އަމިއްލަ އުޅަނދުތަކުގެ ބަދަލުގައި ބަސް ނުވަތަ ފެރީ ބޭނުންކުރުމަށް އެމްއޭސީއެލްއިން އިލްތިމާސްކުރޭ. މި ދުވަސްވަރު އެއަރޕޯޓަށް ބާރުބޮޑުވާނެތީ، އެންމެހައި ފަރާތްތަކުން މިކަމަށް ސަމާލުވުމަށް އެ ކުންފުނިން ވަނީ އެދިފަ.
135 ދުވަސް ކުރިން - 17:15
ސްޕޯޓްސް މިނިސްޓްރީން 8.7 މިލިއަން ރުފިޔާއަށް ހަވާލުކުރި މި މަޝްރޫޢުގެ ދަށުން ދަނޑުގައި ޓާފް އަޅައި، ފެންސު ޖަހައި، ބެންޗުތައް ވަނީ ބަހައްޓާފަ. މިއީ އެ ރަށުގެ ކުޅިވަރު އިންފްރާސްޓްރަކްޗާ ވަރުގަދަކޮށް ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދިޔަ މަޝްރޫއެއް.
135 ދުވަސް ކުރިން - 17:03
މި ތަމްރީނު ޕްރޮގްރާމުގައި ރާއްޖޭގެ 17 އަތޮޅެއްގެ 50 ރަށަކަށް ނިސްބަތްވާ ޒުވާނުން ބައިވެރިވި. އުމުރުން 16 އަހަރާއި 19 އަހަރާ ދެމެދުގެ މި 77 ޒުވާނުންނަށް، ތަފާތު 6 ފަންނީ ދާއިރާއަކުން ތަމްރީނު ފުރިހަމަކުރުމުގެ ފުރުސަތު މި މަރުޙަލާގައި ލިބިގެންދާނެ.
135 ދުވަސް ކުރިން - 15:33
ޕޮލިސް ސްޓޭޝަން ހުޅުވައިދެއްވުމަށްފަހު، ގައުމީ ދިދަ ނަންގަވައިދެއްވީ މިނިސްޓަރ އަލީ އިހްސާން. ގެންގޮސްފައެވެ. ފެރިދޫ ޕޮލިސް ސްޓޭޝަން އިމާރާތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންގޮސްފައިވާއިރު، މި އިމާރާތުގެ ބިންގާ އަޅާފައިވަނީ 19 އޮގަސްޓް 2021 ގައި.
135 ދުވަސް ކުރިން - 07:07
މިދިޔަ މެއި މަހުގެ ތެރޭގައި 693 ދޯންޏަކުން ޖުމްލަ 1,791 ޓަނުގެ މަސް ވަނީ ކިރުވާފައިވާއިރު މި މަހަށް ޖުމްލަ 31,081,853 ރުފިޔާ މަސްވެރިންނަށް ވަނީ ދޫކޮށްފައި.
135 ދުވަސް ކުރިން - 21:54
ފިނެނެސް މިނިސްޓްރީން ބުނީ 2025 ވަނަ އަހަރަކީ ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ސަޕްލިމެންޓަރީ ބަޖެޓެއްގެ ބޭނުމެއް ނެތި ދިވެހި ސަރުކާރުގެ ހަރަދުތައް ބެލެހެއްޓި ހަމައެކަނި އަހަރު ކަމަށް
136 ދުވަސް ކުރިން - 14:41